ރަޝިޔާއާއި ޔޫކްރެއިންގެ ކުރިމަތިލުން އިރުތަށް ހޫނުވެފާ 

Facebook
Twitter
WhatsApp
E2F5288B-1A24-4A49-BA81-54282225D5BC

ރަޝިޔާއާއި ޔޫކްރެއިންގެ ކުރިމަތިލުން މިހާރު އެންމެ ހޫނުވެފައިވާ ބަޚްމޫތު ސަރަހައްދަށް ރަޝިޔާގެ ޙަމަލާތައް ހުރިހާ ދިމާލަކުން އަމާޒުވެފައިވާ ކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅުމުގެ ޙާލަތު ވަރަށްބޮޑަށް ނިކަމެތި ވެފައިވާ ކަމަށް ޑެޕިއުޓީ މޭޔަރ އޯލެކްސަންދަރު މަރޗެންކޯ ރޮއިޓަރސް އަށް ވިދާޅު ވެއްޖެއެވެ. 

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހާރު އެ ސަރަހައްދުގައި ދިރިއުމަކީ ވަރަށް ނުރައްކާތެރި އަދި ބުރަކަމަކަށް ވެއްޖެއެވެ. އާބާދީގައި އަށްޑިހަ ވަރަކަށް ހާސް މީހުން ހަނގުރާމައިގެ ކުރިން ދިރިއުޅެމުން ގެންދިޔަ ނަމަވެސް މިހާރު ތިބީ ހަމައެކަނި ބާރަވަރަކަށްހާސް މިހުންނެވެ. 

އެހެންމީހުން ހަނގުރާމަގައި ނުޖެހެން އެކި ދިމަދިމާލަށް ހިނގައްޖެއެވެ. ކަރަންޓާ ފެނުގެ ޚިދުމަތް ކެނޑިފައިވާތާ މިހާރު ދެމަހަށްވުރެން ގިނަ ދުވަސް ވެއްޖެއެވެ. ބަޚްމޫތުގައި އެކަނިވެސް 120 މީހުން މަރުވެފައިވާއިރު ރަޝިޔާގެ ބާރުގެ ދަށުގައިހުރި އެހެން އަވަށް ތަކުގައި މަރުވި މީހުންގެ އަދަދެއްވެސް ނޭގެއެވެ. ފިނިމޫސުމުގައި ދުވަސްވީ މީހުންނާއި ނުކުޅެދުން ތެރީން އުޅެން ޖެހޭ ޙާލަކާދޭތެރޭ މިހުރީ ވަރަށް ކަންބޮޑު ވެފައެވެ. ސަރަޙައްދު ދޫކޮށް ދިއުމަށް ސަރުކާރުން އަންގަމުން ދިޔަނަމަވެސް އެއީވެސް ފަސޭހައިން ކުރެވިދާނެ ކަމެއް ނޫނެވެ.

އަހަރެމެންގެ އުންމީދުކުރަނީ ޔޫކްރެއިން ސިފައިންގެ ބާރުގައި ރަޝިޔާގެ ސިފައިން މި ސަރަހައްދުން ފައްސާލެވޭނެ ކަމުގައެވެ. ބަޚްމޫތަކީ ޑޮނެސްކްގެއެތެރޭންލާފައި ރަޝިޔާގެ ލަޝްކަރުތައް ކުރިއަށްދިއުމުގައި ވަރަށް މުހިންމު ސަރަޙައްދެވެ. އެސަރަޙައްދުގައި ވަރަށްގަދައަށް ހަނގުރާމަ ހިނގަމުންދާކަމަށް ޔޫކްރެއިންގެ ސިފައިންވެސް ވަނީ އެއްބަސްވެފައެވެ. ނޮވެމްބަރު ނިމޭނީ ފިނިމޫސުމުގެ ފެށުމާއި އެކުގައެވެ.  

ފިނިމޫސުމުގައި އިތުރު އެތައްބައެއްގެ ޙާލަތު ގޯހުންގޯހަށް ބަދަލުވެ ވަރަށް ނިކަމެތި ޙާލުގައި ޖެހޭނޭކަމަށް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ އަޕްޑޭޓް