އިނގިރޭސި ރާނީ އަވަހާރަވުމާއި ބަންގާޅު ބޮޑުތަދުގެ ޙާދިސާ 

އިނގިރޭސީންގެ ވެރިކަމުގައި އެންމެ ގިނަދުވަހު ތަޚުތުގައި އިންނެވި ރާނީ އެލިޒެބަތު 2 ވަނަ، ހަތްދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް 9 ސެޕްޓެމްބަރ 2022 ގައި އަވަހާރަވެއްޖެއެވެ.  އިނގިރޭސި ދައުލަތުގެ އައު ޞަފްޙާއެއް ފަތްޖެހިގެން ތާރީޚުގެ ތެރޭގައި ރައްކާ ކުރެވިގެން ދިޔައީއެވެ. ގޮށްމުށުގެ ގަދަބާރުން އަނިޔާވެރި ވެރިކަމެއް ދުނިޔޭގެ ބޮޑު ބައެއްގައި ގާތްގަނޑަކަށް 3 ޤަރުނު މި ރާނީގެ އިނގިރޭސީން ހިންގިއެވެ. ދުނިޔޭގެ ފަސް ބައްރުގައި އިނގިރޭސީން ކުރި އިސްތިޢުމާރީ ވެރިކަމުގެ އެންމެ ފަހުގެވެރިޔާ އަވަހާރަވީއިރު، އިނގިރޭސި ދައުލަތުން ދުނިޔެއަށް ދީފައިވާ އަނިޔާއާއި،އަޅުވެތިކަމާއި، ނާއިންސާފާއި، ލާއިންސާނީ ހަނދާންތައް އަޅުވެތި ކުރެވުނު ޤައުމުތަކުގެ ރައްޔިތުންގެ އަރުތަކުން މުޅިން ފިލައިގެން ނުދެއެވެ.  ރާނީ އެލިޒެބަތު ދެވަނަ، އިނގިރޭސި […]

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ ފަގީރު ގައުމުތަކަށް 

ސައެންސް ވެރިންނާއި ތަރައްގީވެފައިވާ ގައުމުތަކުންވެސް އެއްބަސްވެފައިވަނީ މޫސުމީ ކާރިސާތައް ފެށިގެން އަންނަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ކަމުގައެވެ. އެކަމަކު އެ ވިހަ ގޭސްތައް ޖައްވަށް ދޫކުރަނީ ކޮންބައެއް ހެއްޔެވެ؟ ތަރައްގީ ވެފައިވާ ގައުމުތަކުންނެވެ.  އަދިވެސް ބޮޑަށް ތަރައްގީ ވުމުގެ ބޭނުމުގައެވެ. އަގު އަދާކުރަން މިޖެހެނީ ފަގީރު ގައުމުތަކުގެ ރައްޔިތުންގެ ފުރާނައާއި ގެދޮރާއި މުދަލުންނެވެ. މި ނޫން ދުވަހެއް ފެންނާނެހެއްޔެވެ؟ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ އަބަދުވެސް ފަގީރު ގައުމުތަކަށެެވެ. މޫސުމާބެހޭ ތަޖްރިބާކާރުންގެ ނަޒަރުގައި ޕާކިސްތާނަށް ދިމާވެގެންއުޅޭ ފެންބޮޑުވުމުގެ ކާރިސާއަކީ ޖައްވަށް މެދުވެރިވަމުންދާ […]

ތުއްތުކުދިންގެ ހަރަކާތްތަކުން ދޭހަވާ ބައެއް ކަންކަން

ތުއްތު ދަރުފުޅު ކުޑައިރު ކުރާ ކޮންމެ ހަރަކާތަކީވެސް އޭގައި ސަބަބެއް އެކުލެވިގެންވާ ކަމެކެވެ. އެންމެ ތުއްތު ކުދިންނަށް ކަމެއް ބޭނުންވިޔަސް ނުވަތަ ތަނަކަށް ތަދުވިޔަސް ބުނާކަށް ނޭނގޭނެއެވެ. އޭގެ ބަދަލުގައި އެ ކުދިން ކުރާނީ އެކިއެކި ހަރަކާތެވެ. އަތުންނާއި ފައިންނެވެ. ބައެއް ފަހަރު ރުއިމަކީވެސް މިފަދަ ކަމެކެވެ. ތުއްތު ކުދިން އެކި ކަންކަމުގައި ބޭނުންކުރާ އުކުޅުތަކެއްވެއެވެ. އެގޮތުން ބައެއް އުކުޅުތައް ތިރީގައި އެވަނީއެވެ. އަތުގެ ބޮޑުވައި އިނގިލި ފިއްތުން:ތުއްތު ކުދިން އަތުގެ ބޮޑުވައި އިނގިލި އެހެން އިނގިލިތަކުގެ […]

ޔޫރަޕްގެ ގައުމުތަކުގައި ހަކަތަ ބޭނުންކުރުން ރޭޝަންކުރަން ވިސްނަނީ

މި ފެށޭ ފިނިމޫސުމުގައި ޔޫރަޕްގެ ގައުމުތަކުގައި ހަކަތަ ރޭޝަންކުރުންނޫން އެހެންގޮތެއް ފެންނާން ނެތްކަމަށް ހީކުރެވެން ފަށައިފިއެވެ. ބޯލްޓިކް ކަނޑުތެރޭންލާފައި ޖަރުމަނަށް ހަކަތަ ފޮނުވަން އަޅާފައި އޮންނަ ނޯޑް ސްޓްރީމް ޕައިޕްލައިން ބަންދުކުރުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ދެން ހަކަތަ ފޮނުވޭންއޮތް ހަމައެކަނި ދެ ވަސީލަތަކީ  ޔޫކްރެއިން ތެރެއިން އަޅާފައި އޮތް ޕައިޕްލައިނާއި ބޯލްޓިކްސީގެ ތެރެއިން އަޅާފައިއޮތް ތުރުކްސްޓްރީމް ޕައިޕްލައިނެވެ.  މީގެ ތެރެއިން ޔޫކްރެއިންގެ ތެރެއިން އަޅާފާ އޮތް ޕައިޕްލައިނުން ހަކަތަ ފޯރުކޮށްދިނުން އޮތީ ވަރަށް ބޮޑަށް މަދުކޮށްލާފައެވެ. ހަކަތަ ފޯރުކޮށްދޭން އަޅާފައިއޮންނަ ނޯޑް ސްޓްރީމް ޕައިޕްލައިން […]

އިގެރޭސި ރާނީ އަވަހާރަވެއްޖެ 

އިއްޔެގެ ވަގުތެއްގައި އިނގެރޭސިވިލާތުގެ ރާނީ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީއިރު އުމުރުފުޅަކީ 96 އެކެވެ. ރާނީ އަވަހާރަވެފައިވަނީ ސްކޮޓްލޭންޑްގެ ބެލްމޮރަލް ގަނޑުވަރުގައި ފަރުވާދެމުން ދަނިކޮށެވެ.  އެކަމަނާގެ ސިއްހީ ހާލަތު ވަރަސް ބޮޑަށް ދަށަށްގޮސްފައިވާކަން ޑޮކްޓަރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ރާނީގެ ސިއްހީ ހާލަތު ދަށަށް ދަމުން ދާކަން ޑޮކްޓަރުން ހާމަކުރުމާއި ގުޅިގެން ޝާހީ އާއިލާގެ މެމްބަރުން ވަނީ ރާނީ އަރިހަށް ބެލްމޮރެލް އަށް ޒިޔާރަތްކުރައްވާފައެވެ.  މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާނީ އުޅުއްވަނީ އާލާސްކަންފުޅާއެވެ. އަދި އެކަމަނާ […]

 މާލޭ މީހާ!؟ 

 ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެ ތެރޭގެ ރަށެއްގެ ފިރިހެނަކު މާލެއަށް އުފަން މާލޭގެ އަންހެނަކާ ކައިވެނި ކޮށްގެން އެ ދެމަފިރިންނަށް ލިބޭދަރިން ރަޖިސްޓްރީ ކުރެވެނީ ފިރިހެން މީހާގެ ރަށުގައެވެ. އަންހެން މީހާގެ އަމިއްލަ ގެދޮރު މާލޭގައި ހުއްޓަސް އެ ދެމަފިރިންގެ ދަރީން މާލޭގައި ރަޖިސްޓްރީއެއް ނުކުރެވެއެވެ.      1964 ވަނަ އަހަރު ކިޔަވަން މާލެ އައި ރާއްޖެތެރޭގެ ފިރިހެނަކު އޭނާގެ ކިޔެވުންނިމި މާލެއިން ވަޒީފާ ހޯދުމަށްފަހު ކައިވެނި ކުރީ އަމިއްލަ ގެދޮރުހި މާލޭ އަންހެނަކާއެވެ. އެދެމަފިރީންނަށް 9 ދަރިން […]

މުދާ ބަރުކޮށްގެން އައި ސަވާރީ ބޯޓު އަޑިއަށް ހިނގައްޖެ

ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިގަނއްޖެއެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓު ފަރަށް އަރާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުއެވެ. ނޮޅިވަރަންފަރުން ”ސަންދާން“ އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ސަވާރީ ބޯޓުން މައްޗަށް ފެންނަން މިވަގުތު ހުރީ ހިޔާގެގަނޑުން އެއްބައި ކަމަށެވެ. އަދި ބޯޓުގެ ބައެއް މުދާތައް އޮޔާދާ ކަމަށް ބުންޏެވެ. އެ ބޯޓުގައި ތިބި އެންމެންވެސް ނޮޅުވަރަންފަރަށް މިހާރު ގެންގޮސްފައިވާއިރު، މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. […]

އިނގިރޭސި ރާނީ އެލިޒަބެތުގެ ހާލުކޮޅު ވަރަށް ދެރަ، މޮނީޓާކޮށް ފަރުވާދެނީ

އިނގިރޭސިވިލާތުގެ ރާނީ، ރާނީ އެލިޒަބަތު ދެވަނައިގެ ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާދޭން ފަށައިފިއެވެ. އެކަމަނާގެ ސިއްހީ ހާލަތު ގޯސްވެ، ސިއްހީ ހާލަތު މޮނިޓާކޮށް ފަރުވާ ދިނުމަށް ބަލްމޯރަލް ކާސަލްގައި އެކަމަނާ އެޑްމިޓްކޮށްފައިވާކަމަށް ޝާހީ އާއިލާގެ ގާތް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާނީ އެލިޒަބަތުގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް އެ ޑޮކްޓަރުން ބުނެފައިވެއެވެ. ރާނީގެ ހާލުކޮޅު ދަށްވަމުންދާތީ، ޕްރިންސް ޗާލްސް އަދި ޕްރިންސް […]

ފުލުހުން 264 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގެންފައި ހުރި 260 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ. ފުލުހުން ބުނި ގޮތުގައި މިހާރު ނައްތާނުލެވި ހުރީ 30 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ އެ މަސްތުވާތަކެއްޗާ ބެހޭ ތަހުގީގުތައް ކުރިއަށްދާތީ، ނައްތާނުލެވި ހުރި ތަކެއްޗެވެ. ފުލުހުން މިއަދު ނައްތާލައިފައިވަނީ 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 10،888 […]

ނިދީގައި ޙަމަލާދޭ ”އަލްކަބޫސް“ ޖިންނި 

މިއީ އަލްކަބޫސް ކިޔާ ޚާއްޞަ ޖިންނިއެއްގެ ވާހަކައެވެ. މިއީ ނިދީގައި ޙަމަލާދޭ ނުވަތަ މީހުންނާ ނިދީގައި ހުށަހެޅި ގަންނަ ޖިންނިއެކެވެ. މިއީ ވަރަށް ގިނަ މީހުންނަށް ކުރެވިފައިވާނެ ތަޖުރިބާއެވެ. މިގޮތަށްވުމުންރާއްޖޭގެ ބައެއް ރަށްރަށުގައި ”ހަންޑިހުއްޓުވުން“ ކިޔައެވެ. އެހެން ނަމަވެސް ޑޮކްޓަރީ ގޮތުން ނިދީގައި މި ދިމާވާ މައްސަލައަށް ކިޔަނީ ”ސްލީޕް ޕެރަލައިލިސް“ އެވެ.  މިކަމުގެ އަލާމާތްތަކަކީ: މެއަށް ފިތި ބާރުވުމާއި ނޭވާ ހާސްވުން. މޭމައްޗަށް ބަރު އެއްޗެއް އަރުވާފައިވާކަމުގެ އިޙުސާސްވުމާއި ނޭވާލާން އުނގަދޫވުން. ދެބަދޭތެރޭގައި މީހާ އޮތުމާއެކު ދޫބަންދުވެ އަޑުބެދި […]