6 އަހަރުދުވަހަށްފަހު ކުވޭތުގެ ސަފީރަކު އީރާނަށް 

ބައިނަލް އަގުވާމީ މީޑިއާތަކުން ޚަބަރު ލިބެމުން ދާގޮތުގައި 6 އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު ކުވޭތުން އިރާނަށް ސަފީރަކު ކަނޑައަޅައިފިއެވެ.  މިދިޔަ ހޮނިހިރުދުވަހު ކުވޭތުގެ ސަފީރު ބާދިރް ޢަބްދުﷲ އަލް މުނައިޚް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲއަން  އެރުވުން ތެހެރާނުގައި ރަސްމީގޮތުން ހިނގައިދިޔަކަން އީރާނުގެ ޚާރިޖިއްޔާގެ ވެބްސައިޓްގައިވެސް ވަނީޝާއިޢުކޮށްފައެވެ. އަދި ކުވޭތުންވެސް މުނައިޚް އަކީ އީރާންގައި ހުންނަވާނޭ ކުވެއިތްގެ ސަފީރުކަން ކަށަވަރު ކޮށްދީފައިވެއެވެ.  ސައޫދީ އެރޭބިއާ އާއި އީރާނާ ދެމެދު އުފެދުނު ދެބަސްވުމާއި ގުޅިގެން ސައޫދީ އެރޭބިއާއަށް ތާއީދުކުރުމުގެ ގޮތުން ކުވޭތުން އިރާނާއެކު އޮތް ސިޔާސީ ގުޅުން […]

ޗައިނާގެ ރައީސް ސަޢޫދީ އެރޭބިޔާ އަށް 

ޗައިނާގެ ރައީސް ޒީ ޖިންޕިންގ މިއަންނަ ހަފްތާގައި ސައޫދީ އެރޭބިޔާއަށް ވަޑައިގެންފާނެކަމަށް ބެލެވެން ފަށައިފިއެވެ. އަދި އެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތެލުގެ މައްސަލައަށް ކަމަށްވެސް ލަފާކުރެވެއެވެ. ޗައިނާއާއި ސަޢޫދީ އެރޭބިޔާގެ ގުޅުން ވަރަށް ރަނގަޅު ވެފައިވާ މިދަނޑިވަޅުގައި ކުރެވޭ މިދަތުރުފުޅުގައި ސަޢޫދީ އެރޭބިޔާގެ އެންމެ އިސްބޭފުޅުންނާއިއެކު ބައްދަލުކުރައްވާނެއެވެ. އަދި އެމެރިކާގެ ރައީސް ބައިޑަން އަށް ލިބިވަޑައިގެންނެވި މަރުޙަބާއަށް ވުރެން ހޫނު މަރުޙަބާއެއް ރައީސް ޒީ އަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބެލެވެއެވެ. މީގެ މަހެއްހާދުވަސް ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީއަށް ވަޑައިގަތުމުން ލިބިވައިގަތީ […]

އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދާ ނޫޅެށެވެ!

އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ. ”وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ“ ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ. (އަލް ބަޤަރާ:12-11) أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ ބިމުގަ ކަރަޕްޝަން (ފަސާދަ) ހިންގުން ﷲ ނުރުއްސަވާއިރު ކަރަޕްޝަން ހިންގާ ވައްކަންކޮށް ކުރާ ތަރައްގީވެސް ހަމަ ރަނގަޅުކަމަށް ބުނެ އެފަދަ މީހުނަށް ބަޔަކު އަތްޖަހާ ތައުރީފުކޮށް ވާގިވެރިވެ އެމީހުންނަށް ސަޕޯޓްކުރުން އެއީ ﷲ ނަހީކުރެއްވިބޮޑު މުންކަރާތަކަށް އެހީތެރިވަނީ ކަމުގައި ނުވަނީހެއްޔެވެ؟ ނޫނީ ފާސިގު ވެރިންގެ ފަސާދައިގަ އެފަދަ ރައްޔިތުން ބައިވެރި […]

ދީނަށް ފުރައްސާރަކުރި ރުސްތުމް މިނިވަންވެއްޖެ

ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ މިނިވަންވެއްޖެއެވެ. ރުސްތަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އޭނާ ވެފައިވާ އިއުތިރާފު ދެމެހެއްޓުމުން ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މިމަހުގެ ދިހަ ވަނަ […]

މުދަލަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

މީހެއްގެ މުދަލަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގި މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.  މި މައްސަލައާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވަނީ ލ. މާވަށް / ޗަމްޕާގެ، މުހައްމަދު އަލީ (21އ) އެވެ.  ފުލުހުން ބުނީ މުހައްމަދު އަލީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ  ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަ އެހެންމީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި […]

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވަނީ ސ. ހިތަދޫ/ އުނިތޮށިގެ، މުހައްމަދު ނާޝިދު (52އ) A052933 އެވެ. ފުލުހުން ބުނީ މުހައްމަދު ނާޝިދު ހޯދަމުން ދަނީ ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީކަމަށެވެ. އަދި އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށެވެ. ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި […]

ގަވައިދާ ހިލާފަށް މަގުމަތީގައި ޕެލެޓް ބަހައްޓާ ފަރާތްތަކަށް ސިޓީ ކައުންސިލްގެ އިންޒާރެއް

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު މާލޭ ސިޓީ ކައުސިލުން ދީފިއެވެ.   މާލޭ ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް މާލޭ މަގުމަތީ ބަހައްޓާ ޕެލެޓް ތަކުގެ ސަބަބުން އެހެން ފަރާތްތަކަށް ދަތި ވަމުން އަންނަކަމަށެވެ. އެގޮތުން  ބޮޑެތި ވެހިކަލްތައް ޕާކުކުރުމަށް ކުރިއާލައި މަގުމަތީގައި ޕެލެޓްތައް ބަރިބަރިއަށް ޖަހާފައި ބެހެއްޓުމުން އޭގެ ސަބަބުން އެހެން ވެހިކަލްތައް ޕާކުކުރުމަށް ދަތިވެ ޝަކުވާ ކުރަމުން އަންނަ ކަމަށް ވެސް ސިޓީ […]

  ޝިއާއުގެ ކަށުނަމާދު ފުވައްމުލަކުގައި

       ބޮޑެތި އަނިޔާތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ އޭނާ އެ ރަށަކަށް ނިސްބަތްވާ ފުވައްމުލަކު ސިޓީގައި ބޭއްވުމަށް އާއިލާއިން ނިންމައިފިއެވެ. އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައި ރަހުމް ކުޑަ އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ  މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭ ސިޓީގެ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. ޝިއާއު މަރާލައިފައި އޮއްވާ  ފެނުނު އިރު ބޮޑެތި ޒަހަމްތަކެއް ވަނީ […]

 މަނަދޫގައި ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ނ. މަނަދޫގައި ހައުސިންގ ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި ހައުސިން ޔުނިޓް ޕްރޮޖެކްޓްގެ ދަށުން އެރަށުގައި 40 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް މިއަދު ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ހެޑް […]

މުރުތައްދު ސަލްމާނު ރުޝްދީ ވެންޓިލޭޓަރާގުޅާފައި

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނިއުޔޯރކުގެ ޗައުޓައުކާ އިންސްޓިޓިޔުޓްގައި ތަގްރީރުކުރަން ހުއްޓާ ވަޅިއަކުން ހަމަލާދެވުނު 75 އަހަރުގެ ލިއުންތެރިޔާ ސަލްމާނު ރުޝްދީ އަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން މިހާރު އޭނާ އޮތީ ވެންޓިލޭޓަރަށް ގުޅާފައެވެ.                                  ރުޝްދީއަށް މިދިޔަ ހުކުރުދުވަހު ހަމަލާ ދެވުނުއިރު އޭނާހުރީ ޗައުޓައުކާ އިންސްޓިޓިއުޓްގައި ތަގްރީރު ކުރާށެވެ. އޭނާގެ ހަށިގަނޑަށް  ދިހަ ވަރަކަށް ސިކުންތުގެ ތެރޭގައި ފަނަރަ ވަރަކަށް ފަހަރު ވަޅިއަކުން […]