ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ 5 އެއާޕޯޓެއް ހުޅުވައިފި

Loading

September 8, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އަލިފާން ފަރުބަދަ އަނަކް ކްރަކަތާއޯ ގޮވުމުގެ ސަބަބުން ޖައްވަށް ބޭރުވި ބޯ ދުމާއި އަޅީގެ ސަބަބުން ވައިގެ ނުސާފުވެ، ވައިގެ ދަތުރުފަތުރަށް ނުރައްކާވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓު ކަމުގައިވާ ޖަކާޓާގެ ސުކަރްނޯ-ހައްތާ އެއާޕޯޓާއި އިތުރު ހަތަރު އެއާޕޯޓެއް އަންގާރަދުވަހުގެރޭ ދަންވަރުން ފެށިގެން ހުޅުވައިފިއެވެ.

ޖާވާ އަދި ސުމަތުރާ ކަނޑުއޮޅީގެ މެދުގައި އޮންނަ މި ފަރުބަދަ ހުކުރު ދުވަހު ގޮވަން ފެށުމާއެކު، 8 އެއާޕޯޓެއް ބަންދު ކުރުމުގެ ސަބަބުން 340،000 އަށް ވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ.
އަނަކް ކްރަކަތާއޯ ހުކުރު ދުވަހުގެ ރޭ ގޮވަން ފެށުމާއި އެކު ދިޔާ އަލިފާނާއެކު ގިނީގެ ފައުންޓަންތައް މައްޗަށް އަރަމުން ގޮސްފައި ވެއެވެ.މިއާއެކު އަޅިއާއި ދުން ކެޕިޓަލް ސިޓީ ޖަކާޓާގެ އިތުރުން ލަމްޕުންގ ޕްރޮވިންސް އަށް ފައިބާފައި ވެއެވެ. އަދި މުޅި ހަފްތާ ބަންދުގައިވެސް އަލިފާން ފަރުބަދަ ފެނިގެން ގޮސްފައިވަނީ އެކްޓިވް ނުވަތަ ހަރަކާތްތެރި ކޮށް ވަނިކޮށެވެ.
ވައިބާރުވެ، ވައިގެ ތެރެއަށް ފެތުރިފައިވާ އަޅިތައް ސާފުވާން ފަށާފައިވީ ނަމަވެސް، އެއާޕޯޓުގައި ތާށިވި 178 މަތިންދާބޯޓު ދަތުރުކުރުމަށް އެކަށީގެންވޭތޯ ބަލަން ވަގުތު ބޭނުންވާނެ ކަމުގައި އިންޑޮނޭޝިއާގެ އޮފިޝަލުން ވިދާޅުވިއެވެ. ދަތުރުތައް ކެންސަލްވުމާއި، ރޫޓް ބަދަލުކުރަން ޖެހުމުގެ ސަބަބުން ތެލުގެ ޚަރަދާއި، ފަޅުވެރިންގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އެއާލައިންތަކަށް ދުވާލަކު 1 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވުން އެކަށީގެންވާ ކަމަށް އިންޑޮނޭޝިއާ ނޭޝަނަލް އެއާ ކެރިއާސް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ފުރަތަމަ ބަންދު ކުރީ އިންޑޮނޭޝިއާގެ މައި އެއާޕޯޓު ކަމުގައިވާ ޖަކާޓާގެ ސުކަރްނޯ-ހައްތާ އެއާޕޯޓް އެވެ.އަދި އެ އެއާޕޯޓް ހުޅުވާފައިވަނީ އަންގާރަ ދުވަހުގެ ރޭ 12ގަޑި ތިރީސް އެހާއިރުއެވެ.
އެއާޕޯޓްތައް ބަންދު ކުރުމާއި ގުޅިގެން ތިންހާހެއްހާ ފްލައިޓް ކެންސަލް ކުރަން ޖެހި 340،000 ފަސިންޖަރުންގެ ދަތުރު ތަކަށް ވަނީ އަސަރު ކޮށްފައެވެ.

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދައަކީ ބިންހެލުންތައް ގިނަ ’ޕެސިފިކް ރިންގް އޮފް ފަޔަރ‘ ގައި އޮންނަ އިންޑޮނޭޝިއާގެ ހަރަކާތްތެރި 130 އަލިފާން ފަރުބަދައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ފަރުބަދައެކެވެ. އަނަކް ކްރަކަތައޮ ގޮވަންފެށުމާއެކު، ޖާވާގެ އިރުމަތީގައިވާ އިތުރު ދެ އަލިފާން ފަރުބަދައެއް ގޮވާފައިވާ ކަމުގައި ވެސް އިންޑޮނޭޝިއާގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް