04 އަތޮޅު ކައުންސިލް ތަކަށާއި 42 ރަށު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކޮށްފި

Loading

Facebook
Twitter
WhatsApp

ހަތަރު އަތޮޅެއްގެ އަތޮޅު ކައުންސިލަށާއި 42 ރަށެއްގެ ރަށުކައުންސިލަށް ސެކްރެޓަރީ ޖެނެރަލު( އެސްޖީ)ން ހޯދަން ސިވިލް ސަރވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެސްޖީން ހޯދަން އިއުލާންކޮށްފައިވަނީ އަދި މިހާތަނަށް އެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވާ ކައުންސިލް ތަކާއި އެސްޖީންގެ މަގާމުގައި ތިބި ބައެއް ފަރާތްތަކުން އިސްތިއުފާ ދީފައިވާ ކައުންސިލްތަކަށް ކަމަށެވެ.


މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

އެސްޖީން ހޯދަން އިއުލާން ކޮށްފައިވާ އަތޮޅުތަކަކީ ނ، ރ ، ކ، އަދި ވ އަތޮޅުއެވެ. އަތޮޅު ކައުންސިލްގެ އިދާރާތަކުގެ އެސްޖީގެ މަގާމުގެ މުސާރައަކީ 21،000ރ. އެވެ. އެއީ މުސާރައިގެ ގޮތުގައި 12130 ރުފިޔާ ހަމަޖެހިފައިވާއިރު، އެކްޓިވް އެލަވަންސްގެ ގޮތުގއި 8870 ރުފިޔާ އެވެ.

ރަށު ކައުންސިލް ތަކުގެ އެސްޖީން ހޯދަން އިއުލާން ކޮށްފައި މި މަގާމުގައި އެސްޖީން ދެ ރޭންކެއް ހިމެނޭއިރު ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. މިއީ 5 އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަންކުރާ މަގާމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް