ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ޖޭޕީން އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު އެ ޕާޓީން ވަކިވެވަޑައިގަތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވީ މަގާމުގެ ދިފާއުގައި ނޫން ކަމަށް ވަލީދާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙަކީ އޭނާއަށް ކަމުދާ އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބެންޖެހޭ ކަމަށް ވެސް ވަލީދާ ވިދާޅުވިއެވެ.

ޖޭޕީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. ޖޭޕީން އެ ގޮތަށް ނިންމީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ޞާލިޙް ޖޭޕީއަށް ދައުވަތު ދެއްވާފަައި ވަނިކޮށެވެ. 

ނަމަވެސް ޖޭޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވަލީދާ ގަބޫލު ކުރައްވައެވެ.

ވަލީދާ ޖޭޕީއާ ގުޅިވަޑައިގަތީ 2011 ވަނަ އަހަރުއެވެ.

ސެޕްޓެމްބަރު 09 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ޖޭޕީން ނިންމާފައިވާތީ ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރާއި އިމިގުރޭޝަން ކޮންޓްރޯލަރު އަޙްމަދު މުޙައްމަދު ޙުސައިން (ހަނަފީ) ވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

ފޮޓޯ: އަވަސް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް