އިންޑޮނޭޝިޔާގައި ފެރީއެއްބަންޑުން ޖަހާލުމުގެ ސަބަބުން ހަ މީހުން މަރުވެ 130 މީހުން ގެއްލިގެން ހޯދަނީ

Loading

September 14, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑޮނީޝިޔާގެ ދެޖަޒީރާއެއްގެ ދެމެދު ދަތުރު ކުރި ފަސިންޖަރުން އުފުލާ ފެރީ އެއް ބަންޑުން ޖަހާލުގެ ސަބަބުން ހަމީހުން މަރުވެ 130 މީހުން ގެއްލިގެން ހޯދަމުންދާކަމަށް ޚަބަރު ލިބެއެވެ. މިހާދިސާ ހިންގުމަށްފަހު 107 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ.


’ވަރގޯ ޓްރާންސްޕޯޓް 8‘ ނަމަކަށް ކިޔާ ފެރީ ދަތުރުކުރި ހިސާބަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން ބޯޓާފުރަތަމަ މުވާސަލާތީ ގުޅުން ކެނޑުނީއެވެ. އެހެން ކަމާއެކު ބޯޓު ހޯދުމުގެ ޚާއްސަ އޮޕަރޭޝަނެއް ފެށުމުން ފެނިފައިވަނީ ބޯޓު ބަންޑުންޖަހާލާފައި ވަނިކޮށެވެ. ބޯޓު ގެއްލުމާއިއެކު ފެށި ބޯޓު ހޯދުމުގެ އޮޕަރޭޝަނުގައި 280 މީހުން ބައިވެރި ކޮށްފައިވާއިރު،ހެލިކޮޕްޓަރާ ”ޝިޕް“ ތައް ބޭނުން ކޮށްފައި ވެއެވެ.
އިރުމަތީ ޖާވާ ޕްރޮވިންސުގެ ސުރަބާޔާއިން ފުރައިގެން ބަންޖަރްމަސިނަށް ދަތުރު ކުރި ބޯޓުގައި 240އެއްހާ މީހުން ތިބި ކަމަށް ވެއެވެ.މީގެ ތެރޭގައި 213 ފަސިންޖަރުންނާއި 30 ފަޅުވެރިން ހިމެނެއެވެ.
ސުރަބާޔާއަކީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ.
އިންޑޮނީޝިޔާ ގައި 17،000 އަށްވުރެގިނަ ޖަޒީރާ ހިމެނޭއިރު ފެރީ ދަތުރު ތަކަކީ ޓްރާންސްޕޯޓް ނިޒާމުގައި އާންމު ކަމެކެވެ.މިއާއި އެކު މިފަދަ އެކްސީޑެންޓް ތައް ވެސް ހިނގުމަކީ އާންމު ކަމެކެވެ.ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުން 2020ން 2026 އަށް ކަނޑުމަތީގެ 111 އެކްސީޑެންޓް ހިނގާފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް