އަހަރެންނެތަސް މުޒާހަރާތައް ކުރިއަށް ގެންދޭ - އިމްރާން ޚާން 

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުން އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރަށް ބައިވެރިވެ ވަޑައި ނުގެންނެވުނު ނަމަވެސް އިސްލާމްއާބާދުގައި އާންމު އިންތިޚާބު އަވަސްކުރަން ގޮވާލައި ކުރިއަށް ގެންދަން ރާވާފައިވާ މުޒާހަރާ ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެން ބައިވެރިންނަށް ގޮވާލައްވައިފިއެވެ. އަދި ރާވަލްޕިންޑީ އާ ހަމައިން މުޒާހަރާގައި ބައިވެރި ވެވޭތޯ ބަލާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.                                

އިމްރާން ޚާން އަވަހާރަ ކޮށްލުމަށްޓަކައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެވުނު ބަޑީގެ ޙަމަލާގައި ފަޔަށް ހަތަރު ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެ ވަޑައިގެން މިވަގުތު ހުންނެވީ ފަރުވާހޯދުމަށް ގޭގައެވެ. މިޙަމަލާގައި އިމްޜާން ޚާނުގެ ސަޕޯރޓަރަކު މަރުވެ ގާނޫނީ 2 ބޭފުޅަކުވެސް ހިމެނޭގޮތުގައި 13 މީހަކު ޒަޚަމްކޮށްލެވިފާ ވެއެވެ.          

ޕާލަމެންޓުގައި ނެގި އިތުބާރުނެތްކަމުގެ ވޯޓަކާގުޅިގެން އިމްރާން ޚާނުގެ ބޮޑުވަޒީރުކަން ނިމުމަކަށްއައީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އޭނާގެ ސިޔާސީ ޙަޔާތް ނިންމާލަން ބޭނުން ނުވާތީ އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މެދުނުކެނޑި މުޒާހަރާކުރަމުންނެވެ. އިމްރާން ޚާނު ތުޙުމަތު ކުރާގޮތުގައި އޭނާގެ މަގާމު ގެއްލުވާލީ އެމެރިކާގެ އެހީގައެވެ ޕާލިމަންޓްގެ އެއްވޯޓް ގަނެގެން ކުރީގެ ނަވާޒް ޝަރީފުގެ އިދިކޮޅު ފެކްޝަން މަޖިލީހުގައި ބޭނުންކޮށްގެނެވެ. އެހެންނަމަވެސް އެމެރިކާއާއި މިހާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފްވެސް އެ ތުމަތު ދޮގުކުރެއެވެ.                                                              

އިމްރާން ޚާނަށް ޙަމަލާ ދިންމީހާ އަތުލާގަނެވިފައި ވުމާއެކު އޭނާވަނީ އޭނާއާއި އެކުގައި އެހެން އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާ ކަމަށާއި ޙަމަލާ ދިނީ އިމްރާން ޚާން މަރާލަން އޭނާ ބޭނުންވާތީ ކަމަށެވެ. އެހެންނަމަވެސް އެ ޙަމަލާގެ ފަހަތުގައި މިހާރުގެ ބޮޑު ވަޒީރު ޝާހްބާޒް ޝަރީފާ އާއި ސިފައިންގެ އިސް ދެ ބޭފުޅަކުގެ ބައިވެރިވުން އޮތްކަމަށް އިމްރާން ޚާނު ތުޙުމަތު ކުރައްވައެވެ.

އިމްރާން ޚާނުގެ ތުޙުމަތު ސާބިތުކޮށް ދިނުމަށް އެކަށިގެންވާ ހެކި ހުށައާފައި ނެތުމުން އެ މައްސަލަ ކުރިއަށްދާގޮތެއް އަދިވަނީ ނުވެފައެވެ.                                

އަވަސް އިންތިޚާބެއް ބޭއްވުމަށް ބޮޑުވަޒީރަށް ބާރުއެޅުމުގެގޮތުން އިސްލާމް އާބާދާއި ދިމާލަށް ބާއްވަން ރާވާފައިވާ މި “ ދިގު މާރޗް “ ގެ ސަބަބުން އޭނާގެ އަތުން ފިރުކައިގެންފައިވާ ވެރިކަން އަނބުރާ ހޯދޭނެ ބޮޑު ތާއީދެއް ލިބިގެންދާނެ ކަމަށާއި ކޮރަޕްޝަނާއި ފަސާދަ ނެތިކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަށް އިމްރާން ޚާން ގެންދަވަނީ ވިދާޅު ވަމުންނެވެ. . އިމްރާން ޚާނުގެ ތާއީދަށް ބަލާއިރު އޭނާއާއި އިނދިކޮޅު މިހާރުގެ ސަރުކާރުން  އިންތިޚާބުގެ ފުރުސަތު ދީފާނެކަމަކަށް ނުބެލެވެއެވެ. އަދިގާނޫނީ ގޮތުން 2023 ގެ ކުރިން އިންތިޚާބު ބޭއްވުން ސަރުކާރަށްމަޖްބޫރެއްވެސް ނުކުރެވޭނެއެވެ.                                                              

އިމްރާން ޚާން ގަދައަޅުއްވާ ވިދާޅުވަމުން ގެންދަވަނީ އޭނާގެ ސަރުކާރު ވައްޓާލުމަށް ކަންތައް ކުރިގޮތުން މިހާރު އިނދަ ޖެހިފައިވާ ޕާކިސްތާނުގެ އިގްތިސޯދު ކޮޅަށްޖެހުން ޝަރީފުގެ ސަރުކާރަށް ފަސޭހައެއް ނުވާނެކަމުގައެވެ.    

އިމްރާން ޚާނުގެ ފައިންޕުޅު ފަސޭހަވުމާއެކު މުޒާހަރާތަކުގައި ބައިވެވަޑައިގަންނަވާނޭ ކަމަށް ވިދާލުވިއެވެ. އަދިވެސް އިތުރު ކުރިމަތިލުންތައް މެދުވެރި ވާނެ ކަމަށާއި ރައްޔަތުންގެ ޙައްގުގައި ފަހަތަށް ޖެހުމެއްނެތި ކުރިއަށް ވަޑައިގަންނަވާނޭ ކަމަށް ސަޕޯޓަރުންނަށް ވިދާޅުވެ ދެއްވަމުން އެބަ ގެންދަވައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް