އިންޑިޔާގެ ވެރިރަށް ނިއުޑެލްހީގައި ރެސިޑެންޝަލް އިމާރާތެއް ވެއްޓި، އިމާރާތުގެ ދަށުވެ މަރުވިކަން ޔަގީން ކުރެވުނު މީހުންގެ އަދަދު 7އަށް އަރައިފިއެވެ. ސަތުޔާ ނިކޭޓަން ނެއިބަރހުޑްގައި ހުރި ފަސްބުރީގެ އިމާރާތެއް އާދިީއްތަ ދުވަހު އެތާގަޑިން މެންދުރު 13:30 އެހާއިރު ވެއްޓުމަށްފަހު އަދިވެސް ގާފުނިތަކުގެ ދަށުގައި ގިނަ އަދަދެއްގެ ކިޔަވާކުދިން ތިބިކަމަށްބަލާ މީހުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށް ޚަބަރުލިބެއެވެ. މިހާދިސާ ހިނގި އިރު އިމާރާތުގެ ތެރޭގައި ސާޅީހަކަށް މީހުން ތިބިކަމަށް ބައެއްފަރާތަކާއި ހަވާލާދީ ލޯކަލް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ޑެލްހީގެ ޗީފް މިނިސްޓަރ ރޭކާ ގުޕްތާ ވިދާޅުވީ އިމާރާތް ވެއްޓުނު ކަމަށް ބެލެވެނީ ފަންގިފިލާތަކަށް މާގިނައިން ފެންޖަމާ ކުރުމާއި އަދި ބޭސްމަންޓް ގައި ރައްކާތެރި ފިޔަވަޅު ނާޅާ މަރާމާތުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމުގައެވެ.
ވެއްޓުނު ގާފުނި ތަކުގެ ދަށުގައި ތިބި މީހުންގެ އަދަދު އަދިވެސް އޮފިޝަލުން ޔަގީން ކޮށްދީފައެއް ނުވެއެވެ. ހޯމަދުވަހު ހެނދުނު ޗީފްމިނިސްޓަރ ގުޕްތާ ވިދާޅުވީ ވެއްޓުނު އިމާރާތުގެ 80 އިންސަތަ ގާކުނިތައް މިހާރު ދުރު ކުރެވިފައިވާ ކަމުގައެވެ. އަދި މިހާރު ސާފު ނުކުރެވި ވަނީ ބޭސްމަންޓް އެކަނި ކަމަށް އޭނާވިދާޅުވެފައި ވެއެވެ.
ގާފުނިތަކުގެ ދަށުން 12 މީހުން މިހާތަނަށް ސަލާމަތް ކުރެވިފައިވާ އިރު މީގެ ތެރެއިން 7 މީހުން ވަނީ މަރުވެފައެވެ. އަދި އަނެއްހަމީހުންގެ ހާލު ސްޓޭބްލް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވެއްޓުނު އިމާރާތަކީ ޑެލްހީ ޔުނިވަރސިޓީ ކޮލެޖްއާއި ކައިރީގައި ހުރި އިމާރާތެއް ކަމުން ގިނަ އަދަދެއްގެ ކިޔަވާކުދިން އެތަނުން ކޮޓަރި ހިފައިގެން އުޅެމުން ދިޔަކަމަށް ވެއެވެ.އިމާރާތް ވެއްޓުމާއި ގުޅިގެން އަދި ހަބަރެއް ނުވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ހިމެނޭ ކަމަށް ވެއެވެ.އަދި ސަރުކާރުން ވަނީ ކުދިންގެ ރައްކާތެރި ކަމަށް ސަމާލުކަން ދޭނެ ކަމަށް ބުނެ ބެލެނިވެރިންނަށް ޔަގީންކަން ދީފައެވެ.
އިމާރާތް ވެއްޓުނީ އެތަނަށް ބަންދު ދުވަހެއް ކަމަށްވާ އާދީއްދަ ދުވަހު ކަމުން ކްލާސް ނެތުމުން ގިނަ ކުދިން ތިބީ ކޮޓަރި ތަކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.ލެޖިސްލެޓިވް އެސެމްބްލީގެ މެމްބަރަކު ހާމަ ކުރި ގޮތުގައި ބައެއްކުދިން ގާފުނި ތަކުގެ ދަށުގައި ތިބެގެން އެހީއަށް އެދި އެކި ތަންތަނަށް ގުޅާފައި ވެއެވެ.
ކައިރީގައި ހުރި ފިހާރައެއްގެ ވެރިޔަކު ކިޔާދިން ގޮތުގައި އިމާރާތް ވެއްޓުނު އަޑު ހީވަނީ ބިންހެލުމެއް އަންނަ އިވޭ އަޑު ހެންނެވެ. އެހެންކަމުން އެންމެން އެކި ތަންތަނުން ދުވެފަ މަގުމައްޗަށް ނިކުތީ ކަމަށް އޭނަކިޔާދީފައި ވެއެވެ.
![]()
