ފުލުހުންގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

Loading

Facebook
Twitter
WhatsApp

ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.


,
ފުލުހުން މިއަދު ބުނީ އިއްޔެ ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ނޫސްވެރިންނާއި، އެ ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓުކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި އާންމު ރައްޔިތުން ވެސް ބައިވެރިވި ކަމަށެވެ.

އަދި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި 2768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓު އަދި 8 ބިޑީގެ އިތުރުން 3437 މަނާ ބޭސްގުޅަ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެހެނިހެން ތަކެތީގެ ގޮތުގައި 1809 އައިޓަމެއް ނައްތާލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް