މިނީ ބަހުގެ ހިދުމަށް މާދަމައިން ފެށިގެން އަގުނަގަނީ

Loading

Facebook
Twitter
WhatsApp

މާލޭގެ އެތެރޭގެ ދަތުރުތަކަށް ހާއްސަ ކޮށްގެން ދަތުރުކުރާ މިނީ ބަހުގެ ހިދުމަތަށް މާދަމާއިން ފެށިގެން އަގުނަގަން ފަށާނެއެވެ.

މާލޭގެ އެތެރޭގެދަތުރުތަކަށް ފަސޭހަ ނިޒާމެގާއިމު ކުރަން އެމްޓީސީސމީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދެމުން މިނީ ބަހުގެ ހިދުމަތް  މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހިދުމަތް ދޭން ނިންމާފައިވަނީ އެއްވެސް އަގަކާ ނުލައި މުޅިން ހިލޭއެވެ.
ނަމަވެސް މާދަމައިން ފެށިގެން މީހެއްގެ އަތުން ހަތް ރުފިޔާ ނަގަން ފަށާނެއެވެ. އާރުޓީއެލް އިން މާދަމައިން ފެށިގެން ހިދުމަތަށް އަގު ނެގިނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މިނީ ބަހުގެ ހިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ.


ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބެން ހުރެއެވެ.

މިނީ ބަހުގެ ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބެން ހުރެއެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް އަންހެން ދަތުރުތައް ވަނީ ހަމަޖއްސާފައެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް