ކެންޑިޑޭޓް 1 ނަޝީދު  ނަންބަރު 2 އިބްރާހީމް

Loading

Facebook
Twitter
WhatsApp
MDP Party presidential candidate election

 ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެނޑިޑޭޓުންގެ ނަންބަރު އާންމުކޮށްފިއެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 1 އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.

ނިޒާމުގެ ބަޙުސްއާއެކު އެމްޑީޕީ ގައި ވަނީ ރައީސް އިބްރާހިމް ފެކްޝަނަކާއި ރައީސް ނަޝީދުގެ ފްކްޝަނެއް އުފެދިފައެވެ. ދެބޭފުޅުންގެ ތެރެއިން ނަޝީދު، ފާޅުގައި ސަރުކާރާއި ސޯލިހަށް ބަހުގެ ޙަމަލާތައް ދެމުން ގެންދަވާ އިރު ރިޔާސީ ޕްރައިމަރީގައި މިދެބޭފުޅުން ވާދަކުރައްވަން ނިންމެވި ހިސާބުން ދެ ފެކްޝަން މިވަނީ އިތުރަށް ބައިބައިވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނުޙަލާތައް ދެމުންގެންދަން ފަށާފައެވެ.

ރައީސް އިބްރާހިމް (އިބޫ) ސައިޑުން ކުޅުއްވަނީ އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އެވެ. އަދި ރައީސް ނަޝީދު (އަންނި) ގެ ޓީމުގެ މިޑްފީލްޑަރއަކީ ޙަސަން ލަތީފް އެވެ. ދެޓީމުގައިވެސް ތިއްބެވީ ގަދަ ކުޅުންތެރީންނެވެ. ނަޝީދު ފެކްޝަންގައި މުޅީންވެސް ތިއްބެވީ ދިވެހީން ކުރީޒަމާނު ކިޔާގޮތުންނަމަ ”ރަތްލާޖެހި“ އެމްޑީޕީން ނެވެ. އިބޫ ފެކްޝަނުގައި ގިނަ ފޯވަޑުންނަކީ އެހެންޕާޓީތަކުން އެމްޑީޕީ އޮޑި ޙައްސަ ބާނަން ފެށުމުން އެ އޮޑިއަށް އަރައިފާވާ މީހުންކަމުގައި ނަޝީދު ފެކްޝަނުން ބުނެއެވެ.

އަންނަ ޖެނުއަރީ މަހުގެ 28ވާ ބުދަދުވަހު ވޯޓްލާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިހޯދުމަށް ދެ ފެކްޝަނުން އަންނަނީ ވަރުގަދަޔަށް ކެމްޕެއިން ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް