ނޭޕާލުން އިންޑިޔާގެ 16 ފާމަސިއުޓިކަލްއެއް ބްލެކްލިސްޓަށް އަރުވައިފި

Loading

Facebook
Twitter
WhatsApp

ނޭޕާލުގެ ޑްރަގް ރެގިއުލޭޓޮރީ އޮތޯރިޓީން އިންޑިޔާގެ 16 ފާމަސިއުޓިކަލްއެއް ބްލެކްލިސްޓަށް އަރުވައި އެ ކުންފުނިތަކުން އުފައްދާ ބޭސްތައް އެ ގައުމަށް އެތެރެކުރުން މަނާކޮށްފިއެވެ. ނޭޕާލުން ބުނެފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓޭންޑާޑްތަކަށް މި ފާމަސިއުޓިކަލްތަކުން އުފައްދާ ބޭސް ނުފެތޭތީއެވެ.

މިގޮތުން މި މަހު 18 ވަނަ ދުވަހު އެ ގައުމުގެ ޑްރަގް ރެގިއުލޭޝަން ޑީޕާޓްމެންޓުން ވަނީ މި ކުންފުނި ތަކުން އުފައްދާ ބޭސް ފާމަސީތަކުން ވިއްކުން މަނާކޮށްފައެވެ. މި ލިސްޓު އާންމުކޮށްފައިވަނީ އެ ގައުމުން މިދިޔަ އޭޕްރިލް މަހު އިންޑިޔާއަށް ޑްރަގް އިންސްޕެކްޝަން ޓީމެއް ފޮނުވައި އެ ޓީމުގެ ލަފަޔާ އިރުޝާދާއެއްގޮތްވާ ގޮތުގެ މަތީންނެވެ.

ނޭޕާލުގެ ޑްރަގް ރެގިއުލޭޓޮރ އޮތޯރިޓީން ނެރެފައިވާ ލިސްޓުގައި ހިމެނޭ ފާމަސިއުޓިކަލް ތަކަކީ:

·        ޑިވްޔާ ފާމަސީ

·        ރޭޑިއެންޓް ޕެރެންޓަލްސް 

·        މާކިއުރީ ލެބޯރެޓޮރީޒް

·        އެލައެންސް ބައޯޓެކް

·        ކެޕްތެބް ބައޯޓެކް

·        އެގްލޯމެޑް

·        ޒީ ލެބޯޓޮރީޒް

·        ޑެފޮޑިލްސް ފާމަސިއުޓިކަލްސް

·        ޖީއެލްއެސް ފާމާ

·        އުނިޖޫލްސް ލައިފް ސައެންސް

·        ކޮންސެޕްޓް ފާމަސިއުޓިކަލްސް

·        ޝްރީ އަނާންޑް ލައިފް ސައެންސެސް

·        އައިޕީސީއޭ ލެބޯރެޓޮރީޒް

·        ކެޑިލާ ހެލްތްކެއާ

·        ޑިއަލް ފާމަސިއުޓިކަލްސް

·        މެކްކުރް ލެބޯރެޓޮރީޒް

މީގެ އިތުރުން އެގައުމުން މީގެ އެއް ދުވަސް ކުރިން ވަނީ އިންޑިޔާގެ ގްލޯބަލް ހެލްތްކެއާ ނަމަކަށް ކިޔާ ކުންފުނިން އުފައްދާ ހޭންޑް ސެނެޓައިޒާ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަމުރުކޮށްފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް