ޝިއާއުގެ ކަށުނަމާދު ފުވައްމުލަކުގައި

Loading

Facebook
Twitter
WhatsApp

 

     ބޮޑެތި އަނިޔާތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ އޭނާ އެ ރަށަކަށް ނިސްބަތްވާ ފުވައްމުލަކު ސިޓީގައި ބޭއްވުމަށް އާއިލާއިން ނިންމައިފިއެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައި ރަހުމް ކުޑަ އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ  މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭ ސިޓީގެ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ.

ޝިއާއު މަރާލައިފައި އޮއްވާ  ފެނުނު އިރު ބޮޑެތި ޒަހަމްތަކެއް ވަނީ އޭނާ އަށް ދީފައެވެ. އެގޮތުން އޭނާގެ އަތާއި ފަޔާއި ކަރު ވެސް އޮތީ ބުރިކޮށްލާފައެވެ.

ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު އިއްޔެ ވަނީ އިންޑިއާއިން މާލެ ގެނެސްފައެވެ.

އާއިލާއިން ބުނީ ޝިއާއުގެ ހަށިގަނޑު މިއަދުގެ ހަވީރު ފްލައިޓުން ފުވައްމުލަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަށުނަމާދު މިރޭގެ އިޝާ ނަމާދަށް ފަހު، ފުވައްމުލަކު މަސްޖިދު އިނާރާ (ބޯޅަ މިސްކިތް) ގައި އޮންނާނެ ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އިއްޔެ އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.

ބޮޑެތި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޝިއާއުގެ މަރާލި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޝިއާއުއާއި ގާތް ގުޅުމެއް އޮންނަ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22އެވެ. އޭނާ ހައްޔަރުކުރީ އެ ހާދިސާ ހިނގި ރޭ ޝިއާއު މަރާލާފައިވާ ގެއިންނެވެ.

އެ މައްސަލައިގައި ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް