އެންމެ ބޮޑެތި މުލުވަގުން ތިބީ ޑީލްހެދިގެން ގޭގައި : މުޢިއްޒު

Loading

Facebook
Twitter
WhatsApp

ކުރީގެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީ ގެ ޚިޔާނާތުގެ މުލު ވަގުން ތިބީ ގޭގައިކަމަށާއި އެމީހުންނަށް ކުރިވިފައިވާ ޝަރުޢީ ޙުކުމަށް ސަރުކާރުންވަނީ ގޮންޖައްސަވާފައި ކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭމައްސަލައެއް ކަމާއި އެފަދަ މުލުވަގުން ޑީލްއެއްގެ ދަށުން ގޭގައި ތިބުމަކީ ޝަރުޢީނިޒާމްގެ ޙުރުމަތް ކަނޑާލުން ކަމަށް ބެލެވިދާނެކަމަށެވެ.

މުޢިއްޒު މިމޭރުމުން ވިދާޅުވެފައި މިވަނީ ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ހަމަ އެ މައްސަލައިގައި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް 3 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް އިއްވައި އެޙުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލަށް ގެންދިއުމާއި ގުޅިގެން ޝަރުޢީނިޒާމުގެ ޙާލަތާއި ތަންފީޒީ ޙާލަތާއި ބެހޭގޮތުން ކޮމެންޓް ކުރައްވަމުންނެވެ. އެ ދެ ބޭފުޅުން މާފުށްޓަށް މިރޭގެ އިރާކޮޅު ވަނީ ގެންގޮސްފައެވެ.

މުޢިއްޒު ވިދާޅުވީ އެންމެ ބޮޑެތި ވަގުން ތިބީ ގޭގައިކަމަށާއި އަނެއް ބަޔަކު ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އެނގޭ ގޮތުގައި އަނެއްބަޔަކަށް ވަނީ އަޅާނުލާ ބޮޑުވަރިހަމަ ކޮށްފައެވެ.

އެމް.އެމް.ޕީ.އާރ.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އާއި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ މައްޗަށް ރައީސް ޔާމީނުގެ ވެރިކަމުގައި އުފުލި ދަޢުވާތައް ސާބިތުވެ ޝަރުޢީ ބޮޑު ޙުކުމްތަކެއް  އިއްވާފައިވާއިރުވެސް އެ ދެމީހުންވެސް ތިބީ މިސަރުކާރު ޑީލްގެއްގެ ދަށުން އަރާމުގައި ގޭގައި ބައިތިއްބާފައެވެ. އަދި ރައީސް ޔާމީނުގެ ޝަރިޢަތުގައި ހެކިންގެ ގޮތުގައި މިދެމީހުންވެސް ސަރުކާރުން ބޭނުން ކޮށްފައި ވެއެވެ. 

އެބޮޑު ޚިޔާނާތުގެ މައްސަލައިގައި އަދީބަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ޙުކުމެކެވެ. އަދީބު ގޭބަންދުގައި ހުންނަނީ މެޝިނެއްގެ އެހީގައި ނިދަންޖެހެނީ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ އިތުރުފުޅު ހައްދަވާފައެވެ. ހަމަ އެފަދައިން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ޒިޔަތު ވެސް ހުންނަވަނީ ގޭގައެވެ. އޭނަޔަށްވެސް ވެންޓިލޭޓަރުގެ އެނހީއާއި ނުލާ ނޫޅެވޭކަމަށް އޭނާ ބުނެއެވެ

Loading

4 Responses

  1. މުޢިއްޒު ތިޔަ އިޝާރާތް ކުރައްވާ މުލުވަގުން، މުލުވަގުންނަށްވީ ކާކު ފުރުޞަތު ދީގެން…؟ އެފުރުސަތު ދިންމީހާ މުލުވަގަށް ނުވެ ފުރުޞަތުގެ ބޭނުންހިފި މީހުން މުލުވަގުންނަށްވީ ކޮންގޮތަކުން….؟ ީ

  2. vahkan kuraa emmenves neyvaa husvaakan mihaaru eba igey imran ge vaahaka tagalu vaani gabool nukurun ayna ah vureh dhogu vaahaka dhekki ilmuveriyaku mi rajjeyga nuhun naane

  3. ހައިކޯޓޫން ނިމި ސުޕްރީމްކޯޓުން ނިހާއީ ޙުކުމެއް ނުނެރެވޭހާ ކުޑަތަންކޮށްފާ ހަމަ ޔާމީނު 2023 ގެ ރޭހުން ބޭރުކޮށްލުމަށް އިއްވި ޙުކުމެއް ކަމަށް ބެލެވެއެވެ. އެއި އެންމެނަށްވެސް އިނގޭ އެއްޗެކެވެ. 23 ދުވަހުރޭ ކާނިވަލް ސަރަހައްދު ބަންޑުންވާވަރަށް މީހުން އެއްވެސް ބޭއްވި ޖަލްސަ ފެނި މޭކެރީއެވެ. ދެން އެހެންގޮތެއް ނެތުމުން އިންޑިއާގެ ގޮނޑިކޮށްކޮ ޔާމީނު ގެއްލުވާލީއެވެ. އެހެނަސް އިންސާނާ ރާވާ ހުރިހާ ނުލަފާ ރޭވުންތަކެއް ކާމިޔާބުވެފައެއް ނުވެއެވެ. އެގޮތުން ދެން ވެސް ޔާމީނަށް ސަޕޯޓްވާނީ އިތުރެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް