މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ވަނީ ފެނިފަައި

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން އެކަނިވެސް ހިމަބިހީގެ 20 ކޭސް ވަނީ ފެނިފައެވެ.މިއާއެކު މިއަހަރުގެ މިހާތަނަށް ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 186 އަށް އުފުލިފައެވެ.ރާއްޖެއިން ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ހިމަބިހި ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.އެހެންކަމުން ހިމަބިހިން ރައްކާތެރިވުމަށް […]

މާލޭ ސަރަހައްދުގައި ކުނި ގިނަވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ކައުންސިލަރުން ވެމްކޯއަށް

މާލޭ ސަރަހައްދުގައި ކުނި އުކާނުލެވި، ކުނިތައް ގިނަވަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯއްދެވުމަށްޓަކައި މާލެ ސިޓީގެ 11 ކައުންސިލަރަކު މިއަދު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ވަޑައިގެންފިއެވެ. މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި، ކައުންސިލަރުން ވެމްކޯއަށް ވަޑައިގަތީ، މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ، ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާތީ، އެކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމަށް ކަމަށެވެ. […]

މާފުށީގައި ވައިކުޑައެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފި

ކ. މާފުށީ ކައިރީގައި ފެރަސެއިލިންގ ވައިކުޑައެއް ގަދަ ވައިގައި ޖެހި ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. މިއީ އުޅަނދުފަހަރުގައި އަޅުވައިގެން ކުޅިވަރުގެ ގޮތުގައި ދުއްވުމަށް ބޭނުންކުރާ ވައިކުޑައެކެވެ. އާންމުވެފައިވާ ވީޑިއޯގައި، ވައިކުޑަ ގޮސް މޫދުގައި ޖެހުމުގެ ކުރިން އޭގައި އިން މީހާ ފުންމާލާ މަންޒަރު ފެނެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ފުންމާލި މީހާ ވަނީ އެހިސާބުގައި ޖެޓްސްކީ ދުއްވަން އުޅުނު ބައެއްގެ އެހީއާއެކު ސަލާމަތްވެފައެވެ. މި […]

ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށްލާން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.އެ ހާދިސާގައި މީހެއްްގެ ކުކުޅުކޮށިން ދެކުކުޅާއި ހާލެއް ވަގަށް ނަގާފައި ވާތީ ދައުވާކޮށްފައި ވަނީ އުނގޫފާރު މީހަކަށެވެ.މި މައްސަލައިގައި ދައުވާ ލިބުނު ފަރާތުން، މިހާރު ވަނީ ކުށަށް އިއުތިރާފުވެފައެވެ.އަދި ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމަށް ރިއާޔަތްކޮށް، އޭނާގެ މައްޗަށް ކޯޓުގައި އިއްވާފައި ވަނީ 20 ދުވަހުގެ ޖަލު ހުކުމެކެވެ.މީގެ އިތުރުން […]

ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް 30 ދުވަހަށް ޓޯކޮށްފި

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އެ ސައިކަލުތައް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯ އިން ފެންނަނީ ރޭގަނޑު ވަގުތުގައި ތިން ސައިކަލެއްގައި ތިން މީހަކު ވަރަށް ބާރު ސްޕީޑުގައި ބްރިޖްގައި މާލެއާ ވީ ފަޅިއަށް ދުއްވަމުން ދިޔައިރު އެތަނުން ދެ ސައިކަލުގައި ދުއްވަން ތިބި ދެ މީހަކު އޮތީ ސައިކަލުގެ މަޑިމަތީގައި އެއްކޮށް އޮށޯވެގެން އޮވެ، ހުންގާނުގައި ހިފަހައްޓައިގެންނެވެ.އަދި ތިން ވަނަ މީހާ ވެސް އެމީހުންގެ ކައިރިން […]

ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ. އެގޮތުން ހައުސިން މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ހައުސިން މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލޭ ފޭސް އެކެއްގެ […]

މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފިއެވެ. މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާން، މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިޙުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފިއެވެ.މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ […]

އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެމަނިކުފާނު މިފަދައިން ނިންމަވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ […]

މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ.ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު މީހުން ކަމަށެވެ.އެއީ ކަޝްމީރުގެ / މައިސަމް މުޞްޠަފާ (22އ) އާއި އުފާ / ޢަލީ ފިރްޞާދު އާދަމް (21އ) އާއި ހިރުނދުގެ / ޢަލީ ހަސްރާނު (21އ) އާއި ސަކްސަސް / މުޙައްމަދު ސުނޭޙް (19އ) އެވެ. މި ހަތަރުމީހުން […]

61 ވަނަ މިނިވަން ދުވަހާ ގުޅުވައި ”ސައްބީސް ކާނިވަލް“ ބާއްވަނީ!

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ”ސައްބީސް ކާނިވަލް“ ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ. މި ކާނިވަލް އޮންނާނީ ޖުލައި 24 އިން ޖުލައި 31 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.އެޗްޑީސީން ބުނީ 8 ދުވަހަށް ކުރިއަށްގެންދާ މި ކާނިވަލްގައި ހުރިހާ އުމުރުފުރާއަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެއެވެ. އެގޮތުން، ކާނިވަލް ގޭމްސް، ހޮރޯރ […]