ރަސްދޫ މާރާމާރީ: ޒަޚަމްވި މީހާގެ މަންމަ ނިޔާވެއްޖެ

އއ. ރަސްދޫގައި މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި ޒަޚަމްވި މީހާގެ މަންމަ ހޭނެތިފައި އޮތުމަށްފަހު މިއަދު ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ރަށުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އެރަށުން ވާހަކަދެއްކި މީހަކު މަޢުލޫމާތު ދިންގޮތުގައި، ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ މަންމަ ހުރީ ބަލި މީހަކަށް ގޮވާލަން ގޮސް ހޮސްޕިޓަލުގައެވެ. އޭނާ ހޭނެތިގެން ވެއްޓުނީ ދަރިފުޅަށް ހަމަލަދިން ބަޔަކު ހޯދުމަށް ނުކުތް އިރު، އެމީހުން ވަޅި ހިފައިގެން […]

ޤާނޫނާ ޚިލާފުވެފައިވާތީ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ!

ޤާނޫނާ ޚިލާފުވެފައިވާތީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފަށް ފޮނުވި ސިޓީގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.އެގޮތުން ސިޔާސީ ޕާޓީގެ ޤާނޫނުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށާއި އެފަދަ ބައްދަލުވެއް ބާއްވާނަމަ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަމަށް އީސީން ބުނެފައި ވެއެވެ.އަދި […]

ރައްޔަތުންގެ ޚާދިމް ރައީސް އާއި ދައުލަތް!

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގުމަށް މާތް ﷲ ގަންދީ ހުވާކުރައްވައި ސަރުކާރާއި ދައުލަތުގެ ވެރިކަމާ ހަވާލުވަނީ، ކޮންކަމެއް ކުރުމަށް ހެއްޔެވެ.؟ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައުލަތްހިންގުމާއި ޙަވާލުވުމަށް ހުވާ ކުރައްވަނީ އަންނަނިވި ޒިންމާތައް އަދާކުރެއްވުމަށެވެ. ފުރަތަމަ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. ދެވަނައަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށެވެ. މިއީ ގުޅިގެން އަންނަ ދެކަމެކެވެ. ހަތަރުވަނަ ކަމަކަށް ޤައުމަށް އިޙްލާޞްތެރިވުމެވެ. ފަސްވަނަ ކަމަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، […]

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، ވިޔަފާރިކުރި މީހަކު ހޯދަނީ

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ވަނީ އޭނާގެ ވީޑިއޯ އާންމުކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އެޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށް ފުލުުހުން ބުނެފައި ވެއެވެ. ވީމާ، ވީޑިއޯއިން ފެންނަ މީހާއާ […]

”އޮޕަރޭޝަން ކުރަނގި“ގެ ތިންވަނަ ފިޔަވަހީގެ ދަށުން އިއްޔެ އެކަނިވެސް 200އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފި

ޓާސްކް ފޯހުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 254 ބިދޭސީން ހައްޔަރުކޮށްފިއެވެ. މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ”އޮޕަރޭޝަން ކުރަނގި“ގެ ތިންވަނަ ފިޔަވަހީގެ ދަށުން އިއްޔެ ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ ޙާއްސަ އޮޕަރޭޝަނެކެވެ. އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިއަ ޚާއްސަ އޮޕަރޭޝަންގައި 639 ތަނަކުން 1344 ބިދޭސީން ޗެކްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ […]

ރާއްޖެއަށް ހަންޓާ ވައިރަހުގެ ނުރައްކާ ވަރަށް ކުޑަ: އެޗްޕީއޭ

އެމެރިކާ ސަރަހައްދުގެ ކްރޫޒް ލައިނާއަކުން ފެނުނު ހަންޓާ ވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން އަންނަ ކްރޫޒް ލައިނަރއަކުން ހަންޓާ ވައިރަސް ފެނުމާއެކު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން މޮނިޓަރ ކުރަމުންދާ ކަމަށެވެ.މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހެއް (ކޮންޓެކްޓެއް)ވެސް ފެނިފައިނުވާ ކަމަށް […]

”ބޭންކު އެކައުންޓު ކުއްޔަށްދޭނަމަ ޖިނާއީ ދައުވާ އުފުލި، ބޭންކިން ޚިދުމަތްތަކުން މަހުރޫމްވެދާނެ“

ބޭންކު ކާޑު ކުއްޔަށް ދޭ މައްސަލަތައް އިތުރުވެފައިވާކަން ހާމަކޮށް އެއީ ގާނޫނީ ކުށެއްކަން ފުލުހުން ބުނެފިއެވެ. މިކަންހާމަކޮށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބޭންކު އެކައުންޓް ކުއްޔަށް ދިނުމަކީ ކުށަކަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ.ނަމަވެސް މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި (ޚާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި) ”ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ“ ނުވަތަ ”ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ“ ފަދަ އިޝްތިހާރުތައް އިތުރުވަމުން އަންނަކަން ފުލުހުން ވަނީ […]

މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަނެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރެއް

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައި ވަނީ ކ. މާލެ / ހ. ގުންޒަރު ބަންދުކުރުމަށެވެ.އެ ތަން ބަންދުކުރުމަށް ފުލުހުން މިރޭ ބުނީ އެ ތަން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ 2026 މެއި 5 އިން ފެށިގެން 90 ދުވަހަށް ކަމަށެވެ.މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ […]

ބީއެމްއެލް އިން ’ނޮން-ޑީލް ރޯޑްޝޯ‘ ނިންމާލައި، ދުނިޔޭގެ ޑެޓް މާކެޓްތަކަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ ’ނޮން-ޑީލް ރޯޑްޝޯ‘ އެއް ނިންމާލައި، ދުނިޔޭގެ ޑެޓް މާކެޓްތަކަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ. 29 އޭޕްރީލް އިން 8 މެއި 2026 އަށް ކުރިއަށްދިޔަ މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ. ”ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވޭ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު […]

ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ ސައިކަލުތަކަކަށް ގެއްލުންވެއްޖެ

ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުތަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ސައިކަލުތަކަކަށް ގެއްލުންވެއްޖެއެވެ. މާލެ، ލޮނުޒިޔާރަތް މަގުގައި ޕާކް ކޮށްފައިހުރި ސައިކަލު ތަކެއްގައި، އެ މަގުން ދަތުރު ކުރި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 ރޭ ދަންވަރު 00:50 އެހައިކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓްގައި ޖުމުލަ 19 ސައިކަލު ވެއްޓި، 17 ސައިކަލަކަށް ގެއްލުން ވެފައިވާ ކަމަށެވެ.މިގޮތުން އޭގެތެރެއިން 10 ސައިކަލަކަށް ބޮޑެތި […]