ޢަދުލު އިންޞާފު ހޯދަން ޓަކިޖަހާނެ ދޮރެއް ނެތް!

ރާއްޖޭގެ ވެރިކަމަށް ބުނެވޭ ގޮތުގައި ޞަލަފުއްޞާލިހުންގެ ތެރެއިން ވަޑައިގެންނެވުނު ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަން ފެށުމާއެކު ފަނޑިޔާރުގެއަށް އަތްބޭނުން ނިމުނީކަމުގައެވެ. އަދި ކިތަންމެ ކުޑަ ނަމަވެސް މީހެއްގެ ޙައްގެއް ގެއްލިފައިވާނަމަ އެ މަނިކުފާނުގެ ވެރިކަމުގައި ދެން އިންތިޒާރުގައި ހުންނާކަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެ ވަޢުދުތައް މިވަނީ ބިލާހަކަށް ވެފައެވެ. ރައްޔިތުމީހާގެ ޙައްގު ހޯދަން ދިއުމުން ރައީސްކަންކޮށްފާ ތިބޭ ވެރިން (ރައްޔަތުންގެ ޚާދިމުން) ވިދާޅުވަނީ މައްސަލަ ނިންމުން ލަސްވާނަމަ ތިބާ ކޯޓަށް ދާށެވެ. ދެން އެވީ […]
އެއާޕޯޓު ބަސް ހުއްޓާ ސަރަހައްދު ވަގުތީގޮތުން ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ބަސް ހުއްޓާ ސަރަހައްދު ވަގުތީގޮތުން ބަދަލުކޮށްފިއެވެ. އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ބަސް މަޑުކުރާނީ، އެއާޕޯޓުގެ ހުޅަނގު ޕާކިންގ ޒޯން ސަރަހައްދަށެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7ން 13ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މިއީ އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ ގެންނަ ބަދަލެއް ކަމަށް އެމްޓީސީސީން ބުނެއެވެ. ބަސް ހުއްޓާ ސަރަހައްދު ބަދަލުވިނަމަވެސް، ބަސް ދަތުރުކުރާ ވަގުތަށް އެއްވެސް ބަދަލެއް […]
ވައިބާ އިން ފޮނުވި ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ.ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ […]
ރާއްޖޭގައި ބާއްވާ މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އިންތިޒާމުކުރާ މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައި، އެކަމުގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެކްޓިން ހެޑް އޮފް ސީއެސްއާރު ޑިޕާޓްމަންޓް، ހަސަން ޝަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބެވެ.މި އެމްއޯޔޫގެ ދަށުން، އޭޝިއާ މީޑިއާ ސަމިޓަށްފަހު ކުޑަގިރީގައި ކުރިއަށްގެންދާ ހަރަކާތްތަކަށް އެޗްޑީސީން އެއްބާރުލުން ދޭނެއެވެ. އެގޮތުން މީޑިއާ ސަމިޓަށްފަހު، ކުޑަގިރި ”ދޫނިޔާ ޑައިވް ރެކް“ […]
ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ.ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއިކުރައްވާ […]
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ

މިދިޔަ އޭޕްރީލް މަހު 78 މިލިއަން ރުފިޔާ މިފްކޯ އިން މަސްވެރިންނަށް ދޫކޮށްފިއެވެ. މިފްކޯ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު މިފްކޯ އިން ވަނިީ މަސްވެރިންނަށް 78،778،405.00 ރުފިޔާ ދޫކޮށްފައެވެ.އެގޮތުން އެންމެ ގިނަ އަދަދެއްގެ ރުފިޔާ ދޫކޮށްފައިވަނީ ކަޅުބިލަ މަހަށެވެ.އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކަޅުބިލަ މަހަށް 77،660،455 ރުފިޔާ ދޫކޮށްފައިވާ އިރު 4،146 ޓަނުގެ މަސްވަނީ ކިރާފައެވެ.މަސްކިރާފައި ވަނީ 781 ދޯންޔަކުންނެވެ.އަދި 10 ކިލޯ އިން މަތީގެ ކަންނެލީގެ 5،78 […]
ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ރ. ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ. ފުލުހުން ބުނީ ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަށް މިހާރު އެރަށު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ގާނޫނާއި ގަވާއިދާ އެއްގޮތަށް ހަރަކާތްތައް ހިންގަން އީސީން އެމްޑީޕީ އާއި ޕީއެންއެފްއަށް އަންގައިފި

އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސިޔާސީ ހަރަކާތްތައް ނުހިންގުމަށް އެމްޑީޕީއާ ޕީއެންއެފް އަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ. އީސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.އެހެންކަމުން […]
ރަސްމާލެ ނުހިއްކައި މާލޭ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ދެވޭނެ ގޮތެއް ނެތް: ވަޒީރު

ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ނުހިއްކައި މާލޭ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ދެވޭނެ ގޮތެއް ނެތް ކަމަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، ރަސްމާލެ ކޮންމެހެން ހިއްކަންޖެހޭ ސަބަބާ ބެހޭ ގޮތުން ވަޒީރު ވިދާޅުވީ، މާލޭ ސަރަހައްދުގައި މިހާރު ހުރި ހުރިހާ ބިމެއް ފުރިފައިވާ ކަމަށާއި، އިތުރަށް ފުލެޓު އެޅެންވެސް އަންނަނީ ބިން ހިއްކައިގެން ކަމަށެވެ. މިގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅާއި އަދި […]
ފުލުހުންގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ. ,ފުލުހުން މިއަދު ބުނީ އިއްޔެ ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ނޫސްވެރިންނާއި، އެ ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓުކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި އާންމު ރައްޔިތުން ވެސް ބައިވެރިވި ކަމަށެވެ. އަދި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި 2768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓު އަދި 8 ބިޑީގެ އިތުރުން 3437 މަނާ ބޭސްގުޅަ […]