މިވަގުތު އެންމެ ބޮޑު މުސާރަލިބޭ ދުނިޔޭގެ ލީޑަރަކީ ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރަންސް ވޮންގ ކަމަށް ވާއިރު އޭނާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ހިމެނޭ ގޮތުން އަނެއްކާވެސް ވޮންގ ގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަން ސިންގަޕޫރުގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.މިގެނެވޭ ބަދަލުގެ ދަށުން ވޮންގެ މުސާރަޔަށް އަހަރަކު 1.1 މިލިއަން ޔޫއެސްޑޮލަރު(1.4ސިންގަޕޯ ޑޮލަރު) އިތުރު ކުރެވޭނެއެވެ. ވޮންގ ވިދާޅުވެފައިވާ ގޮތުގައި މި އިތުރު ކުރެވޭބައި ކުރިޔަށް އޮތް ފަސް އަހަރުތެރޭ ތަފާތު ޗެރިޓީތަކަށް ހަދިޔާ ކުރެއްވުމަށް އޭނާ ވަނީ ނިންމަވާފައެވެ.
ލޯރަންސް ވޮންގ ވިދާޅުވެފައިވާ ގޮތުގައި މިނިސްޓަރުންގެ މުސާރަ ބޮޑު ކުރުމުން ކަމަށް އެކަށީގެންވާ ގާބިލް މިނިސްޓަރުން ވަޒީފާތަކަށް ހޯދުމަށް ފަސޭހަވެއެވެ. ސަރުކާރުން ކުރިން ބުނަމުން އައީ މިނިސްޓަރުންނަށް މުސާރަ ބޮޑުކުރުމުން އެމީހުން ކޮރަޕްޝަން އާއި ދުރު ކުރުމަށް އެހީވާ ކަމުގައެވެ. ނަމަވެސް ސިންގަޕޫރަކީ ޖޮބް ސެކިއުރިޓީގެ މައްސަލަ ވަރަށް ބޮޑަށް މިހާރު އޮންނަ ގައުމަކަށް ވެފައި މުދަލާއި ޚިދުމަތުގެ އަގު ވެސް ބޮޑުވަމުން ދިއުމާއިއެކު އަލަށް މިގެނެވުނު ބަދަލަށް ސިންގަޕޫރުގެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ.
އަލަށް ބޮޑު ކުރެވުނު މުސާރަ ދޭން ފެށުމުގެ ކުރިންވެސް ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރަންސް ވޮންގަ އަކީ އެންމެ މުސާރަބޮޑު ދުނިޔޭގެ ލީޑަރެވެ.އޭނާއަށް މިހާރުވެސް އަހަރަކު2.2 މިލިއަން ސިންގަޕޫރު ޑޮލަރު ލިބެއެވެ.ބޮޑުކުރެވުނީ މުސާރައިގެ 60 އިންސައްތަކަށް ވާއިރު، އަލަށް އިތުރު ކުރެވޭބައި ހިމެނުމުން އަހަރަކު 3.6މިލިއަން ސިންގަޕޫރު ޑޮލަރު (2.8މިލިއަން ޔޫއެސް ޑޮލަރު) ލިބޭނެއެވެ.
ދެވަނައަށް އެންމެ މުސާރަ ބޮޑު ލީޑަރަކީ ހޮންގ ކޮންގ ގެ ޗީފް އެގްޒެކެޓިވް ޖޯން ލީއެވެ. ސިންގޫރު ޑޮލަރުން ބަލާނަމަ އޭނާއަށް އަހަރަކު ގާތްގަޑަކަށް 719،000ޑޮލަރު ލިބޭ އިރު، ތިންވަނައަށް އެންމެ މުސާރަބޮޑު ސްވިޓްޒަރލަންޑްގެ ރައީސް ގައީ ޕާމެލިން ގެ މުސާރައަކީ ސިންގަޕޫރު ޑޮލަރުން ބަލާނަމަ 606،000ޑޮލަރެވެ.
ސިންގަޕޫރު ޑޮލަރުން ބަލާނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މުސާރައަކީ އަހަރަކު 400،000ޑޮލަށް ވާއިރު އިގިރޭސި ބޮޑުވަޒީރު އެންޑީ ބަރނަމް ގެ މުސާރަޔަކީ 230،000ޑޮލަރެވެ.
![]()
