ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައިީސްކަމަށް މުޙައްމަދު އިސްމާޢީލް 

Facebook
Twitter
WhatsApp
8E2ABEB1-7722-41E5-8150-A3C5B3E15E50

ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައީސްކަމަށް ކުރީގެ މަޖިލިސް މެމްބަރ ކުރިމަތި ލައްވައިފިއެވެ. މުޙައްމަދު އިސްމާޢީލް އަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެކްޝަން ޑިޕާޓްމެންޓްގެ އިސްފަރާތެވެ. ޕާޓީގެ އެންމެހާ ޙަރަކާތްތަކެއްގެ ހިއްވަރުގަދަ ފަހުލަވާނެކެވެ. 

ދިވެހިން ހިންގި އިންޑިއާ އައުޓް ކެންޕޭނުގެ ވެސް އެންމެ އިސްކޮށް ޙަރަކާތެރިވި ޕެޕަރ ސްޕްރޭގެ ވާރޭގަޔައި ބަންދުތަކުގެއި އެންމެ އަނިޔާލިބުނު އެއް މެމްބަރުވެސް މެއެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ރައީސް ޔާމީންއާއި ޕާޓީއަށް ވަރަށް އިޙުލާސްތެރި ރަނގަޅު ބޭފުޅެކެވެ. 

ވިލިމާލޭގެ ދައިރާއަށް މުޙައްމަދު އިސްމާޢީލް ކުރިމަތި ލެއްވުމުން ޕާޓީގެ މެމްބަރުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ނިމުމަށްފަހު އެއްމެ ގާތުގަ ވީޙާލެއްގަވާން މަގުމަތިން ޖަލުތަކުގެ ތޭރިތަކުގެ ތެރެއިން ކެރިގެންފާޅުގައި އަމިއްލަ ޢާއިލާއަށްވުރެ ޕާޓީގެ މަސްއްކަތް ތަކަށް އިސްކަމެއް ދީގެން މަގުތައްމަތީ ވެހުނުހާވާރޭއެއްގައި އަވީގަޔާއިއަނދިރީގައި ، ކަރުނަގޭސް ތަކުތެރޭން މިގައުމުގެ މިނިވަންކަމާއިއިސްލާމްދީނުގެ ދިފާޢުގަ މުޙައްމަދު އިސްމާއިލް ކުރެއްވީ މަތިވެރި އަގުނުކުރެވޭނޭ ވަރުގެ މަސައްކަތެއް ކަމަށް ޕީޕީއެމްގެ އިސްފަރާތްތަކުން ވިދާޅުވެފައިވެއެވެ. 

އެހެން ކަމުން މުޙައްމަދު އިސްމާޢީލް އަކީ ވިލިމާލޭ ދާއިރާއަށްވަރަށް އެދެވޭ ހެޔޮ ބަދަލެއް ގުޅިގެން ގެއްނެވޭނެވަރުގެ ލީޑަރެއްކަމުގައި ޕާޓީގެ ގްރާސްރޫޓް މެމްބަރުންވެސް ދެކެއެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމަށް މިހާރުވަނީ މިމަހުގެ 8 އަށް މުއްދަތު އިތުރު ކޮށްދީފައެވެ. އަދި އިލެކްޝަން އޮންނާނީ ނޮވެމްބަރު 5ގައި ކަމަށް އެ ޕާޓީއިންވަނި ޢިއުލާން ކޮށްފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް