ރާއްޖެއަށް އެސްސީއޯގެ ޑޔަލޮގް މެންބަރެއްގެ ދަރަޖަ

Loading

Facebook
Twitter
WhatsApp

ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދީފި އެވެ.

އެސްސީއޯ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އިންޑިއާ އަދި ރަޝިއާ މުހިއްމު ދައުރެއް އަދާކުރާ އަދި ސަލާމަތާ ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ކުރާ ޖަމާއަތެކެވެ.

މި ޖަމާއަތުގެ ޑޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދޭން ނިންމީ އުޒްބެކިސްތާނުގެ ސަމާކަންދުގައި މިއަހަރުގެ ޖުލައިގައި ބޭއްވި އެސްސީއޯގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ.

ނަމަވެސް އެ ނިންމުން ތަންފީޒުކުރަން ރުހުން ދިނީ އުޒްބެކިސްތާނުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެސްސީއޯ ގައުމުތަކުގެ ވެރިންގެ ސަމިޓުގަ އެވެ.

ރާއްޖޭގެ އިތުރުނ  އެސްސީއޯގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ދީފައިވަނީ ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރެއިން އަދި މިސްރަށެވެ.

އެސްސީއޯގައި ބައިވެރިވުމަށް ރާއްޖެއިން މަސައްކަތް ކުރާތާ ތިން އަހަރެއް ވަރު ވެއްޖެ އެވެ.

ދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެސްސީއޯގެ މެންބަރުކަން ރާއްޖެއަށް ލިބިއްޖެނަމަ ސަރަހައްދީ އަދި އިގްތިސާދީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ އެވެ.

އެސްސީއޯގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އޭޝިއާ އާއި ޔޫރަޕްގެ ގައުމުތަކެވެ. މި ޖަމާއަތުގެ ދުނިޔޭގެ އާބާދީގެ 40 އިންސައްތަ މީހުން މިހާރުވެސް ހިއްސާކުރެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް