މެލޭޝިޔާގެ އާ ސަރުކާރު އުފެއްދުމުގެ ސުން ގަޑި!
މެލޭޝިޔާގައި އާ ސަރުކާރެއް އުފެއްދުމުށް ބޭނުންވާ ޕާލަމެންޓުގެ އިތުރު ގޮނޑިތައް ޔަގީންކޮށްގެން ހުށައެޅުމަށް ރަސްގެފާނު ދެއްވާފައިވާ ސުން ގަޑި( މިއަދު މެންދުރުފަހުގެ 2 އާ ހަމަޔަށް ) ކައިރިވަމުން ދިޔަދިޔަހެން ބޮޑުވަޒީރަށް ވުމުގެ ފުރުސަތު ހުޅުވިފައިވާ އަންވަރު އިބްރާމް އާއި މުހުޔިއްދީން ޔާސީން އުޅުވަން ޖެހިވަޑައިގެންފައިވާ އިންތިޚާބީ ދޮރުގެ ތަޅުދަނޑި ވީތަނެއް އަދިވެސް ނޭގެއެވެ. އެހެންނަމަވެސް އަންވަރު ވިދާޅުވަނީ އޭނާއަށް ބޭނުންވާ 112 ގޮނޑި އޮތީ ކަށަވަރު ވެފައިކަމުގައެވެ. އެހެންނަމަވެސް ބަރިސާން ނޭޝަނަލް ގެ ޗެއަރމަން ޙަމީދީ އާއެކު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ހަމަޖެހިލައިގެން […]
ފުރޮޅުލީ ގޮނޑިން ބިޔަ ރާޅުތަކުގެ ތެރެޔަށް، ކާއިފްގެ އުންމީދު ރާއްޖެ ފަހުރުވެރިކުރުމާ ދިމާލަށް!
މޫދަކީ، މުއްޔަށް އުފަން ކާއިފް އަހުމަދު، 34އގެ އެންމެ ގާތް އެކުވެރިޔާއެވެ. ރާއްޖޭގެ ރީތި ފަރުތަކަކީ، ކާއިފްގެ ހިތް އެތަނަށް ދޫވެފައިވާ ތަންތަނެވެ. ބިޔަ ރާޅުތަކަކީ އެންމެ ކުޑައިރުއްސުރެ ކާއިފްއަށް ފަރިތަ އެއްޗެކެވެ. ރާޅުތައް މަތީގައި އުދުހި އުޅުމަކީ، ކާއިފް ސްކޫލު ދައުރުން ފެށިގެން ކުރާ ކަމެކެވެ. ކާއިފް ވަނީ އެތައް ގެސްޓުންނަކަށް ރާއްޖޭގެ ކަނޑުއަޑީގެ ޖާދޫ ދައްކައިފައެވެ. އެތައް ޑައިވްއެއް އޭނާ ކޮށްފައިވެއެވެ. ނަމަވެސް، މީގެ 11 ވަރަކަށް އަހަރު ކުރިން ދިމާވި ހިތާމަވެރި ހާދިސާއެއްގެ […]
ދެކުނަށްގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ
ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފާ ވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާއިހަމައަށެވެ. އޭގައި ބުނާގޮތުން ފަތިހު 4:30 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށް ވަރަށް ގަދަވާނެ ކަމަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެ އެވެ. އެހެންވުމާއި އެކު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ރައްކާތެރި […]
މެލޭޝިޔާ އާ ސަރުކާރެއްގެ އިންތިޒާރުގައި
އިސްލާމީ ފިކުރުގެ ބައިވެރިން އެއްފަރާތަށް އަރާލުމުން މެލޭޝިޔާގެ ކުރީސަފުން ފެންނަ ސިޔާސީ ޕާރޓީތަކުން ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ވަރަށް އިއްޔެބޭއްވުނު އިންތިޚާބުގައި ޕާރލަމެންޓުގެ ގޮނޑި ކާމިޔާބެއް އެއްވެސް ޕާޓީއަކަށް ކާމިޔާބެއް ނުކުރެވުނެވެ. މިގޮތަށް ދިމާވުމުން މިހާރު މެލޭޝިޔާއަށް ކުރިމަތިވެފައިވާ ބުރަހެލި އިގްތިސާދާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް މެދުވެރިވެފައިވާ ނިކަމެތިކަމާއި ބައިބައިވުމަށް ނިމުމެއް އަތުވެދާނެކަކަށް ނުބެލެވެއެވެ. […]
