ވައިގެ މަގުން އެތެރެކުރަން އުޅުނު 1.8 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ވައިގެ މަގުން އެތެރެކުރަން އުޅުނު 1.8 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ.
އެތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރައެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެއްޗަކީ، މެތަމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.

ކަސްޓަމްސް އިން 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތް އިރު މިދިޔަ މެއި މަހުގެ 05 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް