ހޫތީ މުޖާހިދުންގެ ވިދުވަރެއްފަދަ ކުރިއެރުން އެމެރިކާއަށް އިތުރު މުސީބާތަކަށް

ވޯޝިންގޓަނުން ރޮއިޓާރސްއީރާނުގެ މަދަދާއެކު ހޫތީ މުޖާހިދުން ރެޑް ސީގެ ޔަމަނުގެ ކޯސްޓަލް ސަރަހައްދުތަކުގައި ހޯދަމުންގެންދާ އަވަސް ކާމިޔާބީ ތަކުގެ ސަބަބުން މެދުއިރުމަތީގެ ރެޑް ސީ ސަރަހައްދާއި ބާބުލް މަންދޫބް މިހާރު ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. ރެޑް ސީގެ ޔަމަނުގެ ކޯސްޓަލް ސަރަހައްދު ހޫތީ މިޖާހިދުންގެ ފުރިހަމަ ބާރުގެ ދަށަށް ދިއުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފުރިހަމައަށް ނިދި ނުލިބޭ މުސީބާތަކަށްވެސް ވަނީ ވެފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން ޔަމަނުގެ ކޯސްޓަލް ސަރަހައްދާއި […]

އިންޑޮނޭޝިޔާގައި ފެރީއެއްބަންޑުން ޖަހާލުމުގެ ސަބަބުން ހަ މީހުން މަރުވެ 130 މީހުން ގެއްލިގެން ހޯދަނީ

އިންޑޮނީޝިޔާގެ ދެޖަޒީރާއެއްގެ ދެމެދު ދަތުރު ކުރި ފަސިންޖަރުން އުފުލާ ފެރީ އެއް ބަންޑުން ޖަހާލުގެ ސަބަބުން ހަމީހުން މަރުވެ 130 މީހުން ގެއްލިގެން ހޯދަމުންދާކަމަށް ޚަބަރު ލިބެއެވެ. މިހާދިސާ ހިންގުމަށްފަހު 107 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. ’ވަރގޯ ޓްރާންސްޕޯޓް 8‘ ނަމަކަށް ކިޔާ ފެރީ ދަތުރުކުރި ހިސާބަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން ބޯޓާފުރަތަމަ މުވާސަލާތީ ގުޅުން ކެނޑުނީއެވެ. އެހެން ކަމާއެކު ބޯޓު ހޯދުމުގެ ޚާއްސަ އޮޕަރޭޝަނެއް ފެށުމުން ފެނިފައިވަނީ ބޯޓު ބަންޑުންޖަހާލާފައި ވަނިކޮށެވެ. […]

ބަހްރައިންގައިހުރި އެމެރިކާގެ މިލިޓަރީ ވަސީލަތްތަކަށް އީރާނުން ވޭންދެނިވި ޙަމަލާތަކެއް ދީފި

ފާއިތުވެގެން މިދާ ދުވަސްތަކުގައި ބަހްރައިންގައި ގާއިމްކޮށްފައިހުރި އެމެރިކާގެ ނޭވަލް ސަޕޯރޓް އެކްޓިވިޓީ ބޭސްއަށް އީރާނުން ދެމުންގެންދާ ހަމަލާތަކުން ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑުކަން ނޭވީންނާބެހޭ އެސިސްޓެންޓް ސެކްރެޓަރީ ހާމަކުރައްވައި އެމެރިކާއިން މެދުއިރުމަތީގައި ގެއްލުންތައް އަލުން މަރާމާތު ކުރެވިދާނެތޯ އެމެރިކާގެ ނޭވީން ބަލަން ފަށައިފިއެވެ. ބަހްރައިންގައި ހުންނަ އެމެރިކާގެ 5 ވަނަ ފްލީޓްގެ ހެޑްކުއާރޓަރަށް އީރާނުން ދިން ހަމަލާ ސިފަކޮށްދެމުން މިދިޔަ ބުދަދުވަހު އިޕޯކް ޓައިމްސްއަށް އެމެރިކާގެ އެކްޓިންގ ސެކްރެޓަރީ އޮފް ސްޓޭޓް އޮފް ދަ ނޭވީ ހަންގް […]

