ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އާންމުން އަނިޔާކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

Facebook
Twitter
WhatsApp
041502-052235 img 2350

ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިގެން ހުޅުމާލޭ ފޭސް ދޭއްގައި އާންމުން އަނިޔާކުރި ގާޒީ ސްކޫލުގެ ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފިއެވެ.

އުމުރުން 29 އަހަރުގެ އެ ޓީޗަރަށް ބަންދުގެ މުއްދަތު ފުރަތަމަ ޖެހީ ފަސް ދުވަހަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކުރިން ދިން މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން އެ ޓީޗަރު ހައްޔަރުކޮށްފައިވަނީ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ.

ޓިއުޝަން ނަގައިދިން އުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއެކު އެ ޓީޗަރަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ބަޔަކު އެ ޓީރަރާ ސުވާލުކޮށް އޭނަ އަށް އަނިޔާކުރާ މަންޒަރެވެ. އަދި އޭނަގެ ހެދުން އޭނަ ލައްވާ ބާލުވައި ހަމައެކަނި ބޮކްސާގައި ބަހައްޓާ ފައިން އޭނާގެ ގައިގައި ތަޅާ އަނިޔާ ކޮށްފައި ވެއެވެ. އެ ޓީޗަރު ހައްޔަރުކުރީ އެ ސަރަހައްދަށް ދިޔަ ފުލުހުންނެވެ.

އެ ޓީޗަރަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އާއިލާއިން ބުނި ގޮތުގައި އެ ކުއްޖާއަށް ޓިއުޝަން ނަގައިދޭން ބުނީ ވެސް ޓީޗަރުކަމަށެވެ. އަދި ބަދު އަޚްލާގީ މަންޒަރުފެންނަ ވީޑިއޯވެސް ކުއްޖާއަށް ދައްކާފައިވާކަމށް ވެސް އާއިލާއިން ތުހުމަތުކުރެއެވެ.
މިމައްސަލަ ފެންމަތިވުމާ އެކު އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށްފަ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް