މެލޭޝިޔާގެ އާ ސަރުކާރު އުފެއްދުމުގެ ސުން ގަޑި! 

Facebook
Twitter
WhatsApp
F7696693-3D8D-4133-A44D-40EF0CBC0EFC

މެލޭޝިޔާގައި އާ ސަރުކާރެއް އުފެއްދުމުށް ބޭނުންވާ ޕާލަމެންޓުގެ އިތުރު ގޮނޑިތައް ޔަގީންކޮށްގެން ހުށައެޅުމަށް ރަސްގެފާނު ދެއްވާފައިވާ ސުން ގަޑި( މިއަދު މެންދުރުފަހުގެ 2 އާ ހަމަޔަށް ) ކައިރިވަމުން ދިޔަދިޔަހެން ބޮޑުވަޒީރަށް ވުމުގެ ފުރުސަތު ހުޅުވިފައިވާ އަންވަރު އިބްރާމް އާއި މުހުޔިއްދީން ޔާސީން އުޅުވަން ޖެހިވަޑައިގެންފައިވާ އިންތިޚާބީ ދޮރުގެ ތަޅުދަނޑި ވީތަނެއް އަދިވެސް ނޭގެއެވެ.

އެހެންނަމަވެސް އަންވަރު ވިދާޅުވަނީ އޭނާއަށް ބޭނުންވާ 112 ގޮނޑި އޮތީ ކަށަވަރު ވެފައިކަމުގައެވެ. އެހެންނަމަވެސް ބަރިސާން ނޭޝަނަލް ގެ ޗެއަރމަން ޙަމީދީ އާއެކު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ހަމަޖެހިލައިގެން ތިބުމަށްވަނީ އެދިވަޑައި ގެންފައެވެ. 

ހަމަ އެގޮތަށް މުހުޔިއްދީން ޔާސީން ވިދާޅުވަނީ ބޯނިއޯ ސަރަޙައްދުގެ ސަރަވަކާއި ސަބާހްގެ މެމްބަރުން އޭނައަށް ތާއީދު ކުރައްވާނެ ކަމަށެވެ.ސަރަވަކުގެ ޕާރޓީތަކުންވެސް އެކަން ކަށަވަރު ކޮށްދީފައި ވެއެވެ.ސަރަވަކުގެ އިއްތިޙާދުގެ ޗެއަރމަން ޗީފު މިނިސްޓަރ އަބަން ޖައުހަރީ ދެކިވަޑައިގަންނަވާ ގޮތުގައި ގައުމަށް ހަމަޖެހުން ލިބޭނީ އެ އިއްތިހާދުން ބަރިސާން ( ނުޖީބުގެ ޕާޓީ) އާއި  ޕެރިކަތާން (މުހިޔުއްދީނުގެ ޕާޓީ) އާއި އެކު ސަރުކާރެއް އުފެއްދުމުންނެވެ.

އެފަދަ ބައިވެރިވުމެއްގައި މުހުޔިއްދީން ޔާސީނަށް 112 ގޮނޑި ހމަކުރެވިދާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް ސަބާހުގެ ޕާރޓިތަކުން ޔާސީނަށް ތާއީދު ކޮށްފާނެކަން އަދި ހާމައެއް ނުކުރެއެވެ. އިއްޔެވެސް ބައްދަލުވުންތައް މުހިޔުއްދީނުގެ ރެޒިޑެންސް، ކޭއެލް ގައި، ކުރިއައްގެންދިޔަކަމަށް ރިޕޯޓްތަކުން ބުނެފާވެއެވެ                           

މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ މިހާރުގެ ސަރުކާރު ބަރިސާން ނޭސަނަލް އަށް ލިބިފައިވާ 30 ގޮނޑިއާއެކު ބުރަވާނީ ކޮން ފަރާތަކަށް ހެއްޔެވެ؟ ސަރަވަކުގެ ކުޑަ ޕާރޓީއަކުން މުހުޔިއްދީން ޔާސީނާއި ބަރިސާން ނޭސަނަލްގެ އިއްތިހާދެއްގައި ބައިވެރިވުމަށް ތާއީދުކުރާނެކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ބަރިސާން ނޭޝަނަލް އިން ޔާސީންއާއެކު އެއްވެސް ވާހަކައެއް ނުދައްކާކަމަށް އެޕާރޓީ ހިމެނޭ ކޯލިޝަންގެ ޗެއަރމަން އަޙުމަދު ޒާހިދު ހަމީދީ ވިދާޅުވިއެވެ.

އެންފަހުގެ ޚަބަރު:

އަމްނޯގެ ތެރެއިންވެސް  ހަމީދީގެ އިސްތިއުފާއަށް ގޮވަމުންދާ މިދަނޑިވަޅުގައި ހަމީދީ ވިދާޅުވަނީ އެ އިއްތިހާދުން އިންތިޚާބު ކުރެވުނު މެމްބަރުންނާއިއެކު ސަރުކާރެއް އުފެއްދުމަށްޓަކައި ގުޅެންވީ ޕާރޓީއެއް ފައިސަލާކުރުމުގެ ފުރިހަމަ އިޚްތިޔާރު އޭނާއަށް ލިބި ވަޑައިގެންފައިވާ ކަމަށެވެ.

މިއިން ދޭހަވާގޮތުގައި ކުރީގެ ޕްރައި މިނިސްޓަރ ހަމަ އެެޕާޓީގެ އިސްމާއީލް ސަބްރީ އާއި ޒާހިދު ހަމީދީ އާ ދޭތެރޭ ވެސް ފައްތަރު އެރުންތަކެއް އެބަހުއްޓެވެ. އަދިއިންތިޚާބު ކުރެވުނު އެއްވެސް މެމްބަރަކު ޕާރޓީ ލައިނުން ބޭރުވެއްޖެނަމަ ޕާރޓީގެ މެމްބަރު ކަމުން ވަކިކުރެވި އަދި ( އުސްފުމުމުގެ ގާނޫނު ) އެންޓި-ހޮޕިންގ ގާނޫނުގެ ދަށުން އެމެމްބަރެއްގެ ޕާލަމެންޓުގެ ގޮނޑިވެސް ގެއްލޭނެކަމަށް އިންޒާރު ދީފާވެއެވެ.            

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް