ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ޖޭޕީން އިސްތިއުފާ ދެއްވައިފި
ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު އެ ޕާޓީން ވަކިވެވަޑައިގަތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވީ މަގާމުގެ ދިފާއުގައި ނޫން ކަމަށް ވަލީދާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙަކީ […]
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން ވަކިކުރައްވައިފިއެވެ. “ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ޝިފާޒް އެ މަގާމުން ވަކިކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައި ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިފާޒަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ […]
ސީރިޔާއާއި ސަޢޫދީ އެރޭބިޔާ އަލުން ގުޅުން ގާއިމް ކުރަނީ
ރިޔާޒާއި ބެއިރޫތުން ރޮއިޓާސް ޚަބަރު ދޭގޮތުގައި ސަޢޫދީ އެރޭބިޔާއާއި ސީރިޔާއިން ދެ ގައުމުގެ އެމްބަސީ އަލުން ހުޅުވަން އެއްބަސްވެއްޖެއެވެ. އަދި މަޢުލޫމާތު އެނގޭ ގަލްފުގެ ރަސްމީ އިދާރާއަކުން މައުލޫމާތު ދީފައިވާ ގޮތުގައި ދެގައުމުގެ ވަރަށް އިސް ބޭފުޅުންގެ މަޝްވަރާ ތަކަކަށްފަހު ދެގައުމުންވެސް މިހާރު ގަސްދުކޮށްފައިވަނީ އަންނަ ފިތުރު އީދު ދުވަހު އެމްބަސީ ރަސްމީގޮތުން ހުޅުވުމަށެވެ. އެހެންނަމަވެސް ސަޢޫދީ އަދި ސީރިޔާގެ ރަސްމީ ދާއިރާއަކުން މިކަމާއި ގުޅޭގޮތުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ. މަޢުލޫމާތު އެނގޭ މުޢުތަބަރު ތިން ދާއިރާއަކާއިޙަވާލާދީ ރޮއިޓާސް އިންބުނަނީ މިއީ އަރަބިންގެ ސަފަށް ދިމިޝްގު […]
ސިއްޙީ ޚިދުމަތުގެ ތެރެއަށް ސަރުކާރުގެ ސިޔާސީ ނަހަލާލު ގުޅުން
ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި މި ގެނެސްދެނީ އެމެރިކާގައި ސިއްޙީޚިދުމަތާއިއެކު ގާއިމް ކުރެވިފައިވާ ސަރުކާރުގެ ސިޔާސަތުގެ ނަހަލާލު ގުޅުމުގެ ސަބަބުން މެދުވެރިވަމުންދާ ޙާލަތާމެދު އެމެރިކާގެ މަޝްހޫރު ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށް ބައިނަލް އަގްވާމީ މީޑިއާގައި ހިންގަމުންގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ގެނެސްދޭ މަޢުލޫމާތުން އެތި އެތި ކޮޅެވެ. އެމެރިކާގައި ހިނގާ ކަމަކާއި އަހަރެމެންނަކާ ކޮން ގުޅުމެއްހޭއޮތީ ފަހަރެއްގައި ބައެއްކިއުންތެރިންގެ ހިތަށް އަރާފާނެއެވެ. އެކަމަކު އެމެރިކާގައި ހިނގާ ކޮންމެ ކަމަކުން މުޅި ދުނިޔެއަށް އޭގެ އަސަރު ފޯރަމުންދާކަން ގަބޫލުކުރަން ޖެހެއެވެ. މައިސޯބު އެނބުރޭ ގޮތަކަށް ނޫނީ ކުދި ސޯބުތަކަކަށް […]
އެމްޑީއެން އުވައިލީ ނަމެއްގައި, ފިޔަވަޅެއް އަޅާކަށް ބޭނުމެއްނުވޭ
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާޢީލް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިންމަވައިފިއެވެ. އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ”ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ ގެ ނަމުގައި އެމްޑީއެންއިން ރިޕޯޓެއް ނެރުމާ ގުޅިގެން ރައްޔިތުން އިހުތިޖާޖު ކުރަން ފެށުމުން ކުރިމަތިވި ޕްރެޝަރުތަކާއެކު ސަރުކާރު އެ ޖަމްއިއްޔާ އުވައިލަން ނިންމެވީ […]
ސަރުކާރުން ވިދާޅުވަނީ ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ބޭރުން ފައިސާ ހޯދަން ދަތިވާނެކަމަށް
ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ދައުލަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު, މިނިސްޓަރު އަމީރުއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ދެ ސުވާލުގެ ޖަވާބު އިއްވަވައިފައެވެ. އިބްރާހީމް ރަޝީދު ސުވާލު ކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ ކަރަންޓް ޑެބްޓް ޓު ޖީ.ޑީ.ޕީ ރޭޝިއޯ އަކީ ކޮބައިތޯއާއި, އަދި 2022 […]
ހިތަދޫ – ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި ގަރާރެއް
ލ.ހިތަދުއާއި ކުނަހަންދޫ ގުޅުވައިލާ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ގޮވާލައްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. ސަޢީދުގެ ގަރާރުގައި ވިދާޅުވެފައިވަނީ ހިތަދުއާއި ކުނަހަންދުއަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރައްޔިތަކު ދިރިއުޅޭ ދެ ރަށަށްވެފައި އެ ދެ ރަށުގެ ރައްޔިތުން އަބަދުވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަންޖެހޭ ކަމަށެވެ. އެ ގޮތުން ދެ ރަށް ކޯޒްވޭއަކުން ގުޅުވައިލުމަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ފައިދާ ލިބޭނެކަމެއްކަން ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. […]
މެރުއާނާ ހުއްދަކުރަން ގޮވައިލުމުން ރިޔާސަތުން އެކަން ނުހުއްޓުވައި ނުލަފާކަން ދައްކާލައިފި
ރާއްޖޭގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެރުއާނާ ހުއްދަކުރަންޖެހޭ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުއްޓުވާފައި ނުވާތީ ބައެއް މެންބަރުން އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ, މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވައިފައެވެ. ޖާބިރަށް ފުރުސަތު ލިބިވަޑައިގަތުމުން ދެއްކެވި […]
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިއްޖެ
ވެލާނާގޭ އަލްމަރުޙޫމް އިބްރާހިމް ނާޞިރުގެ ސަރުކާރަށްފަހު ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކަށް ރާއްޖޭގެ ރަށްތަކުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވޭކަމަށް ބުނެ ގިނަޢަދަދެއްގެ ރައްޔިތުން ދަނީ މިހާރު ޝަކުވާ ކުރަމުންނެވެ. 1950 ހުން ފެށިގެން 1979 އަކާ ދެމެދު ރާއްޖޭގެ ސްކޫލް މަދުރާސާ ތައް ބިނާކުރެވިފައިވަނީ އިނގިލިން ގުނާލެވޭފަދަ މަދު މިންވަރަކަށެވެ. އެހެންކަމުން ރާއްޖޭގެ އޭރުގެ އާބާދީ ކުޑަކަމާއި ސެކަންޑްރީ ތަޢުލީމަށް ބެލެނިވެރިންގެ ހޭލުތެރިކަން ކުޑަކަމާއި އަދި އެފެންވަރުގެ ސްކޫލްތަށް މަދުކަމުން […]
ހުޅުމާލޭ ބީއެމްއެލް އޭޓީއެމް އެއަރކޯންހަލާކު ވެފައި ހުންނަތާ އެތައްދުވަހެއް
ބޭންކޮއޮފް މޯލްޑިވްސްގެ ހުޅުމާލޭ ބްރާންޗާއި ޖެހިގެން ހުރި އޭޓީއެމްގެ އެއަރ ކޯނު ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެ ބޮޑު މާލީ މަންފާ ލިބޭ ކުންފުނި ބީއެމްއެލް އިން ހުޅުމާލެ ސިޓީގައި އަޅާދީފައިވަނީ އެންމެ 3 އޭޓީއެމް އެވެ. ދުވަހެއް ދުވަހެއް އާބާދީ ބޮޑުވަމުން އަންނަ ހުޅުމާލޭ ގައި އަޅާދީފައިވާ 3 އޭޓީއެމްގައި ދިވެހި ރުފިޔާ ޖަމާކުރުމަށް ބަހައްޓާފައި ވަނީ 07 މެޝިނެވެ. އެއީ ޑޮލަރު ނަގާ ޖަމާކުރާ މެޝިނަކާއިއެކު ގައެވެ. ބޭންެކްއޮފް މޯޑިވްސް ފަދަ ބޮޑު ޢާމްދަނީއެއް ލިބޭ ކުންފުންޏަކުން […]