ނަސްރާނީންގެ ބޮޑުޢީދާ ދިމާކޮށް އަންނަ ތޫފާނުގެ އިންޒާރު

Facebook
Twitter
WhatsApp
ECDD5E44-0097-4B5F-9E9C-AAEFD0015479

ފިނިމޫސުމުގެ ނުރައްކާތެރި ތޫފާނެއްގެ ބިރުވެރިކަން އެމެރިކާގެ ކަންކޮޅުތަކަށް ފެތުރެން ފަށައިފިއެވެ. އެތައް މިލިއަން މީހުންގެ ދަތުރުފަތުރާއި ޗުއްޓީ ދުވަސްތަކަށް ހުރަސް އެޅި ގަދަވަޔާއެކު ވެހެމުންދާ ސްނޯގެ ސަބަބުން ފިނިހޫނުމިން ހީކުރެވިފާ ނުވާވަރަށް ވެއްޓިގެން ދާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ގެންދަނީ އިންޒާރު ދެމުންނެވެ. އެންމެ މަދުވެގެންވެސް އެމެރިކާގެ ކަންކޮޅުތަކުން 50 މިލިއަން މީހުންނަށް މި ތޫފާނުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެކަމަށް ބުނެފިއެވެ.                                                      

މޫސުމާބެހޭ އިދާރާތަކުން ހާމަކުރަމުންދާ ގޮތުގައި މިދިޔަ ބުދަދުވަހުން ފެށިގެން ތޫފާން އަންނަނީ ބާރުގަދަ ކުރަމުންނެވެ. ހުކުރު ދުވަހާ ހަމަޔަށް އަންނައިރު ގްރޭޓް ލޭކް ސަރަޙައްދަށާއި އިރުމަތީ އައްސޭރިފަށަށް ގަނޑުފެނާއެއް ވަރުގެ ފިނިކަން ގަދަ ބާރުވަޔާއި ކުރިމަތިލާން ޖެހޭނެއެވެ. 

މޫސުމަށް ބަލާފާ މެނުވީ އެއްވެސް ބާވަތެއްގެ ދަތުރެއް ނުކުރުމަށް މޫސުމާބެހޭ އިދާރާތަކުން ގެންދަނީ އިންޒާރު  ދެމުންނެވެ. އަދި ޓެކްސަސް ސަރަޙައްދަށް ވަރަށް ފަރުވާތެރި ކަމާއިއެކު އެ އިދާރާތަކުން ގެންދަނީ ބަލަމުންނެވެ. ސްނޯ ސްޓޯމުގެ ދުވަސަވްރު ދަތުރުފަތުރު ކުރުމަކީ އާންމު ގޮތެއްގައިވެސް ނުރައްކާތެރި ކަމެއް ކަމަށާއި މިފަހަރުގެ ސްޓޯމް މާބޮޑަށް ބިރުވެރި ކަމަކަށްވަނީ އެ ސްޓޯމްގައި އެކުލެވޭ ފިނިކަމާއި ބާރުގަދަ ވައިގެ ސަބަބުންނެވެ. 

މިޗިގަން އާއި އިންޑިއާނާ އާއި ނިއުޔޯރކްފަދަ ޝަޙަރުތަކުގައި ބިޔަ ގަސްތައް އުފުރިގެންދިއުމާއިއެކު ކަރަންޓް ލޭނުތައް ވެއްޓުމުގެ ނުރައްކަލާ ކުރިމަތިލާންޖެހި އެއްގަމު ދަތުރުތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށާއި ވޯޝިންގޓަންފ ަދަ ޝަޙަރުތަކުގެ މަގުތަކުގައި ފޫޓަކަށްވުރެވެސް ބޮޑަށް ސްނޯ ފުނިޖެހުން އެކަށީގެން ވެއެވެ. 

މިހާރު ލަފާކުރެވޭގޮތަށް ތޫފާން ވަރުގަދަވަމުން ދާނަމަ އެއީ ބޮމް ސައިކްލޯނަކަށް ވެގެން ދާނެއެވެ. ބޮމް ސައިކްލޯނަކީ ވަރަށް މަދުން ނޫނީ އެއްގަމު ސަރަޙައްދު ތަކުގައި އުފެދޭ އެއްޗެއް ނޫނެވެ.                                                       

މުސުމާބެހޭ އިދާރާތަކުން ބުނާގޮތައި މި ތޫފާނުގެ ބިރުވެރިކަން ބޮޑުވާނެ ކަމަށް ބެލެވެނީ އޭގައި އެކުލެވޭ ފިނިގަދަ ބާރު ވައިގެ ސަބަބުންނެވެ. ޑަކޯޓާ އާއި މޮންޓާނާ  އަދި މިނެސޯޓާގެ ފިނިހޫނު މައިނަސް 40 ދަރަޖަ ފެރެންހައިޓަށް އަދި ވައޯމިންގް ގައި މައިނަސް 70 ދަރަޖަ އަށްވެއްޓޭނެ ކަމަށާއި ފިނިހޫނުމިން އެންމެ ރަނގަޅު ސަރަޙައްދުތަކުގައި އުޅޭނީ މައިނަސް 14 އިން 32 ދަރަޖައިގައެވެ.                            

މިއަންނަ ހޮނިހިރު ދުވަހު މިތޫފާން ކެނެޑާއަށް ހުރަސްކުރާނެ ކަމަށް ބެލެވުނަސް އޭގެ ބިރުވެރިކަން ކްރިސްމަސް ދުވަހާޖެހެންދެން ދެމިއޮންނާނެކަމަށް މޫސުމާބެހޭ އިދާރާތަކުން ގެންދަނީ އިންޒާރު ދެމުންނެވެ.             

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް