ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ މޫސުމް ގޯސް ވާނެ 

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ މޫސުމް ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މިހާރު ކުރުމުންދާ ވިއްސާރަ ރާއްޖޭގެ އުތުރާ ދެކުނު އަދި މެދުރާއްޖޭގެ ތެރާރޭގެ ބައެއް އަތޮޅުތަކަށް ކުރާނެ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ލަފާކުރައްވައެވެ. 

އެގޮތުން ރާއްޖޭގެ ކަނޑުތައްވެސް އާދަޔާ ޚިލާފަށް ގަދަ ވާނެކަމަށާއި ކަނޑުތަކުގައި  ރާޅުތައް 3ފޫޓާއި 5 ފޫޓާދެމެދުގެއުސްމިނަށް އުފުލޭނެ ކަމަށް ވެސް ލަފާކުރައްވާއިރު ވައިގެ އެވްރެޖްނިސްބަތުން 3 މޭލާއި 18 މޭލާދެމެދުގެ ބާރުމިނުގައިވައިގަދަވާނެ ޖަމަށާއި ކެރިގަނޑުގައި 13 މޭލަށް ވައިގަދަވާނޭކަމަށް ވެސް ލަފާކުރައްވައެވެ.

     ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ފ.އަތޮޅު ނިލަންދޫ އަށެވެ. އެރަށަށް 110 މިލިމީޓަރަށް ވުރެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ.

    އެންމެ ބޮޑަށް ވިއްސާރަ ކުރާނޭ ކަމަށް ލަފާ ކުރައްވާފައިވަނީ ވ.އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ކަމަށާއި އެހެން ކަމާއެކު މިއަތޮޅު ތަކަށް ކަނޑުދަތުރު ފަތުރު ކުރެއްވުމުގައި ސާމާލުވުމަށް އިލްތިމާސް ކުރަމެވެ. 

މިފަދަ ވިއްސާރު މޫސުމެއްގައި މޫސުމަށް ބަލާލުމެއް ނެތި ދަަތުރުފަތުރު ކުރުމުގެ ސަބަބުން ރާއްޖޭގައި ވަނީ ކަނޑުމަތީގެ ނުރައްކާތެރި އެތަކެއް ކާރިސާ ހިނގާ އެތަކެއް ފުރާނައެއްގެއްލިގެން ގޮސްފައެވެ. އެހެން ކަމުން ޚާއްޞަކޮށް ރޭގަނޑު ދަތުރު ފަތުރު ކުރައްވާ ފަރާތް ތަކުން ވިއްސާރަ އަށް ބަލައިގެން ދަތުރުފަތުރު ކުރުމަށްވެސް އެއިލްތިމާސްގައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް