ގާނޫނީ ދާއިރާއަށް ހާއްސަކޮށްގެ ގާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

Loading

Facebook
Twitter
WhatsApp

ގާނޫނީ ދާއިރާއަށް ހާއްސަކޮށްގެން މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ދިވެހި ފަޑިޔާރުންގެ ޖަމިއްޔާ ގުޅިގެން ހޮޓެލްޖެންގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާއަށް ވަނުމަށް ތައްޔާރުވަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން 150 އަށް ވުރެ ގިނަ ފަރާތްތަކުން މި ތަމްރީންޕޮރްގޮރާމްގައި ބައިވެރިވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމަށް ހިންގި ޕްރޮގްރާމެއްކަމަށެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

ބާ ކައުންސިލުން ބުނީ މަދަނީ ގާނޫނަށް އަހުލުވެރިކުރުވުމަށް ބޭއްވި ތަމްރީން ޕްރޮގްރާމުގައި  
ސެޝަންތައް ނަންގަވައިދެއްވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސް އަލްއުސްތާޒު ހުސްނުއް ސުއޫދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުއްމަދު އިބްރާހިމާއި، ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަހްމަދު އަބްދުލްމަތީންއާއި، ކުރީގެ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުހައްމަދު ކަމަށެވެ. އަދި މީގެއިތުރުން ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޒާ ރަޒާނާ އިބްރާހީމްވެސް މި ތަމްރީނުގައި ސެޝަން ނަގައިދީފައިވާކަމަށް ބާ ކައުންސިލުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް