ގަވައިދާ ހިލާފަށް މަގުމަތީގައި ޕެލެޓް ބަހައްޓާ ފަރާތްތަކަށް ސިޓީ ކައުންސިލްގެ އިންޒާރެއް

Loading

Facebook
Twitter
WhatsApp

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު މާލޭ ސިޓީ ކައުސިލުން ދީފިއެވެ.  

މާލޭ ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް މާލޭ މަގުމަތީ ބަހައްޓާ ޕެލެޓް ތަކުގެ ސަބަބުން އެހެން ފަރާތްތަކަށް ދަތި ވަމުން އަންނަކަމަށެވެ. އެގޮތުން  ބޮޑެތި ވެހިކަލްތައް ޕާކުކުރުމަށް ކުރިއާލައި މަގުމަތީގައި ޕެލެޓްތައް ބަރިބަރިއަށް ޖަހާފައި ބެހެއްޓުމުން އޭގެ ސަބަބުން އެހެން ވެހިކަލްތައް ޕާކުކުރުމަށް ދަތިވެ ޝަކުވާ ކުރަމުން އަންނަ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާ ޕެލެޓް ތަކުގެ ސަބަބުން ޕާކު ކުރުމަށާއި ހިނގާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ލުއި ދިނުމަށް އެކައުންސިލުން އެފަދަ ޕެލެޓްތައް ނަގަމުން އަންނަ ކަމަށެވެ. އަދި އެ ޕެލެޓް ބަހައްޓާ ފަރާތްތަކަށް ނަސޭހައްތެރިވަމުން އަންނަ ކަމަށާ ނަމަވެސް އަދި ވެސް އެ މައްސަލައަށް އެގަށީގެންވާ ހައްލެއް ނުލިބޭކަމަށެވެ.

އެހެން ކަމުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފަދަ ފަރާތްތައް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ފިހާރަތަކާއި ގަރާޖް އަދި ގުދަން ތަކުގެ ކުރިމަތީގައި ޕެލެޓް ބެހެއްޓުމުގެ ފުރުސަތުތަކެއް އެ ކައުންސިލުން ދިނުމަށްފަހު  ގަވާއިދާ ހިލާފަށް ބަހައްޓާ ޕެލެޓްތައް ނެގުމުގެ މަސައްކަތް މިދިޔަ މާޗް މަހުގައި ކުރިއަށް ގެންދިޔަ ކަމަށާ އެ މަސައްކަތުގެ ދަށުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 1،300 އަށް ވުރެ ގިނަ ޕެލެޓް މަގުތަކުން ނެގި ކަމަށެވެ. ނަމަވެސް އަނެއްކާވެސް ޕެލެޓް އަޅާފަރާތްތަކުން އެތަންތާގައި ޕެލެޓް ބެހެއްޓުމުން ހުއްޓާފައި ނުވާކަމަށެވެ.

Loading

One Response

  1. ފުރަތަމަ ގޭގޭގެ ދޮރުމަތީ ގަވާއިދާ ޚިލާފަށް ޕާކް ކުރާ ސައިކަލް ތައް ނަގާދީބަލަ. އޭގެފަހުން ޕެލެޓްތައް ނަގާ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް