އީރާނުގެ ހަނގުރާމަ ނިމޭނެ ކަމަށް ޓްރަމްޕް ލަފާކޮށްފި

މި ހިނގާ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށް ފަހު ވަގުތުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަފާކުރައްވައިފިއެވެ. ނަމަވެސް، މި ހަނގުރާމަ މިއަށްވުރެ މާ ދިގުލައިގެން ހިނގައިދާނެ ކަމަށް އޮފިޝަލުން އަމިއްލަ ގޮތުން ދަނީ އިންޒާރު ދެމުންނެވެ. ޓްރަމްޕް ވިދާޅުވީ އީރާނަށް އިތުރަށް މި ހަނގުރާމަ ދަމަހައްޓައިގެން ކުރިއަށް ގެންދިއުމުގެ ކުޅަދާނަކަން ނެތް ކަމަށާއި، ތެހެރާނުން ދަނީ އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް […]
އެމެރިކާގެ ކޮންމެ ރައްޔިތަކަށް ފަސްހާސް ޑޮލަރު ދޭނެ ކަމަށް މިޑްޓަރމް ކޮންވެންޝަންގައި ޓްރަމްޕް ވައުދު ވެއްޖެ !!

އެމެރިކާގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ބުދަދުވަހުގެރޭ ބޭއްވި މިޑްޓަރމް ކޮންވެންޝަންގައި އެހެންވެސް އެފަދަ ކޮންވެސްޝަންތަކުގައި ހުންނަ ބައިތައް ހުރި ނަމަވެސް ގިނަމީހުން އަޅައިގަތް އެއްކަމަކީ ޓްރަމްޕް ވީ ބޮޑު ވައުދެކެވެ. ޕާޓީގެ މެމްބަރުންނާއި މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނޮވެމްބަރުމަހު އޮންނަ ކޮންގްރެސް އިންތިހާބްގައި ރިޕަބްލިކަން ޕާޓީ އަށް ދެޗެމްބަރު ކާމިޔާބް ކުރެވިއްޖެ ނަމަ އެމެރިކާގެ ކޮންމެ އެޑަލްޓަކަށް(ބޮޑުމީހަކަށް) ފަސްހާސް ޑޮލަރު ދެއްވާނެ ކަމުގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިކަމުގައި އޮތް ހަމަ އެކަނި […]
އެއްލާލާފައި ތިބި ކަމަށް ބެލެވޭ ބޭބީ އޮރަންގުޓަން ތަކެއް އިންޑިޔާގެ ޖަންގަލި ތެރޭން ފެނިއްޖެ

އޮރަންގުޓަން ކިޔާވައްތަރުގެ ރާމާމަކުނުގެ ފަސް ބޭބީ މަކުނު، އިންޑިޔާގެ އޮޑީޝާ ސްޓޭޓްގެ ޖަންގައްޔަށް އެއްލާލާފައިވާ ފަދަ ގޮތަކަށް ތިއްބާ ފެނިއްޖެ އެވެ. މިހިސާބަކީ މިވައްތަރުގެ މަކުނުނުގެ ނެޗުރަލް ހެބިޓެޓް ނުވަތަ ގުދްރަތީ ގޮތުން އެސޮރުމެން އުޅޭ ހިސާބާ އެތައްހާސް ކިލޯމީޓަރު ދުރު ހިސާބެއްކަމަށް ވެއެވެ.އެހެން ކަމުން މިމަކުނު ތަކަކީ ބަޔަކު ސިއްރުން އެއްތަނުން އަނެއްތަނަށް ގެންދަން އުޅެފަ ދޫކޮށްލާފައިވާ މަކުނު ތަކެއްކަމަށް ބެލެވޭކަމަށް ކަމާބެހޭ އޮފިޝަލުން ބުނެއެވެ. މަކުނުތަކަށް އަމިއްލަޔަށް އޮޑީޝާ އާއި ހަމަޔަށް ދެވޭނެ އެއްގޮތެއްވެސް […]
އިނގިރޭސި ވިލާތުން އިސްރާއީލުގެ މުދާ ގަތުން ހުއްޓާލައިފި

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުން އެތެރެކުރާ މުދާ މަނާކުރުމަށް އިނގިރޭސިވިލާތުން ނިންމައި، އެކަން ވަނީ އިޢުލާނުކޮށްފައެވެ. މިއީ ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމަށް ފަހު، އިސްރާއީލާ މެދު ލަންޑަނުން ގެންގުޅޭ ސިޔާސަތަށް ގެނައި އެންމެ ވަރުގަދަ ބަދަލެވެ. ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް ޕާލަމެންޓުގައި ވިދާޅުވީ، މި ފިޔަވަޅުތަކަކީ އިނގިރޭސިވިލާތުގެ ސިޔާސަތު ”ފުރިހަމައަށް އަލުން ބަދަލުކޮށްލުން“ ކަމަށެވެ. އަދި ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީތަކަކީ ޤާނޫނާ ޚިލާފު އެއްޗެއް ކަމަށް ސަރުކާރުން ދެކޭ ކަމަށާއި، […]
އެންމެ ބޮޑު މުސާރަ ލިބޭ ދުނިޔޭގެ ލީޑަރުގެ މުސާރަޔަށް އަނެއްކާވެސް އެއްމިލިއަން ޑޮލަރު އިތުރު ކޮށްފި

މިވަގުތު އެންމެ ބޮޑު މުސާރަލިބޭ ދުނިޔޭގެ ލީޑަރަކީ ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރަންސް ވޮންގ ކަމަށް ވާއިރު އޭނާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ހިމެނޭ ގޮތުން އަނެއްކާވެސް ވޮންގ ގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަން ސިންގަޕޫރުގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.މިގެނެވޭ ބަދަލުގެ ދަށުން ވޮންގެ މުސާރަޔަށް އަހަރަކު 1.1 މިލިއަން ޔޫއެސްޑޮލަރު(1.4ސިންގަޕޯ ޑޮލަރު) އިތުރު ކުރެވޭނެއެވެ. ވޮންގ ވިދާޅުވެފައިވާ ގޮތުގައި މި އިތުރު ކުރެވޭބައި ކުރިޔަށް އޮތް ފަސް އަހަރުތެރޭ ތަފާތު ޗެރިޓީތަކަށް ހަދިޔާ ކުރެއްވުމަށް އޭނާ ވަނީ […]
ފުޑްސޭފްޓީ އޮފިސަރެއް ސޯޝަލް މީޑިޔާ ސްޓަރ އަކަށްވީ ކިހިނެއް؟

އުމުރުން 51 އަހަރުގެ ތުގާރާމް މުންޑޭ އަކީ ދަނޑުވެރިއެއްގެ ދަރިއެކެވެ. އޭނާ އައިއޭ އެސް އޮފިސަރެއްގެ ގޮތުގައި 21 އަހަރު ހޭދަ ކޮށްފައިވާއިރު، 25 ފަހަރު ވަޒީފާ އަދާކުރާތަން ބަދަލު ކުރިކަމަށް ވެއެވެ.ނަމަވެސް ތުގާރާމް މުންޑޭ މިއަދު ވަނީ އެންމެން ދަންނަ ސޯޝަލް މީޑިޔާ ސްޓަރ އަކަށް ވެފައެވެ.ވަރަށް ތަފާތު ސަބަބަކާ ހެދިއެވެ. ތުގާރާމް މުންޑޭ ގެ މިހާރުގެ ވަޒީފާގައި އޭނާޔަށް ކުރަންޖެހޭ މަސައްކަތަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ޗެކް ކުރުމެވެ. މިމަސައްކަތުގައި އޭނާ ދާ […]
ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ 5 އެއާޕޯޓެއް ހުޅުވައިފި

އަލިފާން ފަރުބަދަ އަނަކް ކްރަކަތާއޯ ގޮވުމުގެ ސަބަބުން ޖައްވަށް ބޭރުވި ބޯ ދުމާއި އަޅީގެ ސަބަބުން ވައިގެ ނުސާފުވެ، ވައިގެ ދަތުރުފަތުރަށް ނުރައްކާވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓު ކަމުގައިވާ ޖަކާޓާގެ ސުކަރްނޯ-ހައްތާ އެއާޕޯޓާއި އިތުރު ހަތަރު އެއާޕޯޓެއް އަންގާރަދުވަހުގެރޭ ދަންވަރުން ފެށިގެން ހުޅުވައިފިއެވެ. ޖާވާ އަދި ސުމަތުރާ ކަނޑުއޮޅީގެ މެދުގައި އޮންނަ މި ފަރުބަދަ ހުކުރު ދުވަހު ގޮވަން ފެށުމާއެކު، 8 އެއާޕޯޓެއް ބަންދު ކުރުމުގެ ސަބަބުން 340،000 އަށް ވުރެ ގިނަ ފަސިންޖަރުންގެ […]
ޔަމަނުގައި ވެގެން މި އުޅެނީ ކީއްބާ؟

ޔަމަނުގެ ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް ފަސް މިލިއަން ކުދިންނަށް ކޮންމެހެން ދޭންޖެހޭ އާންމު ވެކްސިންތައް ލިބުން މެދުކެނޑިއްޖެއެވެ. އަދި މި މައްސަލަ އިތުރަށް ގޯސްވަމުންދާއިރު، އިދިކޮޅު ދެ ފަރާތުން އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރަމުންދާތީ، ޞިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. އދ. ގެ ކުޑަކުދިންގެ ފަންޑު، ޔުނިސެފްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހައްޔަރުކޮށް، އެ އިދާރާގެ އޮފީސްތަކަށް ވަދެގަތުމާ ގުޅިގެން، ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި […]
ޑެލްހީގައި ވެއްޓުނު އިމާރާތެއްގެ ދަށުވެ ހަތް މީހުން މަރުވެއްޖެ

އިންޑިޔާގެ ވެރިރަށް ނިއުޑެލްހީގައި ރެސިޑެންޝަލް އިމާރާތެއް ވެއްޓި، އިމާރާތުގެ ދަށުވެ މަރުވިކަން ޔަގީން ކުރެވުނު މީހުންގެ އަދަދު 7އަށް އަރައިފިއެވެ. ސަތުޔާ ނިކޭޓަން ނެއިބަރހުޑްގައި ހުރި ފަސްބުރީގެ އިމާރާތެއް އާދިީއްތަ ދުވަހު އެތާގަޑިން މެންދުރު 13:30 އެހާއިރު ވެއްޓުމަށްފަހު އަދިވެސް ގާފުނިތަކުގެ ދަށުގައި ގިނަ އަދަދެއްގެ ކިޔަވާކުދިން ތިބިކަމަށްބަލާ މީހުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށް ޚަބަރުލިބެއެވެ. މިހާދިސާ ހިނގި އިރު އިމާރާތުގެ ތެރޭގައި ސާޅީހަކަށް މީހުން ތިބިކަމަށް ބައެއްފަރާތަކާއި ހަވާލާދީ ލޯކަލް މީޑިޔާ […]
އެމެޒޮން އެއާ ގެ ކާގޯ މަތިންދާބޯޓެއް ވެއްޓުމުގެ ސަބަބުން ފަސްމީހުން މަރުވެއްޖެ

އެމެޒޮން އެއާ ގެ ކާގޯ މަތިންދާބޯޓެއް މިއާމީ އެއާޕޯޓަށް ވެއްޓުމުގެ ސަބަބުން ފަސްމީހުން މަރުވެއްޖެ ކަމަށް ޚަބަރު ލިބެއެވެ. މިހާދިސާ ހިނގަން މެދުވެރިވީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭން ބޭރަށް ބޯޓު ދިއުމުގެ ސަބަބުންނެވެ. މިހާދިސާގައި ފަސްމީހަކަށް ސީރިއަސް އަނިޔާތައްވެސް ލިބިފައި ވެއެވެ. ޕުއޭޓޯ-ރީކޯ އިން ފުރައިގެން މިއާމީ އަށް ދަތުރު ކުރި ބޮއިންގ 300-767 ކާގޯ އެއާކްރާފްޓް ވެއްޓިފައިވަނީ އެތާގަޑިން މެންދުރުފަހު 2 ޖަހާއެހާއިރު އެވެ. ބޯޓުވެއްޓެމުން ދިޔައިރު، މަގުގައި ދުއްވަމުންދިޔަ އެތައް ވެހިކަލް […]