ގާނޫނީ ދާއިރާއަށް ހާއްސަކޮށްގެ ގާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
ގާނޫނީ ދާއިރާއަށް ހާއްސަކޮށްގެން މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ދިވެހި ފަޑިޔާރުންގެ ޖަމިއްޔާ ގުޅިގެން ހޮޓެލްޖެންގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާއަށް ވަނުމަށް ތައްޔާރުވަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން 150 އަށް ވުރެ ގިނަ ފަރާތްތަކުން މި ތަމްރީންޕޮރްގޮރާމްގައި ބައިވެރިވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެއެވެ. ބާ ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމަށް […]
04 އަތޮޅު ކައުންސިލް ތަކަށާއި 42 ރަށު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކޮށްފި
ހަތަރު އަތޮޅެއްގެ އަތޮޅު ކައުންސިލަށާއި 42 ރަށެއްގެ ރަށުކައުންސިލަށް ސެކްރެޓަރީ ޖެނެރަލު( އެސްޖީ)ން ހޯދަން ސިވިލް ސަރވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެސްޖީން ހޯދަން އިއުލާންކޮށްފައިވަނީ އަދި މިހާތަނަށް އެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވާ ކައުންސިލް ތަކާއި އެސްޖީންގެ މަގާމުގައި ތިބި ބައެއް ފަރާތްތަކުން އިސްތިއުފާ ދީފައިވާ ކައުންސިލްތަކަށް ކަމަށެވެ. މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެކަމަށް ސިވިލް ސަރވިސް […]
ރާއްޖެއަށް އެސްސީއޯގެ ޑޔަލޮގް މެންބަރެއްގެ ދަރަޖަ
ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދީފި އެވެ. އެސްސީއޯ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އިންޑިއާ އަދި ރަޝިއާ މުހިއްމު ދައުރެއް އަދާކުރާ އަދި ސަލާމަތާ ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ކުރާ ޖަމާއަތެކެވެ. މި ޖަމާއަތުގެ ޑޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދޭން ނިންމީ އުޒްބެކިސްތާނުގެ ސަމާކަންދުގައި މިއަހަރުގެ ޖުލައިގައި ބޭއްވި އެސްސީއޯގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ. ނަމަވެސް އެ ނިންމުން […]
މިނީ ބަހުގެ ހިދުމަށް މާދަމައިން ފެށިގެން އަގުނަގަނީ
މާލޭގެ އެތެރޭގެ ދަތުރުތަކަށް ހާއްސަ ކޮށްގެން ދަތުރުކުރާ މިނީ ބަހުގެ ހިދުމަތަށް މާދަމާއިން ފެށިގެން އަގުނަގަން ފަށާނެއެވެ. މާލޭގެ އެތެރޭގެދަތުރުތަކަށް ފަސޭހަ ނިޒާމެގާއިމު ކުރަން އެމްޓީސީސމީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދެމުން މިނީ ބަހުގެ ހިދުމަތް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހިދުމަތް ދޭން ނިންމާފައިވަނީ އެއްވެސް އަގަކާ ނުލައި މުޅިން ހިލޭއެވެ. ނަމަވެސް މާދަމައިން ފެށިގެން މީހެއްގެ އަތުން ހަތް ރުފިޔާ ނަގަން ފަށާނެއެވެ. އާރުޓީއެލް އިން މާދަމައިން ފެށިގެން ހިދުމަތަށް […]
މިނީ ބަހުގެ ހިދުމަށް މާދަމައިން ފެށިގެން އަގުނަގަނީ
މާލޭގެ އެތެރޭގެ ދަތުރުތަކަށް ހާއްސަ ކޮށްގެން ދަތުރުކުރާ މިނީ ބަހުގެ ހިދުމަތަށް މާދަމާއިން ފެށިގެން އަގުނަގަން ފަށާނެއެވެ. މާލޭގެ އެތެރޭގެދަތުރުތަކަށް ފަސޭހަ ނިޒާމެގާއިމު ކުރަން އެމްޓީސީސމީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދެމުން މިނީ ބަހުގެ ހިދުމަތް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހިދުމަތް ދޭން ނިންމާފައިވަނީ އެއްވެސް އަގަކާ ނުލައި މުޅިން ހިލޭއެވެ.ނަމަވެސް މާދަމައިން ފެށިގެން މީހެއްގެ އަތުން ހަތް ރުފިޔާ ނަގަން ފަށާނެއެވެ. އާރުޓީއެލް އިން މާދަމައިން ފެށިގެން ހިދުމަތަށް އަގު […]
ބިދޭސީ މީހެއްގެ މޫނަށް ދަނގަނޑެއް ހެރި ނޭފަތް ފޫއަޅުވާލައި ބަނޑުން ނިކުމެފައި، ހާލު ސީރިއަސް
އިމާރާތްކުރަމުން ދިޔަ ތަނަކުން ދަގަނޑެއް ވެއްޓި، މީހެއްގެ މޫނަށް ހެރި އޭނާގެ ހާލު ސީރިސްްވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށާއި ޒަހަމްވި މީހާއަަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި، ދަގަނޑު ހެރިފައިވަނީ ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ތަނެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ މޫނަށެވެ. އޭނާގެ ނޭފަތާ ދިމާލުން އެތެރެ ހައްޓަށް ދަގަނޑު ވަދެފައިވެއެވެ. އެ ބިދޭސީ މީހާގެ މޫނަށް އެދަގަނޑު […]
އިސްލާމީ ދައުލަތެއް ދެކެ ބިރުގަންނަންވީ ކީއްވެ؟
އިސްލާމީ ޝަރިޢަތަކީ ފުރިހަމަ ވެފައިވާ ޝަރީޢަތެކެވެ. ދައުލަތާއި ވެރިކަމުގެ ވާހަކަ އިސްލާމީ ޝަރީޢަތުގައި އައިސްފައިވެއެވެ. މުޙައްމަދުގެފާނު މައްކާއިން މަދީނާއައް ހިޖުރަ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ކުރެއްވި ކަންކަމުގެ ތެރޭގައި އިސްލާންދީނާއި، މުސްލިމުން ޙިމާޔަތްކުރާނޭ ދައުލަތެއް އިޢުލާން ކުރެއްވިއެވެ. އިސްލާމްދީން ޙިމާޔަތްކޮށް، ދީނުގެ ޙުކުމްތަށް ތަންފީޒުކުރާ ދައުލަތެއް އޮތުމަކީ ދީނުގެ ޙުކުމްތަށް ތަންފީޒު ކުރަން އުފެއްދެވި ދީނުގެ އެއްބައެވެ. ދީނުގެ ޙުކުމްތައް ތަންފީޒް ކުރުމަކާނުލާ ދީނަށް ފުރިހަމަ ކަމެއް ނާންނާނެއެވެ. އިސްލާމްދީނާއި، އިސްލާމީ ދައުލަތެއް ހިންގުމުގެ […]
ޔޫރޮޕާ ލީގު: ރޮނާލްޑޯގެ ފުރަތަމަ ގޯލު ޕެނެލްޓީއަކުން، ޔުނައިޓެޑަށް މޮޅެއް
ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ޝެރިފް ޓިރަސްޕޯލް ބަލިކޮށްފިއެވެ. މޮލްޑޯވާގައި ޔުނައިޓެޑުން ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި ޝެރިފް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑް ހިމެނޭ ގްރޫޕް އީގެ އެއްވަނައިގައި މިވަގުތު ސޮސިއެދާދު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޔުނައިޓެޑް އޮތް އިރު، ތިންވަނައިގައި އޮތީ ޝެރިފެވެ. ރޭގެ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނާފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން […]
އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުވާ ނަސީރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފިއެވެ. ނަސީރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުންގުޅުން ހިންގާ ވީޑިއޯއެއް މީގެ ދެ މަސްކުރިން ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އާއްމުވުމާއެކު ނަސީރު ހައްޔަރުކޮށް ބަންދުގައި މަހެއްހާ ދުވަސް ބޭއްވިއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި ނަސީރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނުގަތީ، ނަސީރު އެއްޖިންސުން ގުޅުން […]
ޢިއްޒަތްތެރި ރައީސެވެ! ރައްޔިތުންގެ އަތުންނަގާ ވާރު އިތުރުވެ ދަރާވިކިއްޖެއެވެ.
ބާއްޖަވެރި ދުވަހަކަށް އެދި ވެދުން އަރިސްކޮށް ދަންނަވަމެވެ. ދައުލަތުގެ މާލީ ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުވެ، ރާއްޖެ ވިޔަވެތިވެ ދިރިއުޅުން ޖަޒީރާވެ، ބާއްޖަވެރި ތަނަވަސް ދިރިއުޅުމެއް ލިބުމަކީ ކޮންމެ ރައަޔިތަކަށް ލިބެންޖެހޭ ޙައްގެއްކަން ލިޔެވިގެން ވަނީ ފޮތުގައެވެ. ސުވާލަކީ އެވިދާޅުވި ދިރިއުޅުމުގެ ނަޞީބަށް ރައްޔިތުން އުންމީދު ކޮށްގެން ތިބެންވީ ކިހާދުވަހެއް ވަންދެން ތޯއެވެ؟ ރާއްޖެއަކީ އާބާދީ ގައި ކުދިބޮޑު، އަންހެން، ފިރިހެން، އަދި މުސްކުޅިންގެ 4 ލައްކައެއްހާ މީހުން ކިރިޔާ ހަމަވާ ބައެއް ދިރިއުޅޭ ގައުމެއް ނޫންތޯއެވެ؟ ބޭރުގެ ބޮދު އިންޓަރނޭޝަނަލް ކުންފުޏަކަށްވުރެ މީހުން މަދު ގައުމެއް ނޫންތޯއެވެ؟ ޢިއްޒަތްތެރި […]