މުދަލަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މީހެއްގެ މުދަލަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގި މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

 މި މައްސަލައާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވަނީ ލ. މާވަށް / ޗަމްޕާގެ، މުހައްމަދު އަލީ (21އ) އެވެ. 

ފުލުހުން ބުނީ މުހައްމަދު އަލީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ  ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަ އެހެންމީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 އޮގަސްޓް 18 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުހައްމަދު އަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް