ރޮބަޓްގެ އެހީގައި އައިޖީއެމްއެޗްގައި އޮޕަރޭޝަން ކުރަން ވަސީލަތްތައް ހޯދައިދޭނެ ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ރޮބަޓް ބޭނުންކޮށްގެން އައިޖީއެމްއެޗްގައި ސާޖަރީކުރަން ބޭނުންވާ ވަސީލަތްތައް ހޯދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.


ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް ގެނެސްދީ، އެ ތަކެތި ހަރުކޮށް އަދި މެއިންޓެނެންސްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލާ ކަމަށެވެ.

އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހޭއިރު، އެއަށްފަހު، އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. ހަމައެހެންމެ ބިޑްތައް ހުޅުވާލަން ހަމަޖައްސާފައި ވަނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 1:00 ގަ އެވެ.

މަލްޓި ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ބަލިމީހެއްގެ ހަށިގަނޑަށް 3ޑީ ހައި ޑެފިނިޝަން ކެމެރާއަކާއި ހާއްސަ ރޮބޮޓިކް އިންސްޓްރޫމެންޓްތަކެއް ވައްދައިގެން ގިނަ ކުދި އިންސިޝަންތަކެއް (ޕޯޓް) ބޭނުންކޮށްގެން އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ މިނިމަލީ އިންވޭސިވް މެޑިކަލް ޕްލެޓްފޯމެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް