ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މަމްނޫރް ރަހްމާން، ބަންގްލަދޭޝް (27އ) އާއި އޮމެތަރަން ކަންދަސަމީ، އިންޑިއާ (26އ) އެވެ. 2026 ޖުލައި 28 ވަނަ ދުވަހުގެ ރޭ ހިންގި […]
މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ”މާފަންނު ބަސް ސްޓޭޝަން“ ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީއާއެކު މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަން ހުޅުވައިފިއެވެ. މި ބަސް ސްޓޭޝަނަކީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް ހެދި ތަނެކެވެ. މި ބަސް ސްޓޭޝަން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުޙައްމަދު ޒުހައިލް ޒަޢީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ […]
ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް 1ން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ ޝާކިލް (34އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލެ ނިރޮޅުމަގުން ސައިކަލެއްގައި ދަނިކޮށް އޭނާ […]
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު

ލ. ގަމުން ގެއްލިގެން އިއްޔެ ހޯދަން ފެށި ޒުވާނާ، ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ގަމު ކައުންސިލުން މަޢުލޫމާތު ދީފިއެވެ. ގަމު ކައުންސިލްގެ ރައީސް އަފްސަލް މުޙައްމަދާ ހަވާލާދީ ބައެއް ނޫސްތަކުގައި ވާގޮތުން، އޭނާ ފެނިފައިވަނީ އިއްޔެގެ އިރުއޮއްސުނުއިރު، އެ ރަށު ދެކުނު ފަރާތު ގޮނޑުދޮށާ ކައިރީ އޮތް ވިނަގަނޑެއްގެ ތެރޭގައި، ޖޯލިފައްޗެއްގައި އޮއްވައެވެ. އޭނާ ގެއްލިގެން ރިޕޯޓު ކުރުމާއެކު ފުލުހުންނާއި ސިފައިންނާއި ކައުންސިލް، އަދި އާންމުން ގުޅިގެން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް […]
ރޮބަޓްގެ އެހީގައި އައިޖީއެމްއެޗްގައި އޮޕަރޭޝަން ކުރަން ވަސީލަތްތައް ހޯދައިދޭނެ ބަޔަކު ހޯދަނީ

ރޮބަޓް ބޭނުންކޮށްގެން އައިޖީއެމްއެޗްގައި ސާޖަރީކުރަން ބޭނުންވާ ވަސީލަތްތައް ހޯދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް ގެނެސްދީ، އެ ތަކެތި ހަރުކޮށް އަދި މެއިންޓެނެންސްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހޭއިރު، އެއަށްފަހު، އެ މަސައްކަތްކޮށް […]
އިމާރާތަކުން ވެއްޓުނު މުށިގަނޑެއް މީހެއްގެ ބޮލުގައި ޖެހިގެން ފަރުވާދެނީ

މާލޭގެ އިމާރާތަކުން ވެއްޓުނު މުށިގަނޑެއް، މަގުމަތިން ދިޔަ މީހެއްގެ ބޮލުގައި ޖެހިގެން އެ މީހާއަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގުގެ މާފަންނުގައި ހުރި އިމާރާތަކުން އެއްޗެއް ވެއްޓި މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިމާރާތެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތް 41 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި […]
ސަފާރީ ދާއިރާއަށް ހާއްސަކޮށްގެން ބީއެމްއެލްއިން ”ލިވްއެބޯޑް ފައިނޭންސް“ ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ”ލިވަބޯޑް ފައިނޭންސް“ މިއަދު ތައާރަފުކޮށްފިއެވެ. އެ ބޭންކުން ބުނީ މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް ކަމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި […]
ދެވަނަ ކުއަރޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން

މި އަހަރުގެ ދެވަނަ ކުއަރޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެސްޓީއޯގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތައް ވަނީ 29 ޖުލައި 2026 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.އެސްޓީއޯގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ އާމްދަނީ އަކީ 6.98 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 27 އިންސައްތައިގެ އިތުރުވުމެކެވެ. އެސްޓީއޯ އިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު […]
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އެރަށު ތުނޑީ އަވަށު ކުރިބޯށިގެ، އަމްޖާޒު އަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށެވެ. ޢާއިލާއާ ހަވާލީ އެ ރަށުގެ ކައުންސިލުން ބުނީ، އަމްޖާޒުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ. ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރޭގައި، […]
ވިލިމާލޭގައި އެފްއެސްއެމުން ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަދޭން ފާސްކޮށްފި

ވިލިމާލޭގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތަރައްގީކުރާ ފިއުލް ޝެޑުން، ބޯޓުފަހަރަށް ފެން ވިއްކުމަށް ބޭނުންވާ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މިއަދު ކުރިއަށް ދިޔަ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ. މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ވިލިމާލެ ފަދަ ޑިމާންޑް ކުޑަ ސަރަހައްދެއްގައި ވިޔަފާރި ދެކޮޅުޖެއްސޭނީ، ތެލުގެ އިތުރުން ފެން […]