މެލޭޝިޔާގެ ޢާންމު އިންތިޚާބު މިފަހަރު އަންވަރުތަ؟ 

Loading

Facebook
Twitter
WhatsApp

މާދަމާ (19 ނޮވެމްބަރ) މެލޭޝިޔާގައި ބޭއްވޭ ފެޑެރަލް އިންތިޚާބުގައި އިދިކޮޅު ލީޑަރު ދަތޯ ސްރީ އަންވަރު އިބްރާހިމްގެ ޕަކަތާން ހަރްޕަން އަށް ބޮޑު ކާމިޔާބީއެއް ލިބިދާނެކަމަށް އަންދަޒާކުރެވެން ފަށައިފިއެވެ. ރައްޔިތުންގެ ވިސްނުންހުރިގޮތެއް ބެލުމަށް އެންމެފަހުން ނެގުނު އޮޕީނިއަން ވޯޓުގައި ޕީ. އެޗް. (ޕަކަތާން ޙަރަޕަން) އިން ވަނީ 35 އިންސައްތަވޯޓު ކާމިޔާބު ކުރާނެކަމަށް ދައްކައެވެ. 

އެއަށްފަހު އެންމެ މަގްބޫލުކަން ލިބިފައިއޮތީ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ޕަކަތާން ނާސިއޯނަލް (ޕަކަތާން ނޭޝަނަލް) އަށެވެ. އެއީ 20 އިން ސައްތައެވެ. މިހާރުގެ ބަރިސާން ނާސިއޯނަލް އަށް ލިބޭނީ 17 އިންސައްތަ ކަމަށްވެސް ބެލެވެއެވެ. ރައްޔިތުންގެ ވިސްނުން ހުރިގޮތް ދެނެގަތުމަށް ބޭއްވުނު މި ދިރާސާތަކުގައި މަރްޑެކާ ސެންޓަރ ފޯރ އޮޕީނިއަން ރިސާރޗް ގެ ހޯދުން ތަކުން އެނގުނީ މިހާރުގެ ބޮޑުވަޒީރު އިސްމާޢީލް ސަބްރީ ޔައުގޫބަށް އޮތްރުހުން ދަށްވެގެން ދިޔަ ސަބަބަކީ މިދިޔަ މަހުގެ ތެރޭގައި ކުއްލިއަކަށް އިންތިޚާބު ބާއްވަން ގޮވާލުމާއި ދިރިއުޅުމުގެ އަގުތައް މާބޮޑަށް މައްޗަށް އަރައިގެން ދިއުން ކަމެވެ. މަރްޑެކާ ސެންޓަރުގެ ހޯދުންތަކުން އިތުރަށް ހާމަވެގެން ދިޔައީ މެލޭ ނަސްލުގެ ރައްޔިތުންގެ މެދުގައި ޔާސީންގެ ޕި. އެން. ގެ މަގުބޫލުކަން އިތުރުވެފައިވުމެވެ. ކުރީގެ ދިގުމުއްދަތެއްގައި ވެރިކަން ކުރައްވާފައިވާ ތުން ޑރ. މަހާތީރު މުޙައްމަދުގެ މާބޮޑު ސަޕޯޓެއް ނެތްކަމަށް ބެލެވެއެވެ

މެލޭޝިޔާގެ ޢާންމު އިންތިޚާބު ބާއްވަންޖެހެނީ 2023 ގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ބޭނުންވީ އިދިކޮޅު ޕާރޓީތައް އެއްގަލަކަށް ނޭރިގެން އުޅެމުންގެންދާ މި ދަނޑިވަޅުގެ ފައިދާ ނެގުމަށްޓަކައި ކުއްލިއަކަށް އިންތިޚާބު ބޭއްވުމަށެވެ. އެހެންނަމަވެސް އާންމު ރައްޔިތުންގެ ވިސްނުން ހުރިގޮތް  މިހާރު ފެންނަނީ އަންވަރު އިބްރާހިމް އާއި މުހުޔިއްދީން ޔާސީނަށްވުރެން އިސްމާއީލް ސަބްރީގެ ތާއީދު ކުޑަކަމަށެވެ. ނަމަވެސް މުހުޔިއްދީނު އަންވަރާއި ކޯލިޝަން ހަދާފާނެ ކަމަކަށް ނުބެލެވެއެވެ.            

މި އިންތިޚާބުގައި ބޮޑެތި ސަރަޙައްދުތަކުން އަންވަރުގެ ޕީ. އެޗް. އަށް ގިނަވޯޓު ހޯދުނުކަމުގައި ވިޔަސް ކުދިކުދި އަވަށްތަކުން ކާމިޔާބު ކުރަންޖެހޭ ގޮނޑިއަށް ވޯޓުލާން ޖެހެނީ ނިސްބަތުން މަދު ބަޔަކު ކަމުގައިވާތީ  އެ އަވަށް ތަކުން ބީ. އެން. އާއި ޕީ. އެން. އަށް ތާއީދު ބޮޑުވީމާ ޕާރލަމެންޓް އަނެއްކާވެސް އޮންނާނީ އަޣްލަބިއްޔަތު ހޯދުން ބައިބައިވެފައިވާފައްތަރެއްގައެވެ. މީގެ ކުރިން ބޭއްވުނު އިންތިޚާބުގައިވެސް ރައްޔަތުންގެ ވޯޓްގެ 52% ވޯޓް ލިބިފައިވަނީ އަންވަރ އިބްރާހިމަށެވެ. ނަމަވެސް މެލޭގައި ވެސް ވެރިކަން ކުރަނީ ބަރުލަމާނީ ސިސްޓަމުން ކަމަށްވާތީ ޕާލިމެންގެ ގޮނޑި އެންމެގިނައިން ސަޕޯޓް ހޯދޭ މީހަކު ޕްރައިމިނިސްޓަރަކަށް އިސްކުރެވެނީއެވެ.

Anwar/Muhyiddin/Sabri/Mahathir

މާދަމާ ނޮވެމްބަރ 19 ވާ ހޮނިހިރުދުވަހު މެލޭޝިޔާގެ 21 މިލިއަނަށްވުރެން ގިނަ ރައްޔިތުން އެގައުމުގެ ހަތަރުވަނަ ބޮޑުވަޒީރަކީ ކާކުކަން ކަނޑައެޅުމަށްޓަކައި  ވޯޓު ލާނެއެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަފަހަރު ވޯޓުލުމުގައި ބައިވެރިވާ އެތައް ޒުވާނުންނެއް ހިމެނޭނެއެވެ. އެ ޒުވާނުންގެ ވިސްނުމާ ފިކުރު ހުރި ގޮތް އެއީ ގައުމުގެ މުސްތަގްބަލް ރޭވުމުގައި ވަރަށް ބޮޑު ޙިއްސާއަކަށް ވެގެންދާނެއެވެ. 222 ގޮނޑީގެ ޕާރަމެންޓަށް 940 ކެންޑިޑޭޓުން ވާދަކުރެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް