ކެންޑިޑޭޓް 1 ނަޝީދު ނަންބަރު 2 އިބްރާހީމް
ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެނޑިޑޭޓުންގެ ނަންބަރު އާންމުކޮށްފިއެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 1 އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 2 އެވެ. ނިޒާމުގެ ބަޙުސްއާއެކު އެމްޑީޕީ ގައި ވަނީ ރައީސް އިބްރާހިމް ފެކްޝަނަކާއި ރައީސް ނަޝީދުގެ ފްކްޝަނެއް އުފެދިފައެވެ. ދެބޭފުޅުންގެ ތެރެއިން ނަޝީދު، ފާޅުގައި ސަރުކާރާއި ސޯލިހަށް ބަހުގެ ޙަމަލާތައް ދެމުން ގެންދަވާ އިރު […]
ހުޅަނގުން ހަގުރާމައަށް ސީދާ ނުވަދެތިބީ ރަޝިޔާގެ ނިއުކްލިއަރ ދެކެ ބިރުން
ރޮއިޓާރސް އިން މަޢުލޫމާތު ދޭގޮތުގައި މޮސްކޯގެ ނިއުކްލިއަރ ޙަކަތައާއި އެ ހަކަތައިގެ ބޭނުން ކުރަންޖެހޭ ޙާލަތުކަމަށް އެގައުމުން އެކަށައަޅާފައިވާ ގަވައިދުތަކަކީ ހުޅަނގުން ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ހަނގުރާމައިގާ ސީދާ ބައިވެރިވުމަށް ހުޅަނގުގެ ގައުމުތަކުން ޖެހިލުންވާ ސަބަބު ކަމުގައި ރައީސް ޕޫޓިންގެ އެންމެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރު ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޗެއަރމަންގެ ނައިބު ދިމިތުރީ މެޑްވިޑެވް ވިދާޅުވީ ކީވްގެ ގޮތްދޫނުކުރާ ސަރުކާރުން ހަދާނެގޮތް ހުސްވެ އެގައުމުގެ މިލިޓްރީ ގާބިލުކަން އެއްކޮށް ނެތިކޮށް ލެވެންދެން މޮސްކޯއިން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. މެޑްވިޑެވް […]
ސަޢޫދީ އެރޭބިޔާގެ ބަދަލުވަމުންދާ އާދަކާދަ
ސަޢޫދީ އެރޭބިޔާއަކީ ދިވެހިން ހިތްތަކުގައި ވަރަށް މަތިވެރި މަގާމެއް ލިބިފައިވާ ބިމެކެވެ. އެ ބިމުގައި ހިނގާ ކަންތައްތައް އެނގެން ބޭނުންވާ ދިވެހިން މިގައުމުގައި ވަރަށް ގިނަވާނެއެވެ. މި ގެނެސްދެނީ ސަޢޫދީ އެރޭބިޔާގައި ބަދަލުވަމުންދާ އާދަކާދަ އާއި ބެހޭގޮތުން ބޭރުގެ މީޑިއާތަކުގައި ގެނެސްދެމުން ގެންދާ ޚަބަރުތަކުގެ ޚުލާސާއެކެވެ. އެނބުރެމުން ދިޔަ ކުލަ ބޮކިތަކާއި ދުންތަކުގެ ތެރޭގައި މައިކެއް ހިފައިގެން ލަވަކިޔަން ހުރީ 29 އަހަރުގެ ނައުފް ސުފްޔާނީ އެވެ. ކޮމިސްކެޓްގެ ނަމުން […]
އެންމެ ބޮޑެތި މުލުވަގުން ތިބީ ޑީލްހެދިގެން ގޭގައި : މުޢިއްޒު
ކުރީގެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީ ގެ ޚިޔާނާތުގެ މުލު ވަގުން ތިބީ ގޭގައިކަމަށާއި އެމީހުންނަށް ކުރިވިފައިވާ ޝަރުޢީ ޙުކުމަށް ސަރުކާރުންވަނީ ގޮންޖައްސަވާފައި ކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭމައްސަލައެއް ކަމާއި އެފަދަ މުލުވަގުން ޑީލްއެއްގެ ދަށުން ގޭގައި ތިބުމަކީ ޝަރުޢީނިޒާމްގެ ޙުރުމަތް ކަނޑާލުން ކަމަށް ބެލެވިދާނެކަމަށެވެ. މުޢިއްޒު މިމޭރުމުން ވިދާޅުވެފައި މިވަނީ ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ހަމަ އެ މައްސަލައިގައި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް 3 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު […]
އެމެރިކާ ޑޮލަރު ރަސްކަމުގެ ތަޚުތުން އަޒުލު ކުރަނީ
ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެއެވެ. އެގޮތުން ކޮންމެ ކަމަކަށް އެމެރިކާ ޑޮލަރު ބޭނުން ކޮށްގެން ނޫންގޮތަކަށް ގަނެވިއްކާ ވިޔާފާރީގެ މުޢާމަލާތަށް ޕޭމަންޓްތައްހެދުމަށް އެމެރިކާ ޑޮލަރު ނޫންގޮތެއް ނެތްކަމަށް ބުނާ އަޑު އިވިއިވި ފޫހިވެއްޖެކަމަށް ބުނެ ދުނިޔޭގެ ބައެއް ބޮޑެތީ އިގްތިސާދުން އެހެން ފައިސާއެއް ހޯދުމުގެ މަސައްކަތް ފަށައިގެންފިއެވެ. އޭގެ ތެރޭގައި ހަމައެކަނި އޭޝިޔާގެ ބައެއް ކުދި ގައުމުތައްވެސް ހިމެނޭގޮތުން ބާރަވަރަކަށް ގައުމުން ޑޮލަރުގެ ނުފޫޒަ ކުޑަކުރުން ތަޖްރިބާ ކުރަން ފަށައިފިއެވެ. ކުއްލިއަކަށް ޑޮލަރުގެ ރަސްކަން ނިމުމަކަށް ގެނެސް އޭގެ ބާރުގަދަ ތަޚުތުން އަޒުލް ކުރާ ވާހަކަ އެއްވެސް ގައުމަކުން ނުބުނެއެވެ. އަދި އެއީ […]
އަންހެން މަސައްކަތްތެރިން ގެއަށް ފޮނުވުމަށް ތާލިބާނުން އެންޖީއޯތަކަށް އަންގައިފި
އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތުން އެ ގައުމުގައި އަންހެން މުވައްޒަފުން މަސައްކަތަށް އައުން ހުއްޓުވުމަށް ލޯކަލް އަދި ފޮރިން އެންޖީއޯތަކަށް އަންގައިފިއެވެ. މިކަން އާންމުކޮށް އިއުލާނުކޮށްފައިވަނީ އެގައުމުގެ އިކޮނޮމިކް މިނިސްޓްރީގެ ސިޓީއަކުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ތަރުޖަމާނު އަބްދުއްރަހްމާން ހަބީބު ބުނެފައިވަނީ އަންހެނުން އިސްލާމީ ހެދުން އެޅުމުގެ އުސޫލެއް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ކަނޑައަޅާފައިވީނަމަވެސް މި ގޮތަށް ބައެއް މީހުން ތަބާވެފައި ނުވެއެވެ. މި ފިޔަވަޅު އެޅިގެން ދިޔައީ މި ސަބަބާހުރެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. […]
ނޭޕާލުން އިންޑިޔާގެ 16 ފާމަސިއުޓިކަލްއެއް ބްލެކްލިސްޓަށް އަރުވައިފި
ނޭޕާލުގެ ޑްރަގް ރެގިއުލޭޓޮރީ އޮތޯރިޓީން އިންޑިޔާގެ 16 ފާމަސިއުޓިކަލްއެއް ބްލެކްލިސްޓަށް އަރުވައި އެ ކުންފުނިތަކުން އުފައްދާ ބޭސްތައް އެ ގައުމަށް އެތެރެކުރުން މަނާކޮށްފިއެވެ. ނޭޕާލުން ބުނެފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓޭންޑާޑްތަކަށް މި ފާމަސިއުޓިކަލްތަކުން އުފައްދާ ބޭސް ނުފެތޭތީއެވެ. މިގޮތުން މި މަހު 18 ވަނަ ދުވަހު އެ ގައުމުގެ ޑްރަގް ރެގިއުލޭޝަން ޑީޕާޓްމެންޓުން ވަނީ މި ކުންފުނި ތަކުން އުފައްދާ ބޭސް ފާމަސީތަކުން ވިއްކުން މަނާކޮށްފައެވެ. މި ލިސްޓު އާންމުކޮށްފައިވަނީ […]
ހުޅުމާލޭގެ ދެވަނަފިޔަވަހީގެ މަގުތަކުގައި އަލިކަމެއް ނެތުމުން ވަރަށް ބިރުބޮޑު
ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ މަގުތަކުގައި އަލިކަމެއް ނެތެވެ. އަދި އެމަގުތަކުގެ ބައެއް ހިސާބުތަކުގައި ދުވާރު ހެދިފައި ނެތުމުން އަނދިރި މަގުތަކުގައި ވެހިކަލް ދުއްވާއިރު ކަޅު ހެދުންލައިގެން މަގުމެދުން ހިނގުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވަމުން އަންނައިރު މަގުތަށް އެހާ އަނދިރި ވުމަކީ އެކްސިޑެންޓް ތަކަށް މަގުފަހިވެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ދެކޭތީ ސަމާލުކަމަށްޓަކާ ދަންނަވަން ހިތަށް އެރީއެވެ. އިހަށްރެއަކު އަހުރެން ހުޅުމާލެ ފޭސް 1 […]
ސިޔާސީ ވާހަކަ 2 / ދުރާލާ ދިވެހީންގެ އަޚުލާގު ހަލާކުކޮށްލުން!
http://sandhaanu.today/25689/ އާއި ގުޅޭ… ކުރީބައިގައި ބަޔާން ކުރެވުނު ފަދައިން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނާއި ހަމައަށް މިޤައުމު ގެނެސްދިނީ ވަރަށްވެސް ރިވެތި އުޞޫލު ތަކަކާއި މަތިވެރި އަޚުލާޤެއްގައެވެ. 18 ވަނަ ޤަރުނުގެ މަދުތެރެއިން ފެށިގެން 19 ވަނަ ޤަރުނުގެ މެދުތެރެއަށް ދުނިޔެދުށް ކާރުހާނީ އިންޤިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން) ގެ އަސަރު ދިވެހިރާއްޖެ އަށްވެސް ކުރިއެވެ. އެކަންވީ ގޮތަކީ ދިވެހީންގެ ތެރޭގައި އޭރު ތިބި ޕޯޗުގީޒު ފަރަންސޭސި ހުރަވީންނަކީ އިނގިރޭސި ނޫނީ ވިލާތުގެ ގޮތްފޮތާ މާރުހޭ ބަޔަކަށްވުމެވެ. އެހެނަސް އެމީސްތަކުން ކިތަންމެ ބޭނުންވިޔަސް […]
ނަސްރާނީންގެ ބޮޑުޢީދާ ދިމާކޮށް އަންނަ ތޫފާނުގެ އިންޒާރު
ފިނިމޫސުމުގެ ނުރައްކާތެރި ތޫފާނެއްގެ ބިރުވެރިކަން އެމެރިކާގެ ކަންކޮޅުތަކަށް ފެތުރެން ފަށައިފިއެވެ. އެތައް މިލިއަން މީހުންގެ ދަތުރުފަތުރާއި ޗުއްޓީ ދުވަސްތަކަށް ހުރަސް އެޅި ގަދަވަޔާއެކު ވެހެމުންދާ ސްނޯގެ ސަބަބުން ފިނިހޫނުމިން ހީކުރެވިފާ ނުވާވަރަށް ވެއްޓިގެން ދާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ގެންދަނީ އިންޒާރު ދެމުންނެވެ. އެންމެ މަދުވެގެންވެސް އެމެރިކާގެ ކަންކޮޅުތަކުން 50 މިލިއަން މީހުންނަށް މި ތޫފާނުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެކަމަށް ބުނެފިއެވެ. […]