ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރަން ފަސްނުޖެހޭނަމޭ މިބުނަނީ ސަމާސައަކަށް ނޫން: – ރަޝިޔާ
ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވަނީ ރަޝިޔާ ދިފާޢުކުރުމުގެ ފުރިހަމަ ޙައްގު އަބަދުވެސް ރަޝިޔާއަށް ލިބިފައި އޮންނާނޭ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ޖެހުނަސް އެކަންކުރުމުގެ ޙައްގުވެސް އޮންނާނެއެވެ. ރަޝިޔާއިން ޔޫރަޕަށް ނިއުކްލިއަރ ނުރައްކާތެރި ޙާދިސާއެއް އަމާޒުކުރިޔަސް ބިރުން އެމެރިކާއާއި ނޭޓޯއިން ޔޫކްރެއިންގެ ހަނގުރާމައަށްވަންނާކަށް ނުކެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ސަލާމަތާބެހޭ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ ޗެއަރމަން މެޑްވެޑޭވް ވިދާޅުވީ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހޭ ފައްތަރަކަށް ގެންގޮސްފިނަމަ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރާނަމޭ ބުނަމުން މިގެންދަނީ ސަމާސާއަކަށް ނޫންކަމަށެވެ. ކަލޭމެނަށް ހަމައެކަނި ކަލޭމެން ދައްކާ ވާހަކަ އަޑުއިވޭ ބީރު ކަންފަތްތަކަށް […]
ސިފައިންގެ ޕެރޭޑް ނ އަތޮޅުގެ ބައެއް ރަށްތަކަށް
މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑްތައް، ނ. އަތޮޅުގެ ތިން ރަށެއްގައި ބޭއްވާނެ ކަމަށް އެމްއެންޑީއެފްން ބުނެފިއެވެ. އެމްއެންޑީއެފްން މިއަހަރުގެ ގައުމީ ޕެރޭޑް ފަށާފައިވަނީ މިއަހަރުގެ ގައުމީ ދުވަސް ފާހަކުރި ހއ އުތީމުގައި އިއްޔެއެވެ. މި ޕެރޭޑް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމދު ސާލިހާއި ޑިފެންސް މާރިޔާ އަހްމަދު ދީދީ ވަނީ ބައްލަވާލައްވާފައެވެ. އެމްއެންޑީއެފުން ބުނީ އުތީމަށްފަހު ދެން ބާއްވާ ޕެރޭޑް އޮންނާނީ މިއަދު ހަވީރު، ނ.ކެނދިކުޅުދޫގައި އޮންނާނެ ކަމަށާ އަދި، […]
އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ހިލޭ ލޮލުގެ ސްކްރީނިން
އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށް ހިލޭ ލޮލުގެ ސްކްރީނިން ހެދުމަށް ތައާރްކޮށްފި އެވެ. އުރީދޫން ބުނީ މިއީ އައިކެއާ އާއި ގުޅިގެން އެ ކުންފުނިން ކުރިއަށް ގެންދާ އޮފާ އެއްކަމަށާ މި މި އޮފާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ 1،000 ރުފިޔާއަށް ވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ނެގުމުން ނުވަތަ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމްބީއަށް ވުރެ މަތީގެ […]
އިސްތިއުފާ ދެއްވި މެޖިސްޓްރޭޓްގެ މައްސަލަ ފުލުހަށާއި އޭސީސީއަށް
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ހުންނެވުމަށް ފަހު މި މަހު ކުރީކޮޅު އިސްތިއުފާ ދެއްވި އަހްމަދު ސައީދު އަލީގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. އަހުމަދު ސައީދު މި މަހު ހަ ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނިކޮށެވެ. އޭނާއާ ދެކޮޅަށް ބަލަނީ ވެލިދޫ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް ޖޭއެސްސީ އަށް ހުށަހެޅި ޝަކުވާއެއްގެ މައްސަލަ އެވެ. ޖޭއެސްސީން މިއަދު […]
ގަސްތައް ކަނޑާތީ ނަޝީދު ކޯޓަށް
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވެއްޖެއެވެ. ރައީސް ނަޝިދުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާ ޝުނާނާ އެންޑް ކޯ ލޯ ފާމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަމީނީ މަގުން ގަސްކަނޑާ މައްސަލަ މާދަމާގެ ވަގުތެއްގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ގަސްތައް ކެނޑުން ހުއްޓުވުމަށްއެދި އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ގަސްތައް ކަނޑައިފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުމެއް ލިބޭނެކަމަށް […]
އެއާޕޯޓްގެ އާ ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރަން ތައްޔާރުވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާފައިވާ އާ ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރަން ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވާން ފަށައިފިއެވެ. އެމްއޭސީއެލް އިން ބުނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އާ ރަންވޭ ބޭނުންކުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ރައީސް ޔާމިން ވެރިކަމުގައި ހެދި އާރަންވޭގެ މަސައްކަތް ނިންމައި ޔާމިންގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް 2018ވަނަ އަހަރު ޓެސްޓް ފްލައިޓްވެސް ވަނީ […]
އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް ގާއިމްކޮށްދެއްވާނަން: ރައީސް
ހއ. އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރްޓީއެލް)ގެ ފެރީގެ ނިޒާމު ޒޯން އެކެއްގައި ރަސްމީކޮށް އިފްތިތާހުކުރުމަށް އެ ޒޯންގައި ހިމެނޭ ހއ. ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހް ވިދާޅުވީ ބޮޑު ތިލަދުންމަތިން މަސް ގަންނަ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ތިލަދުންމަތީ ސަރަހައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިގްތިސާދަކީ އިހަވަންދޫ ކަމަށެވެ. […]
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތުވެސް ކޮންޓްރޯލް ކުރަނީ ބިދޭސީން
ރާއްޖޭގެ ބިން ބޮޑެތި ދަނޑުވެރިކަމުން މަންފާ ލިބޭ ފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ބިދޭސީންނެވެ. މި މަސައްކަތް ބިދޭސީން ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މިގޮތުން ލާމުއަތޮޅާއި އައްޑޫއާ ފުވައްމުލަކާ ކާށިދޫ އަދި ށ.އަތޮޅުގެ ބައެއް ރަށްތަކާ ތޮއްޑޫ ފަދަ ރަށްރަށުގެ ދަނޑުވެރިކަން އޮތީ ބިދޭސީގެ ބާރުގެ ދަށުގައެވެ. މާލޭ ދަތުރުވެރީންގެ މާރުކޭޓަށް ގެނެވޭ އެންމެހައި ދިވެހި ދަނޑުވެރި އުފެއްދުން ތަކަކީ ބިދޭސީން އުފައްދާ ތަކެއްޗެވެ.މާލެއަށް ދަނޑުވެރި ސާމާނު ސަޕްލައި ކުރަނީވެސް ބިދޭސީންނެވެ. ބިދޭސީން ދަނޑުވެރިކަން […]
ޕީޖީ ޝަމީމް އާންމުކުރެއްވި ރާ ފުޅިއާ ގުޅިގެން އިސްތިއުފާ އަށް ގޮވަންފަށައިފި
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބަނގުރާ ފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ އާންމުކުރުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ގިނަ އަދަދެއްގެ ބަޔަކު އޭނާގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ. ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކޮށްފައިވަނީ މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް މީހަކު ހިފަހައްޓައިގެން ހުރި ފޮޓޯއެކެވެ. މަރާނީ އަކި ޖޯޖިއާގެ ބަނގުރާ އުފައްދާ ކުންފުންޏެކެވެ. އެ ފޮޓޯއިން ފެންނަނީ ބްނގުރާފުޅި ހިފަހައްޓައިގެން ހުރި މީހާގެ އަތާއި ރާ ފުޅިއެވެ. އެއީ ޕީޖީ ޝަމީމްކަމެއް ނުވަތަ ނޫންކަމެއް އެ […]
ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމުހޫރިއްޔާ އާއި އަނބިކަބަލުން ބައިވރިވެވަޑައިގަންނަވައިފި
1444 ގައުމީ ދުވަހާއި ގުޅިގެން، ހއ. އުތީމުގައި ބޭއްވި ދިދަނެގުމުގެ ހާއްސަ އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ގަނޑުވަރު މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދިދަނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، މިނިސްޓަރ […]