ތުއްތުކުދިންގެ ހަރަކާތްތަކުން ދޭހަވާ ބައެއް ކަންކަން

Loading

Facebook
Twitter
WhatsApp

ތުއްތު ދަރުފުޅު ކުޑައިރު ކުރާ ކޮންމެ ހަރަކާތަކީވެސް އޭގައި ސަބަބެއް އެކުލެވިގެންވާ ކަމެކެވެ. އެންމެ ތުއްތު ކުދިންނަށް ކަމެއް ބޭނުންވިޔަސް ނުވަތަ ތަނަކަށް ތަދުވިޔަސް ބުނާކަށް ނޭނގޭނެއެވެ. އޭގެ ބަދަލުގައި އެ ކުދިން ކުރާނީ އެކިއެކި ހަރަކާތެވެ. އަތުންނާއި ފައިންނެވެ. ބައެއް ފަހަރު ރުއިމަކީވެސް މިފަދަ ކަމެކެވެ.

ތުއްތު ކުދިން އެކި ކަންކަމުގައި ބޭނުންކުރާ އުކުޅުތަކެއްވެއެވެ. އެގޮތުން ބައެއް އުކުޅުތައް ތިރީގައި އެވަނީއެވެ.

އަތުގެ ބޮޑުވައި އިނގިލި ފިއްތުން:
ތުއްތު ކުދިން އަތުގެ ބޮޑުވައި އިނގިލި އެހެން އިނގިލިތަކުގެ ތެރެއަށް ލައިގެން ފިއްތަކީ ބަނޑުހައިވުމުގެ ސަބަބުންނެވެ. އަދި ކާން ބޭނުންވާކަން އަންގައިދިނުމަށެވެ.

އަތްފައި އަވަސް އަވަހަށް ހަރަކާތްކުރުން:
ތުއްތު ކުދިން، އަތްފައި އަވަސް އަވަހަށް ހަރަކާތްކޮށް އުޅެނީ އެކުދިން އުފާވުމުންނެވެ. ނުވަތަ ކޮންމެވެސް ސަކަރާތެއް ޖަހަން ބޭނުންވުމުންނެވެ. ނަމަވެސް ތުއްތު ކުއްޖާގެ މޫނުމަތިން ހިނިތުންވުން ނުފެނި އެގޮތަށް ހަރަކާތްކުރަނީ ނަމަ އެއީ ގޯހެއްތޯ ބެލުން ރަނގަޅެވެ. ފަހަރުގައި އެހެން ދިމާވަނީ ތުއްތު ކުއްޖާއަށް އުނދަގޫވާ ކަމެއް އޮތީމައި ކަމަށްވެސް ވެދާނެއެވެ.

ހަށިގަނޑު ނުއަތަށް ގެންދިޔުން:
ދަރިފުޅު އޮށޯވެ އޮންނައިރު ހަށިގަނޑު ނުއަތަށް ގެންދާނަމަ އެއީ ކޮންމެވެސް ތަނަކަށް ތަދުވުމުގެ އަލާމާތެކެވެ. އެފަދަ ކަމެއް ތަކުރާރުކޮށް ފެންނަ ނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަދާ ހޯދުން މުހިންމެވެ.

އަތުން ކަންފަތާ ކުޅުން:
ތުއްތު ކުދިން ކަންފަތުގައި އަތުން ކުޅެ ހެދުމަކީ ނުވަތަ ކޮއްޓާ ހަދަނީ ކަންފަތް އިންނަކަން އެނގުމުން ކަމަށެވެ. ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި އެއީ ދަތްފެޅުމުގެ އަލާމާތެއްވެސްމެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް