ދަނބަކީ ނުކައި ދޫކޮށްލެވޭ ވަރުގެ  މޭވާއެއް ނޫން

Loading

Facebook
Twitter
WhatsApp

ދަނބަކީ ރާއްޖޭގައިވެސް ވަރަށް އާއްމުކޮށް ހެދޭ މޭވާއެކެވެ. މީގެދުވަސްކޮޅެއް  ކުރީން ހުޅުމާލޭގެ ބައެއް މަގުތައް ވަނީ   ދަނބުންފުރާލައިފައެވެ.  ހުތްފޮނި ރަހައެއްދޭ މި މޭވާއަކީ އުނި އޮށެއްގެސައިޒަށް އޮންނަ ކުޑަ މޭވާ އެކެވެ.

ދަނބަކީ ފަނިގިރައިގެންވެސް ބޯން މީރު މޭވާއެކެވެ.  އަދިހުހާކެއުމަށްވެސް މީރު މޭވާއެކެވެ. ދަނބުގައި  އެތައް ސިއްޙީފައިދާތަކެއް އެކުލެވިގެންވެއެވެ.  އެގޮތުން އެންމެ ޚާއްސައެއްކަމަކީ، ހަކުރުބައްޔާ  ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރުއޭގައި އެކުލެވިފައިވާތީއެވެ.

ހަކުރުބައްޔަކީ ރާއްޖޭގައި ވަރަށް އާއްމު ބައްޔަކަށްވާއިރު ދަނބު ގަހުގެ ތޮއްޓާއި، ފަތް، ދަނބު، އަދި އޮށަކީ ވެސް  ހަކުރުބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.  އެގޮތުން، ތާޒާ ދަނބު އޮށަކީ ކުޑަކަމުދާ ތަކެތީގައި ހަކުރުގެނިސްބަތް  ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ދަނބު އޮށްމުގުރައި  ހިމުންކޮށްގެން އުފައްދާ ޕައުޑަރު، ފެނާއި އެއްކޮށްގެންބޭނުން  ކުރުމުން ކުރިން ބުނިފަދައިން ކުޑަކަމުދާ ތަކެތީގައިހަކުރުގެ ނިސްބަތް ކޮށްދެއެވެ.

ދަނބުން ފަރުވާ ހޯދޭނެ ބަލިތައް:

ބޭރަށް ހިންގުން

އަނގަފާރު އެޅުން

ޑިސެންްޓްރީ

ހަކުރު ބަލި

ލޭމައްޗަށް ދިއުން

ކަރުތެރޭގެ މައްސަލަތައް

ދަނބަކީ ގިނަ އަދަދެއްގެ ވިޓަމިންސް އަދި މިނަރަލްސް އެކުލެވިގެންވާ މޭވާއެކެވެ. އެގޮތުން އޭގައި ވީޓަމިން އޭ،  ވިޓަމިންބީ، ޕޮރޭސިއަމް، ފޮސްފެރެސް،  ތައިމިން، ޕްރޮޓީން، އަޔަން،ސޯޑިއަމް، ކެލްސިއަމް،  ކާބޯހައިޑްރޭޓްސް، ލިޕިޑްސް، ނިއަސިންފަދަ މާއްދާތައް  އެކުލެވިގެން ވަރަށް ހަށިގަނޑަށް ރަނގަޅު މޭވާއެކެވެ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް