ދަނބަކީ ނުކައި ދޫކޮށްލެވޭ ވަރުގެ  މޭވާއެއް ނޫން

ދަނބަކީ ރާއްޖޭގައިވެސް ވަރަށް އާއްމުކޮށް ހެދޭ މޭވާއެކެވެ. މީގެދުވަސްކޮޅެއް  ކުރީން ހުޅުމާލޭގެ ބައެއް މަގުތައް ވަނީ   ދަނބުންފުރާލައިފައެވެ.  ހުތްފޮނި ރަހައެއްދޭ މި މޭވާއަކީ އުނި އޮށެއްގެސައިޒަށް އޮންނަ ކުޑަ މޭވާ އެކެވެ. ދަނބަކީ ފަނިގިރައިގެންވެސް ބޯން މީރު މޭވާއެކެވެ.  އަދިހުހާކެއުމަށްވެސް މީރު މޭވާއެކެވެ. ދަނބުގައި  އެތައް ސިއްޙީފައިދާތަކެއް އެކުލެވިގެންވެއެވެ.  އެގޮތުން އެންމެ ޚާއްސައެއްކަމަކީ، ހަކުރުބައްޔާ  ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރުއޭގައި އެކުލެވިފައިވާތީއެވެ. ހަކުރުބައްޔަކީ ރާއްޖޭގައި ވަރަށް އާއްމު ބައްޔަކަށްވާއިރު ދަނބު ގަހުގެ ތޮއްޓާއި، ފަތް، ދަނބު، އަދި އޮށަކީ ވެސް  ހަކުރުބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.  އެގޮތުން، ތާޒާ ދަނބު އޮށަކީ ކުޑަކަމުދާ ތަކެތީގައި ހަކުރުގެނިސްބަތް  ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ދަނބު އޮށްމުގުރައި  ހިމުންކޮށްގެން އުފައްދާ ޕައުޑަރު، ފެނާއި އެއްކޮށްގެންބޭނުން  ކުރުމުން ކުރިން ބުނިފަދައިން ކުޑަކަމުދާ ތަކެތީގައިހަކުރުގެ ނިސްބަތް ކޮށްދެއެވެ. ދަނބުން ފަރުވާ ހޯދޭނެ ބަލިތައް: ބޭރަށް ހިންގުން އަނގަފާރު އެޅުން ޑިސެންްޓްރީ ހަކުރު ބަލި ލޭމައްޗަށް ދިއުން ކަރުތެރޭގެ މައްސަލަތައް ދަނބަކީ ގިނަ އަދަދެއްގެ ވިޓަމިންސް އަދި މިނަރަލްސް އެކުލެވިގެންވާ މޭވާއެކެވެ. އެގޮތުން އޭގައި ވީޓަމިން އޭ،  ވިޓަމިންބީ، ޕޮރޭސިއަމް، ފޮސްފެރެސް،  ތައިމިން، ޕްރޮޓީން، އަޔަން،ސޯޑިއަމް، ކެލްސިއަމް،  ކާބޯހައިޑްރޭޓްސް، ލިޕިޑްސް، ނިއަސިންފަދަ މާއްދާތައް  އެކުލެވިގެން ވަރަށް ހަށިގަނޑަށް ރަނގަޅު މޭވާއެކެވެ

މާމަގެ ލާރިފުޅިން އެއް ރުފިޔާ ނެގުމުން، ބަރަހަނާކޮށް އެލުވީ ގަހެއްގައި

އެއީ، 2003ގެ ކުރީ ކޮޅެވެ. އެއިރު، ހަސަން އުމަރު (އަސްލު ނަމެއް ނޫން)ގެ އުމުރުން އެންމެ ހަތް އަހަރެވެ. އެއިރު ރަށްފުށުގެ ދިރިއުޅުން އޮންނަ ގޮތުން، ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނަކީ ފިރިހެން ކުދިން ފުޓުބޯޅަ ކުޅެން ދަނޑަށް ދާ ދުވަހެވެ. ހުސްފަޔާ، ހަސްފަސްވެފައި އޮންނަ ބޯޅައެއްގައި ހިރަފުހުން ފުރިފައިވާ ދަނޑުގައި ކުޅުމަކީ ހަސަންވެސް ކޮންމެ ހުކުރެއްގައި ކުރާ ކަމެކެވެ. އެއް ދުވަހެއްގައި ކުޅެ ނިންމާފައި، ހަސަންއާއި އޭނާގެ ރަށްޓެހިން ތިބީ ވަރުބަލި ފިލުވާލުމަށް ރަށުގެ އަތިރިމަތީގައި […]

ދައުލަތުގެ ރިޒާވު ބޮޑުތަނުން ދަށަށް ގޮސްފި

ދައުލަތުގެ ރަސްމީ ރިޒާވް ޖުލައި މަހުގެ ނިޔަލަށް 282 މިލިއަން ޑޮލަރަށް ވެއްްޓިއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗު މަހުގެ ނިޔަލަށް 865 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު ވަނީ ޖެހިޖެހިގެން ހަތަރު މަހު ދަށަށް ގޮސްފައެވެ. އެމްއެމްއޭއިން ދީފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާއިރު ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 282 މިލިއަން މިލިއަން ރުފިޔާ އެވެ. ފާއިތުވި ހަ އަހަރު ދުވަހުގެ […]

ހަތަރު ދުވަސްފަހުން ލަންދޫ ބޯޓު ފުންކޮށްފި

މިދިޔަ ބުދަ ދުވަހު ކ. ގާފަރު ފަރަށްއެރި ލަންދޫ ބޯޓު ހަތަރު ދުވަހަށްފަހު މިއަދު ފުންކޮށްފިއެވެ. ގިނަ އަދަދެއްގެ މީހުންނާއި މުދަލާއެކު މާލޭން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަނިކޮށް، ލަންދޫ ބޯޓު ގާފަރު ފަރަށް އެރީ މިދިޔަ ބުދަ ދުވަހުއެވެ. ލަންދޫ ބޯޓު ފުންކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ބޯޓު ފުންކޮށްފައިވަނީ ގާފަރުގެ ރައްޔިތުންނާއި ނ އަތޮޅުން އެ ބޯޓު ފުންކުރަން އައި މީހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. ލަންދޫ ބޯޓު ފުންކޮށްފައިވާއިރު، އެ ބޯޓު […]


ގޯޓަބާޔާ ރާޖަޕަކްސެ އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވަނީ

މަޢުލޫމާތު އެނގޭފަރާތްތަކުން ޚަބަރު ދީފައިވާ ގޮތުގައި ސްރީލަންކާގެ ރައްޔިތުން ކުރަންފެށި މުޒާހަރާއާއި ގުޅިގެން މިދިޔަ ޖުލައިމަހު ގައުމުދޫކޮށް ވަޑައިގެންނެވި ސްރީލަންކާގެ އޭރުގެ ރައީސް ގޯޓަބާޔާ ރާޖަޕަކްސެ މިއަންނަ ހުކުރު ދުވަހު އެނބުރިގައުމަށް ވަޑައިގަންނަވަނީއެވެ.  ސްރީލަންކާއަށް މިނިވަންކަން ލިބުނީއްސުރެން މެދުވެރި ނުވާފަދަ ބޮޑު އިގްތިސާދީ ނުކުޅެދުންތެރި ކަމަކާއި ގޯޓަބާޔާގެ ވެރިކަމުގައި އެގައުމުގެ ރައްޔިތުން ކުރިމަތިލާންޖެހުނު ބަނޑުހައި ހޫނުކަމާއި ކެއްނުކުރެވޭފަދަ ދަތިތަކާއިހެދި ރައްޔަތުން ރަތަށްއަރައި އުފެދުނު ހަމަނުޖެހުންތަކަށް ނިމުމެއް ނައިސް އުޅެނިކޮށް އަނެއްކާ އެ މަނިކުފާނު ވަޑައިގެންފިނަމަ އުފެދޭނެ ހަމަނުޖެހުންތައް ގަނޫނީ އިމުގެތެރެއިން ކޮންޓްރޯލް ކުރެއްވޭނެކަމަށް މިހާރުގެ ރައީސް […]

އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ކަފުންކުރަން ޔަހޫދީން ކުރާމަސައްކަތަށް ނާކާމިޔާބު

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުޑަކަކޫ ޖެއްސުމަށްޓަކައި އީރާނުގެ އެންމެ އެތެރެއަށް ވަދެގެން އަހަރެމެންގެ އޮޕަރޭޝަން ތައް ހިންގިކަމަށް ޔަހޫދީ ޖާސޫސީ އިދާރާ މޮޝާޑުގެ ކުރީގެ ވެރިޔާ ކޯހެން ސްވިޒަރލޭންޑްގެ ބާސެލްގައި އޮތް ދުނިޔޭގެ ޒަޔަނިސްޓް އޯރގަނައިޒޭޝަންގެ އިހްތިފާލުގައވާހަކަ ދައްކަމުން ބުނެފިއެވެ.  އޭނާ ބުނާގޮތުގައި އީރާން ސަރުކާރުގެ ދޮގުތަކާއި ފޮރުވުންތައް ބޭޒާރުކުރުމުގައި ވަރަށް އިސްދައުރެއް މޮޝާޑުން އަދާކުރިއެވެ. އީރާނުގެ އާކައިވްސް ގައި ރައްކާކޮށްފާހުރި އެތައްހާސް ލިއެކިއުންތަކެއް އަހަރެމެން ނެގީމެވެ. އީރާނުން އެ ހަދަނީ ދޮގުކަން މުޅިދުނިޔެއަށް އަހަރެމެން ސާބިތުކޮށް ދިނީމެވެ.  ކޯހެން މި ބުނަނީ 2018 ވަނަ އަހަރު މޮޝާޑުން ތެހެރާނުގައި ހިންގި އޮޕަރޭޝަނުގައި ވަގަށްނެގި […]

ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައިީސްކަމަށް މުޙައްމަދު އިސްމާޢީލް 

ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައީސްކަމަށް ކުރީގެ މަޖިލިސް މެމްބަރ ކުރިމަތި ލައްވައިފިއެވެ. މުޙައްމަދު އިސްމާޢީލް އަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެކްޝަން ޑިޕާޓްމެންޓްގެ އިސްފަރާތެވެ. ޕާޓީގެ އެންމެހާ ޙަރަކާތްތަކެއްގެ ހިއްވަރުގަދަ ފަހުލަވާނެކެވެ.  ދިވެހިން ހިންގި އިންޑިއާ އައުޓް ކެންޕޭނުގެ ވެސް އެންމެ އިސްކޮށް ޙަރަކާތެރިވި ޕެޕަރ ސްޕްރޭގެ ވާރޭގަޔައި ބަންދުތަކުގެއި އެންމެ އަނިޔާލިބުނު އެއް މެމްބަރުވެސް މެއެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ރައީސް ޔާމީންއާއި ޕާޓީއަށް ވަރަށް އިޙުލާސްތެރި ރަނގަޅު ބޭފުޅެކެވެ.  ވިލިމާލޭގެ ދައިރާއަށް މުޙައްމަދު އިސްމާޢީލް ކުރިމަތި ލެއްވުމުން ޕާޓީގެ މެމްބަރުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ނިމުމަށްފަހު […]

ނޫސްވެރިކަމުގެ އިނާމަށް 82 ހުށަހެޅުން

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މި ފަހަރު 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލްއިން ބުނެފި އެވެ. މިފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލި އެވެ. އޭގެ ތެރޭގައި އިންވެސްޓިގޭޓިވް، ދެމެހެއްޓެނިވި ތަރައްގީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގްތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ފީޗާ، ގްރެފިކްސް އަދި އިލެސްޓްރޭޝަންސް، އޯޑިއޯ ޖާނަލިޒަމް، އުއްމީދީ ނޫސްވެރިޔާ އަދި އެންމެ މޮޅު ނޫސްވެރިޔާގެ […]

ހިޔާ ޓަވަރެއްގެ 13 ވަނަ ބުރިން އަންހެނަކު ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފި

ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު މީހަކު ސަލާމަތްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ފްލެޓަކުން ވެއްޓެން އުޅެނިކޮށް ސަލާމަތްކުރީ 18 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ. އެ ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނައިރު ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ އޮތީ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ބެލްކަނީގެ ދަގަނޑުތަކުގައި އެލިގެންނެވެ. މިއީ ހިޔާގެ އެއްވަނަ ޓަވަރުގައި ހިނގި ހާދިސާއެކެވެ.

ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އާންމުން އަނިޔާކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިގެން ހުޅުމާލޭ ފޭސް ދޭއްގައި އާންމުން އަނިޔާކުރި ގާޒީ ސްކޫލުގެ ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފިއެވެ. އުމުރުން 29 އަހަރުގެ އެ ޓީޗަރަށް ބަންދުގެ މުއްދަތު ފުރަތަމަ ޖެހީ ފަސް ދުވަހަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކުރިން ދިން މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުންނެވެ. ފުލުހުން އެ ޓީޗަރު ހައްޔަރުކޮށްފައިވަނީ ހިޔާ ފްލެޓްތައް ހުންނަ […]