މެލޭޝިޔާގެ ޢާންމު އިންތިޚާބު މިފަހަރު އަންވަރުތަ؟ 

މާދަމާ (19 ނޮވެމްބަރ) މެލޭޝިޔާގައި ބޭއްވޭ ފެޑެރަލް އިންތިޚާބުގައި އިދިކޮޅު ލީޑަރު ދަތޯ ސްރީ އަންވަރު އިބްރާހިމްގެ ޕަކަތާން ހަރްޕަން އަށް ބޮޑު ކާމިޔާބީއެއް ލިބިދާނެކަމަށް އަންދަޒާކުރެވެން ފަށައިފިއެވެ. ރައްޔިތުންގެ ވިސްނުންހުރިގޮތެއް ބެލުމަށް އެންމެފަހުން ނެގުނު އޮޕީނިއަން ވޯޓުގައި ޕީ. އެޗް. (ޕަކަތާން ޙަރަޕަން) އިން ވަނީ 35 އިންސައްތަވޯޓު ކާމިޔާބު ކުރާނެކަމަށް ދައްކައެވެ.  އެއަށްފަހު އެންމެ މަގްބޫލުކަން ލިބިފައިއޮތީ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ޕަކަތާން ނާސިއޯނަލް (ޕަކަތާން ނޭޝަނަލް) އަށެވެ. އެއީ 20 އިން ސައްތައެވެ. މިހާރުގެ ބަރިސާން ނާސިއޯނަލް އަށް ލިބޭނީ 17 އިންސައްތަ ކަމަށްވެސް ބެލެވެއެވެ. ރައްޔިތުންގެ ވިސްނުން ހުރިގޮތް […]

އެޗް.ޑީ.ސީ އާއި ދޭތެރޭ ބިރުގަންނަނީ މިހެން ވެދާނެތީ: 2

http://sandhaanu.today/24978/ އާއި ގުޅޭ…. ކުޅުދުއްފުށިގައި އަޅާ އިމާރަތްތަކުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި އިސްކަން ދޭންޖެހޭނެއެވެ. ހަމައެފަދައިން ހުޅުމާލޭން ބޯހިޔާވަހިކަން ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަންދޭން ޖެހޭނެއެވެ. އެއީ ގަބޫލުކުރަންޖެހޭ ޙަގީގަތެކެވެ. އެކަމަކު އާދައިގެ ރައްޔިތުމީހާގެ އަތްނުފޯރާވަރަށް އަގުބޮޑުކޮށް ހަމައެކަނި މުއްސަނދިންނަށް އެ އިމާރާތްތައް ވިއްކައިގެން ފައިދާ ހޯދުމަކީ ފުރަތަމަދުވަހު ސަރުކާރުން ހުޅުމާލެ ހިއްކަން ނިންމި ނިންމުގެ ވިސްނުންފުޅާއި ސިޔާސަތު ކަމުގައި ދިވެހިން ގަބޫލެއް ނުކުރެވެއެވެ.                       […]

އެމެރިކާއާއި ޗައިނާގެ ގުޅުން ދުނިޔޭގެ ސަލާމަތަށްޓަކާ ވަރަށް ބޭނުން 

ބައިނަލް އަގްވާމީ ދުނިޔޭގެ މުހިންމު ވާހަކައެއް ދައްކާނަމަ އެންމެ ފުރަތަމަ ދައްކަންޖެހޭނީ އެމެރިކާއާއި ޗައިނާގެ ވާހަކައެވެ. ދުނިޔޭގައި އެންމެ ވާދަވެރި ދެ ގައުމޭވެސް ކިއިދާނެއެވެ. ދުނިޔޭގެ އިގްތިސާދާއި ވިޔަފާރީގެ ދެ މައިމަރުކަޒޭ ވެސް ބުނެވިދާނެއެވެ. އެމެރިކާއާއި ޗައިނާގެ އެކުވެރިކަމަކީ މުޅިދުނިޔެއަށް ފައިދާކުރާނެ ކަމަކެވެ.  ހަމައެފަދައިން އެ ދެގައުމުގެ ރުޅިވެރިކަމުން ދުނިޔޭގެ  ސުލްޙައާއި އަމާންކަމަށް ބޮޑެތި ނުރަނގަޅު ނުވަތަ ނުރައްކާތެރި އަސަރުތަކެއް ކުރާނެއެވެ. އެހެންވީމާ މި ދެ ބާރުގެ ގުޅުންތަކާއި ވިސްނުންތައް ހުރިގޮތުގެ ކޮންމެވެސް މިންވަރެއް އެނގުން ބޭނުމެވެ. ޗައިނާއަކީ ކިތަންމެ ދުރުގައި އޮތްނަމަވެސް އަވަށްޓެރި ގައުމުތައް ފިޔަވައި ދިވެހިންނާ […]

އަހަރެންނެތަސް މުޒާހަރާތައް ކުރިއަށް ގެންދޭ – އިމްރާން ޚާން 

ޕާކިސްތާނުން އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރަށް ބައިވެރިވެ ވަޑައި ނުގެންނެވުނު ނަމަވެސް އިސްލާމްއާބާދުގައި އާންމު އިންތިޚާބު އަވަސްކުރަން ގޮވާލައި ކުރިއަށް ގެންދަން ރާވާފައިވާ މުޒާހަރާ ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެން ބައިވެރިންނަށް ގޮވާލައްވައިފިއެވެ. އަދި ރާވަލްޕިންޑީ އާ ހަމައިން މުޒާހަރާގައި ބައިވެރި ވެވޭތޯ ބަލާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.                                 އިމްރާން ޚާން އަވަހާރަ ކޮށްލުމަށްޓަކައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެވުނު ބަޑީގެ ޙަމަލާގައި ފަޔަށް ހަތަރު ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެ ވަޑައިގެން […]

ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާ ބާރު ގަދަ – ސީޕީ

 ގޭންގް ތަކުގައި ފުލުހުންނަށް އަތްލެވޭ ވަރަށްވުރެ ނުފޫޒާއިބާރު ގަދަ ބަޔަކު އެބައުޅޭ ކަމަށް ކޮމިޝަނަރއޮފް ވިދާޅުވެއްޖެއެވެ.     ގޭންގް ތަކުގައި މަސްތުވާތަކެތީގެ ވިޔާފާރި ކޮށް މުއްސަނދި ވެފައި ތިބި ބަޔަކު އެބައުޅޭ ކަމަށާއި އެބައިހުންގެ ގައިގާ ފުލުހުހުންނަށް އަތްލެވޭވަރަށްވުރެ އެބައިމީހުންގެ ނުފޫޒާ ބާރު މާގަދަ ކަމަށް ކޮމިޝަނަރ އޮފްޕޮލިސް ވިދާޅުވެއްޖެއެވެ. މިއީ ވަރަށް ބިރުވެރި ސްޓޭޓްމަންޓް އެކެވެ. އެހެނީ ޢަމަން ބަލަހަށްޓަން އޮތް ބާރަށްވެސް ގޮންޖެހޭވަރުގެ ނުރައްކާތެރި ގޭންގުތަކެއް އުފެދި މިދަރަޖައަށް އައުމަކީ އަދި ޚޮދު ސީޕީ މިފަދަ ސްޓޭޓްމަންޓެއް […]

މާންދޫ މަސްފެކްޓަރީން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި 

ލ.މާންދޫގައި ހުންނަ ޖޭޕީ ލީޑަރ ވިލާ ގާސިމް އިބުރާހިމްގެ ހޮރައިޒަން ފިޝަރީޒަށް މަސްވެރިން ކިރާފައިވާ މަހަށް ލިބެންޖެހޭ ފައިސާ މިއަދު އެކުންފުނީގެ ފަރާތުން ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަން ފަށާފައިވާކަމަށް މަސްވެރިންބުނެފިއެވެ.      މަސްކުރުވާގައި ނުދީ ހުރި ފައިސާތައް އެކުންފުނީގެ ފަރާތުން ކެޔޮޅުން ގެ އެކައުންޓް ތަކަށް ޖަމާކުރަން ފަށާފައި މިވަނީ މަސްވެރިން އެކުންފުންޏަށް ކިރާފައިވާމަހަށް ލިބެންޖެހޭ ފައިސާ ނުލިބި މަހަކަށްވުރެ ގިނަދުވަސްވެ މަސްވެރިންނަށް ދަތިބޮޑުވުމާއި ގުޅިގެން މީގެ ދެދުވަސް ކުރިން އެކުންފުނީގެ ކުރިމަށްޗަށް އެއްވެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ފައިސާނުލިބެނީސް ހުއްޓާނުލާނޭ ކަމަށް ބުނުމާ ގުޅިގެންކަމަށް މަސްވެރިން […]

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުން ފެނާއި ކަރަންޓް ނެތި 

     ހުޅުމާލެ ފޭސް 2 ގެ ޓަވަރުތަކުން ފެނާއި ކަރަންޓް ކެނޑި އެޕާޓްމެން ތަކުގެތެރޭގައި ދިރިއުޅޭ މީހުން ބޭރަށް ނުދެވި ހެނދުނު 11 ޖެހީއްސުރެ ތާށިވެއްޖެއެވެ. އެޕާޓްމެންޓްތަކުގެ ރައްޔިތުންގެ ތެރެއިން ހެނދުނު ވަޒީފާތަކަށްދިޔަމ ީހުންވަޒީފާ ނިމިގެން އެބުރި އައިސް އެޕާޓް މަންޓްތަކަށް ނޭރި ތިބީ މަގުމަތީގައެވެ.      ސްޓެލްކޯއިން ބުނީ ހޫޅުމާލެ ފޭސް 2 ކަށް ލާފައިވާ މައި ކަރަންޓް ކޭބަލް ބުރިވެފައިވާތީ އެކޭބަލްއެޅުމުގެ މަސައްކަތްމިހާރު ކުރަމުންދާ ކަމުގައެވެ. އަދި މިކަމަށްހޭދަވާނެ ވަގުތުވެސް ބުނަން ނޭނގޭ ކަމުގައެވެ. ކަރަންޓް ކޭބަލް ބުރިވެފައި ވަނީ އެޗްޑީސީއިން މަގުމަތި ކޮނުމުގެ ހުއްދަދީފައިވާ ފަރާތަކުން ބަލަންވާވަރަށް ނުބަލާ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށްވެއެވެ. […]

ޒިންމާ ނަގަންޖެހެނީ އަދި ޒިންމާނަގާނީ ކާކުތަ؟ 

މަތީގައިއެވާ ސުރުޚީއަކީ ވަރަށް ގިނައިން އަބަދުމެ ކުރެވެމުންދާ ސުވާލެކެވެ. ކޮންމެ ނުރައްކާތެރި ޙާދިސާއެއް ހިނގިޔަސް ނުވަތަ ކޮންމެ ނުރަނގަޅުކަމެއް މެދުވެރިވިޔަސް އެންމެ ފުރަތަމަ އިނގިލި ދިއްކުރަނީ ގާނޫނާ ގަވައިދަށެވެ. ގާނޫނާއި ގަވައިދު ހެދިފައިހުރި ގޮތަށެވެ.  ތަންފީޒުކުރަން ޙަވާލުކުރެވިފައިވާ އިދާރާތަކުގެ ދޯހަޅި ކަމާމެދުގައެވެ. އެކަމަކު ދިވެހިންގެ ހަރު ބަހެއްގައި އޮންނަފަދައިން ހަކުރު ރުނބައިގާވެސް ދެކޮޅު އޮންނާނެއެވެ. ވަރަށްބޮޑު ތެދެކެވެ. އިނގިލި ދިމާކުރުމުގެ ކުރިން ދެކޮޅު ބަލާލުން ހަމަ ރަނގަޅެވެ. އޭރުން މެދަށްވެސް އެ އިނގިލި ދިމާކުރަން ޖެހިދާނެއެވެ.                     […]

މަޖިލިސްގެ ރައީސް ނަޝީދު އަކީ ގޭންގެއްގެ ބޮހެއް! – ރޮޒެއިނާ

މުޙައްމަދު ނަޝީދު އެމްޑީޕީގެ ރައީސް އޭނާގެ ފުލް ”ގޭންގް“ ރޮޒޭ އާއި ޖައްސާލާ ބިރުދައްކަމުން ދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އޭނާގެ ޓްވިޓްގައި ބުނެފިއެވެ. އެމްޑީޕީ ތެރޭގައި އުފެދިފައިވާ ރައީސް ސޯލިޙު އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެޕާޓީގެ ރުޙާނީ ލީޑަރ، ނަޝީދުގެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ޙަމަލާތަށް ދެމުންނެެވެ. އަދި މަޖިލިސްގައިވެސް އެދެފެކްޝަނުން ދަނީ އިންތިހާއަށް ދެބައިމީހުންގެ އަބުރުކަތިލަމުންނެވެ.  އެންމެފާހަގަ ކޮއްލެވޭ ކަމަކީ އަޚުލާގި މިންގަނޑު ހިފޭއްޓުމަށް ދެފެކްޝަނުންވެސް މަސައްކަތް ކުރާކުރުމެވެ. މިސާލަކަށް، ކުނި ފުޅަ އާއި ޙަޔާތް […]

ރަޝިޔާއާއި ޔޫކްރެއިންގެ ކުރިމަތިލުން އިރުތަށް ހޫނުވެފާ 

ރަޝިޔާއާއި ޔޫކްރެއިންގެ ކުރިމަތިލުން މިހާރު އެންމެ ހޫނުވެފައިވާ ބަޚްމޫތު ސަރަހައްދަށް ރަޝިޔާގެ ޙަމަލާތައް ހުރިހާ ދިމާލަކުން އަމާޒުވެފައިވާ ކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅުމުގެ ޙާލަތު ވަރަށްބޮޑަށް ނިކަމެތި ވެފައިވާ ކަމަށް ޑެޕިއުޓީ މޭޔަރ އޯލެކްސަންދަރު މަރޗެންކޯ ރޮއިޓަރސް އަށް ވިދާޅު ވެއްޖެއެވެ.  އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހާރު އެ ސަރަހައްދުގައި ދިރިއުމަކީ ވަރަށް ނުރައްކާތެރި އަދި ބުރަކަމަކަށް ވެއްޖެއެވެ. އާބާދީގައި އަށްޑިހަ ވަރަކަށް ހާސް މީހުން ހަނގުރާމައިގެ ކުރިން ދިރިއުޅެމުން ގެންދިޔަ ނަމަވެސް މިހާރު ތިބީ ހަމައެކަނި ބާރަވަރަކަށްހާސް މިހުންނެވެ.  އެހެންމީހުން ހަނގުރާމަގައި ނުޖެހެން އެކި ދިމަދިމާލަށް ހިނގައްޖެއެވެ. ކަރަންޓާ ފެނުގެ ޚިދުމަތް […]