މަސްތުވާތަކެއްޗާއި ގުޅުންހުރިކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް
މާލޭސަރަޙައްދުން އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުންއިތްކަމަށް ބެލެވޭ ހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން މާލޭސަރަހަޢްދުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެރޭ އަތުލައިގެންފައިވާ 13.56 ކިލޯގެ މަސްތުވާ ތަކެއްޗާއިއެކު 644.000ރ (ހަލައްކަ ސާޅީސް ހަތަރުހާސްރުފިޔާ) ވެސް ވަނީ އަތުލައިގެންފައެވެ. ބެލެވޭގޮތުގައި މިފައިސާއަކި ޑްރަގް ވިއްކައިގެން ހޯދާފައިވާ ފައިސާއެވެ. މި މައްސަލައާއި ގުޅުން ހުރިކަމަށް ބެލޭވޭ ގިނަބަޔަކު ވަނީ އަތުލައިގެންފައެވެ. މި އެންމެންގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ. ފުލުހުންގެ އޮފީހުން މަޢުލޫމަތު ލިބިފައިވާގޮތުގައު މިތަކެތި އަތުލައިގެން ފައި ވަނީ […]
ނެގެންހުރި ތެލުގެ މިންވަރު ވަރަށް މަދުވެއްޖެ -އަރާމްކޯ
މުޅިދުނިޔެ ތެލުގެމައްޗަށް ބުރޯސާވެފައިވާ މިންވަރަށް އެއްވެސް ބަދަލެއް ނާންނާތީއާއި މިހާރު ނެގެންހުރި ތެލުގެ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާތީ ވަރަށް އަވަހަށް ތެލުގެ އަގު އުފުލިގެން ހިނައިދާނެ ކަމަށް ލަންޑަނުގައި އޮތް ބައްދަލުވުމެއްގައި ސަޢޫދީގެ ބިޔަ ތެޔޮ ކުންފުނި އަރާމްކޯގެ ވެރިޔާ އަމީން ނާސިރު އަނެއްކާވެސް އިންޒާރު ދެއްވައިފިއެވެ. ބާކީ ހުރި ތެލުގެ މިންވަރު މަދުވުމަކީ މުޅިދުނިޔެ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. ކެއްސަމުން ލޯގަނޑު އުކާނުލެވޭނެކަން އެނގެން ޖެހޭނެއެވެ. ޗައިނާގެ އިގްތިސާދު ހުޅުވި އޭވިއޭޝަން ފުޅާވެގެން ދިއުމާއެކު ޖެޓް ފިއުލް ބޭނުންވާ މިންވަރު ވަރަށް […]
ޝިމާޒް އަށް ރޭ މަގުމަތީން ޙަމަލަދީފި
ރައީސް މައުމޫންގެ އެމް.އާރު.އެމް.ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރަމުންދާ ޝިމާޒަށް ރޭ ހަމަލާއެއް ދީފިއެވެ. ޝިމާޒްއަށް އަމާޒުކޮށް މި ޙަމަލާދީނީ ރޭ 9.30 އެހާކަންހާއިރު ޝިމާޒު ގެއިން ނުކުމެގެން ގޮސް ސައިކަލަށް އެރިވަގުތުގައެވެ. 3 މީހަކު އައިސް ޝިމާޒު ހިފަހެއްޓުމަށް ފަހު އަތުން ހަށިގަޑުގެ އެތަން މިތަނަށް ޙަމަލާ ދިން ކަމަށާއި ޝިމާޒު އެމީހުންގެ ޙަމަލާއިން ރެކިގެން ދުވަމުންގޮސް ހަނިގޯޅިއަކަށް ވަދެ ފިލީ ކަމަށް ޝިމާޒު ކިޔަދީނެވެ. މިޙަމަލާ ސިފަކުރައްވަމުން ޝިމާޒު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓަރ ނަޙުލާގެ އަޑީގައި އިންނަވައިގެން ދިން […]
ސަލާމްކުރަން ދިއްކޮށްލި އަތުގައި ތަފާލެއް ޖެހުން -–ޗައިނާ، ޔޫކޭ –
ފާއިތުވެގެން މިދާ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި އެންމެ ފުރަތަމަ ފަހަރު އިނގިރޭސި ވިލާތާއި ޗައިނާއާއި ދެގައުމުގެ ގުޅުން ރަނގަޅު ކުރެވިދާނެމަގެއް ހޯދުމުގެ އުންމީދުގައި ބޮޑުވަޒީޒު ރިޝީ ސުނަކް ޗައިނާގެ ރައީސް ޒީ ޖިންޕިން އާއެކު ޖީ -20 ސަމިޓްގެތެރޭން ބާއްވަން ތާވަލްކުރި ބައްދަލުވުން އަތަށް ގޮވައިފިއެވެ. މިއީ ބޭޖިންއާއި ދޭތެރޭ ކުރާ މުޢާމަލާތުގައި ހުޅަނގުގެ ލީޑަރުންގެ ވިސްނުން ހުރިގޮތް ދެނެގަތުމަކީ ޗައިނާއަށް އެހާ މުހިންމު ކަމެއްނޫންކަން އަންގައިދޭ ރަނގަޅު ފިލާވަޅެކެވެ. އެހެންނަމަވެސް ލަންޑަންގެ ޑައުނިންގ ސްޓްރީޓް 10 ނަންބަރުން ބުނަނީ އެ ބައްދަލުވުން ނުބޭއްވުނީ އަންގާރަ ދުވަހުގެ ރޭ […]
ބައެއް ގޭންގްތައް ތޫނު ހަތިޔާރާއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެއުޅޭ – އިމްރާން
ބައެއްގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ވަޅިއާއި ކަޓަރުފަދަ ތޫނުހަތިޔާރާއިއެކު މާލޭގެ މަގުތަކަށް ރޭގަނޑު ނުކުމެ ޙަރަކާތް ތެރިވަމުންއެބަދާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާލުވެއްޖެއެވެ. މާލޭގެ ގޭންގެއް ދެބައިވެ އެ ދެބައިމީހުންގެ ދެމެދުގައި ނިރުބަވެރި ޙަމަލާތަކެއް ބަދަލުކޮށްފާނޭ ކަމުގެ ބިރު އެބައޮތްކަމަށް ދޭހަވާފަދަ ޢިބާރާތަކުން ދާޚިލީވަޒީރުއިމްރާން މިވަނީ ވިދާޅުވެފައވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅުދެއްކެވީ ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް ރާއްޖޭގައި މިހާރު ހިންގަމުންދާ އޮޕަރޭޝަނާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކާ ދެދުވަހެއްގެ ކުރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިމްރާން ވިދާޅުވިގޮތުގައި ދެބައިވެފައިވާ […]
ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ މޫސުމް ގޯސް ވާނެ
ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ މޫސުމް ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މިހާރު ކުރުމުންދާ ވިއްސާރަ ރާއްޖޭގެ އުތުރާ ދެކުނު އަދި މެދުރާއްޖޭގެ ތެރާރޭގެ ބައެއް އަތޮޅުތަކަށް ކުރާނެ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ލަފާކުރައްވައެވެ. އެގޮތުން ރާއްޖޭގެ ކަނޑުތައްވެސް އާދަޔާ ޚިލާފަށް ގަދަ ވާނެކަމަށާއި ކަނޑުތަކުގައި ރާޅުތައް 3ފޫޓާއި 5 ފޫޓާދެމެދުގެއުސްމިނަށް އުފުލޭނެ ކަމަށް ވެސް ލަފާކުރައްވާއިރު ވައިގެ އެވްރެޖްނިސްބަތުން 3 މޭލާއި 18 މޭލާދެމެދުގެ ބާރުމިނުގައިވައިގަދަވާނެ ޖަމަށާއި ކެރިގަނޑުގައި 13 މޭލަށް ވައިގަދަވާނޭކަމަށް ވެސް ލަފާކުރައްވައެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ފ.އަތޮޅު ނިލަންދޫ އަށެވެ. އެރަށަށް 110 […]