އޭއައި ތަރައްގީ ކުރުން މަޑުޖައްސާނުލައިފިނަމަ އެކަމުގެ ނުރައްކާ މުޅިއިންސާނިއްޔަތަށް އެބައޮތް

އިންސާނާގެ ސިކުނޑިއަށްވުރެ ކުރިއަރާފައިވާ އާދަޔާޚިލާފަށް ތޫނުފިލި ކޮމްޕިއުޓަރު ނިޒާމުތަކާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވަމުންދާތީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ޓެކްނޮލޮޖީ ތަރައްޤީކުރުން ކޮންމެ ވެސް މިންވަރަކަށް މަޑުޖައްސައިލުމަށް އޭއައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ އެންތުރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ އޭއައި ކުންފުނިތަކަށް ގޮވާލައްވައިފިއެވެ. އޮންލައިން ކޮށް ހާމަ ކުރެއްވި ލިއުއްވުމެއްގައި އަމޯޑޭ ވިދާޅުވީ އޭއައި މޮޑެލްތަކަށް ލިބިފައިވާ ޤާބިލުކަން ތަރައްޤީކުރަންޖެހޭ ކަމާމެދު ސުވާލެއް ނުއުފައްދަވާ ކަމުގައެވެ. ނަމަވެސް ދުވެލި މަޑުޖައްސައިނުލާ ކުރިޔަށްދާނަމަ އެކަމުގެ ނުރައްކާ […]

ކާރިސާއިން ސަލާމަތްވެ ލިބުނު އައު ފުރުސަތު!

ނޭޕާލުގައި ހައިޑްރޯޕަވަރ މަޝްރޫޢުތަކަކަށް އައި ބާރުގަދަ ފެންބޮޑުވުމުގެ ކާރިސާއަކަށްފަހު، ފެންބޮޑުވެފައިވާ ޓަނަލެއްގެ ތެރޭގައި ކިސަޑުފެން ބޮއެގެންނާއި، ސަލާމަތްވުމަށް އެދި ދުޢާކުރަމުން 10 ދުވަސް ވަންދެން ސަލާމަތްވުމަށް ހިތްވަރުކޮށް ދިރިހުރިގޮތް ނޭޕާލްގެ ހައިޑްރޯޕަވަރ މަސައްކަތްތެރިއަކު ކިޔައިދީފިއެވެ. އުމުރުން 30 އަހަރުގެ ސަންޖޭ ސާހް ސަލާމަތްކުރެވުނީ ސެޕްޓެމްބަރު 4 ގައެވެ. އޭނާ ބިމުގެ އަޑީގައި ހޭދަކުރީ ކިތައް ދުވަސްކަން ރަނގަޅަށް ނޭނގި، އަނދިރީގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހުގައެވެ. ސަލާމަތްކުރާ ފަރާތްތަކަށް އޭނާއާ ހަމައަށް ވާސިލްވެވުމުން، އޭނާ އެންމެ […]

އިރާގުން ބޮޑު ކުރިއެރުމެއް ހޯދައިފި

ސައޫދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ޑްރޯން ފޮނުވާ ޕްލެޓްފޯމެއް އިރާގުގެ ސަލާމަތީ ބާރުތަކުން އަތުލައިގެންފި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އިރާގުގެ ސެކިއުރިޓީ މީޑިއާ ސެލްގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ސަޢަދު މަޢާން ވިދާޅުވީ، އިންޓެލިޖެންސް އަދި ސަލާމަތީ އޮޕަރޭޝަނެއްގެ ދަށުން މި އާލާތްތައް ހޯދާފައިވަނީ އިރާގުގެ ދެކުނު އިރުމަތީގައިވާ މައިސާން ޕްރޮވިންސުން ކަމަށެވެ. އަދި މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފޮރެންސިކް އަދި […]

އިސްރާއީލުން ކުރަމުން ގެންދިޔަ ކަމެއް ފަޅާއަރައިފި

ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި އަލަށް ދައްކަން ފެށި އާ ޑޮކިއުމެންޓްރީއެއްގައި، ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، މީހުންގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ބެލެހެއްޓުމާއި، އަދި އާންމުން މަރުވެދާނެ ކަމަށް ލަފާކުރާ މިންވަރު ބަލާ މިންގަނޑުތަކާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް ދިރާސާކޮށްފިއެވެ. އިސްރާއީލުގެ ފިލްމު އުފައްދާ ފަރާތްތައް ކަމަށްވާ ޔުވާލް އަބްރަހަމް އަދި ރޭޗަލް ޒޯރ ޑައިރެކްޓްކޮށްފައިވާ ”ނާޒާ“ ބިނާކޮށްފައިވަނީ، ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިވި އިސްރާއީލުގެ 24 […]

2029 އާއި ހަމައަށް އީރާނު ހަނގުރާމަ ދެމިގެން ހިނގައިދާނެ

ދަ ވޯލް ސްޓްރީޓް ޖާނަލް ގެ ރިޕޯޓެއްގައި ވާގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުޝީރުން ވަނީ، އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ޓްރަމްޕްގެ މިހާރުގެ ދައުރު ނިމޭ ޖެނުއަރީ 2029 އާ ހަމައަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު ސިއްރިއްޔާތުގައި ދެއްވާފައެވެ. މި ވަޒަންކުރުމުން ދައްކުވައިދެނީ، ނައިބު ރައީސް ޖޭޑީ ވެންސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހިމެނިވަޑައިގަންނަވާ ގޮތަށް އިސް އޮފިޝަލުންގެ މެދުގައި އޮތް ކަންބޮޑުވުންތަކެވެ. އެއީ އެމެރިކާގެ ފިއްތުންތަކާ […]

ދުނިޔޭގެ އެންމެ ބޮޑު އޮއިލް ޕްލާންޓް، ސައޫދީ އަބްޤެއިޤް ފެސިލިޓީ އަށް ހޫތީން ވަރުގަދަ ހަމަލާތަކެއް ދީފި

ދުނިޔޭގެ އެންމެ ބޮޑު އޮއިލް ޕްލާންޓް ކަމަށްވާ ސައޫދީއަރަބިއްޔާގެ ތެޔޮއުފައްދާ ކުންފުނި އަރާމްކޯގެ އަބްޤެއިޤް ފެސިލިޓީ އަށް ހޫތީން ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާ ތަކެއް ދިނުމާއި ގުޅިގެން އެޕްލާންޓްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިތަނަކީ ދުނިޔޭގައިވާ އެންމެ ބޮޑު ކްރޫޑް އޮއިލް ސްޓެބިލައިޒޭޝަން ޕްލާޓަށް ވާއިރު،ހޫތީންގެ ހަމަލާތައް ރިފައިނަރީގެ އިތުރުން ކައިރީގައިވާ ޕަމްޕިންގ ސްޓޭޝަނަށާ ތެޔޮއުފުލާ ޓޭންކަރުތަކަށް ވެސް އަމާޒު ކޮށްފައި ވެއެވެ. ސެޓަލައިޓް ފޮޓޯތަކާއި ވީޑިއޯ ތަކުން […]

އެމެރިކާގައި އޮންނަ މިޑްޓަރމް އިންތިޚާބް ގެ ކުރިން އީރާން ހަނގުރާމަ ނުނިންމާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގައި އަންނަ ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓަރމް އިންތިޚާބް އަށްފަހު ނޫނީ އީރާން ހަނގުރާމަ ނިމޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.އަދި ނޮވެމްބަރުގެ ކުރިން ތެލުގެ އަގު ހެޔޮނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. ރައީސް ޓްރަމްޕް ގެ އަމުރަށް އިރާންގެ މިލިޓަރީ،ސަރުކާރު،އަދި މައި އިންފްރާސްޓްރަކްޗާ ތަންތަނަށް އަމާޒުކޮށް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ބޮޑު ކޮމްބެޓް އޮޕަރޭޝަނެއް ފަށާފައިވެއެވެ.ނަމަވެސް މިހަނގުރާމައިގެ ސަބަބުން އެމެރިކާގެ ގިނަބަޔަކު ދަނީ ޓްރަމްޕް ގެ […]