މިދިޔަ އޭޕްރީލް މަހު 78 މިލިއަން ރުފިޔާ މިފްކޯ އިން މަސްވެރިންނަށް ދޫކޮށްފިއެވެ.
މިފްކޯ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު މިފްކޯ އިން ވަނިީ މަސްވެރިންނަށް 78،778،405.00 ރުފިޔާ ދޫކޮށްފައެވެ.
އެގޮތުން އެންމެ ގިނަ އަދަދެއްގެ ރުފިޔާ ދޫކޮށްފައިވަނީ ކަޅުބިލަ މަހަށެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކަޅުބިލަ މަހަށް 77،660،455 ރުފިޔާ ދޫކޮށްފައިވާ އިރު 4،146 ޓަނުގެ މަސްވަނީ ކިރާފައެވެ.
މަސްކިރާފައި ވަނީ 781 ދޯންޔަކުންނެވެ.
އަދި 10 ކިލޯ އިން މަތީގެ ކަންނެލީގެ 5،78 ޓަނު ކިރާފައިވާ އިރު، 115،600 ރުފިޔާ 91 ދޯންޔަކަށް ވަނީ ދޫކޮށްފައެވެ.
މީގެ އިތުރުން 15 ކިލޯ އިން މަތީގެ ކަންނެލީގެ 40 ޓަނު ކިރާފައިވާއިރު 1،002،350 ރުފިޔާ 196 ދޯންޔަކަށް ވަނި ދޫކޮށްފައެވެ.
![]()
