އަންހެން މަސައްކަތްތެރިން ގެއަށް ފޮނުވުމަށް ތާލިބާނުން އެންޖީއޯތަކަށް އަންގައިފި

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތުން އެ ގައުމުގައި އަންހެން މުވައްޒަފުން މަސައްކަތަށް އައުން ހުއްޓުވުމަށް ލޯކަލް އަދި ފޮރިން އެންޖީއޯތަކަށް އަންގައިފިއެވެ. މިކަން އާންމުކޮށް އިއުލާނުކޮށްފައިވަނީ އެގައުމުގެ އިކޮނޮމިކް މިނިސްޓްރީގެ ސިޓީއަކުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ތަރުޖަމާނު އަބްދުއްރަހްމާން ހަބީބު ބުނެފައިވަނީ އަންހެނުން އިސްލާމީ ހެދުން އެޅުމުގެ އުސޫލެއް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ކަނޑައަޅާފައިވީނަމަވެސް މި ގޮތަށް ބައެއް މީހުން ތަބާވެފައި ނުވެއެވެ. މި ފިޔަވަޅު އެޅިގެން ދިޔައީ މި ސަބަބާހުރެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

އިތުރު ނޯޓިސްއެއް ނުދެވޭހާ ހިނދަކު މަސައްކަތް ކުރުމުގެ ހުއްދަ އަންހެނުންނަށް ނުލިބޭނެކަމަށް ތާލިބާނުން ވަނީ އަންގާފައެވެ. މީގެ އިތުރުން އެ އަމުރަށް އަމަލު ނުކުރާ އެންޖީއޯތަކުގެ އޮޕަރޭޓިން ލައިސަންސް ބާތިލް ކުރާނެ ކަމަށްވެސް މި ސިޓީގައިވެއެވެ.

މި އަމުރު ނެރެފައިވަނީ ޔުނިވާސިޓީތަކުގައި އަންހެނުން ކިޔެވުން މަނާކޮރުމަށް ތާލިބާނުން އަމުރުކުރިތާ ދުވަސްތަކެއް ފަހުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް