ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށްއްލުނު އިޓަލީ 4 ފަތުރުވެރިންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ކަނޑުއަޑިން ލޮކޭޓްކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ވެސް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން ފޭބި ކޭވްގެ ތެރެއިން ކަމަށެވެ.
![]()
