ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިފި

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ. ބޭސްކުންފުނީގެ ”ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ“ ގެ ފާމަސީ ހުޅުވާފައިވަނީ މިއަދު އެވެ.އެ ފާމަސީ ހުޅުވާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯޕީޑީ ސަރަހައްދުގައެވެ. ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ. ސްޓޭޓްފާމާއިން ބުނީ ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، […]

ގަވާއިދާ ހިލާފަށް ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

ރަޖިސްޓްރީނުކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ. އެ އޮތޯރިޓީން ބުނީ ރާއްޖެ އަށް އެތެރެކުރަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށް ވާންޖެހޭ ކަމަށާއި ނަމަވެސް، އެ ފަދަ ތަކެތި އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެ އަށް އިމްޕޯޓުކޮށް، އޮންލައިން ޕްލެޓްފޯމް އަދި އާދައިގެ […]

ހުޅުމާލޭ ފޭސްއެކެއްގައި ގާއިމްކުރި ”އެން 1 ސްޕޯޓްސް ޕާކު“ ހުޅުވައިފި

އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމުކުރި ’އެން 1 ސްޕޯޓްސް ޕާކު‘ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. އެތަން ތަރައްގީކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައެވެ.ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކިކް އޮފް މެޗުތަކާއެކު އެ ޕާކު ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމް އެވެ.އެޗްޑީސީން ބުނީ މި ސްޕޯޓްސް ޕާކަކީ […]

ގެއްލުނު އިޓަލީ 4 ފަތުރުވެރިންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށްއްލުނު އިޓަލީ 4 ފަތުރުވެރިންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައިފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ކަނޑުއަޑިން ލޮކޭޓްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު […]

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ / އަލަމާގެ، އަޙްމަދު ޢަބްދުލްހާދީ (43އ) 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައި ވަނީ 2026 މެއި 18 ވަނަ ދުވަހުއެވެ.އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2022 މާރިޗު 4 ވަނަ ދުވަހުއެވެ.ފުލުހުން މިއަދު […]

އިތުރު ބޭންކެއް ހިންގުމުގެ ހުއްދަ

ރާއްޖޭގައި އިތުރު ކޮމަރޝަލް ބޭންކިންގެ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސާއި އޮޕަރޭޝަނަލް އެޕްރޫވަލް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފިއެވެ. އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނުގައިވާ ބުނެފައިވަނީ، ރާއްޖޭގައި އިތުރު ބޭންކެއް އޮޕަރޭޓް ކުރުމަށް ޕްރިމިއަރ ބޭންކްގެ ނަމުގައި ލައިސަންސް ދީފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު، ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން […]

ވަތަނީ ޚިދުމަތުގެ ބައިވެރިން ތިބި ލޯންޗެއް އަޑިއަށް ހިނގައްޖެ

މާފިލާ ފުށިން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެންގޮސް އަޑިއަށް ހިނގައްޖެއެވެ. ފުލުހުން މިއަދު ބުނީ މާފިލާފުށިން، މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ، މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.އަދި އެ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް، މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.އެމްއެންޑީއެފުން ދެންމެ ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ކޯސް – 2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން، މާލެއަށް ދަތުރުކުރި […]

ސަފާރީއަކުން ރާޅާ އަޅަން ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. މަރުވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.ފުލުހުން ދެންމެ ބުނީ ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރު 12:57 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.އެގޮތުން މި ހާދިސާގައި ގެނބުނު މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ […]

ނިޔާވި ދިފާއީ ބާރުގެ ޑައިވަރަށް ދުނިޔޭގެ ކަންކޮޅުތަކުން، ތައުޒިޔާއާ ތައުރީފާ އިޙްތިރާމް

ވ. އަތޮޅުގައި އޮތް ކޭވްއަކަށް ފީނަންގޮސް ގެއްލުނު ފަތުރުވެރިން ހޯދުމަށް ސިފައިން ކުރި މަސައްކަތުގެ ތެރޭގައި ރެސްކިއު ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަކިވެދިޔަ ހިތާމަވެރި ޚަބަރާއެކު ދިވެހިރާއްޖެ ކަރުނައަޅަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ދަނީ ހިތާމައިގެ މެސެޖުތަކާއި އޭނާގެ ގުރުބާނީއަށް ތައުރީފު އޮއްސަމުންނެވެ. އޭނާގެ މި މަތިވެރި ގުރުބާނީގެ އަސަރު ރާއްޖޭގެ ބޯޑަރުތަކުން ބޭރަށް، ދުރު ހިސާބުތަކަށްވެސް ވަނީ ފޯރާފައެވެ. މަހުދީގެ ފުރާނަ ގެއްލުނީ ވ. އަތޮޅުގައި ކޭވް-ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ […]

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށް

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައި ކަމަށެވެ. މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުރަކަ / ގއ. ކަނޑުހުޅުދޫ، ޝަރަފުﷲ އިސްމާޢީލް (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) […]