ސްރީލަންކާގެ ރައީސް ގޯތަބާޔާގެ ގަނޑުވަރު ރައްޔަތުންވަދެ ހިސޯރުކޮށްފި

ސްރީލަންކާގެ އިނދަޖެހެމުންދާ އިގްތިސާދުގެ ސަބަބުން ބަނޑުހައިހޫނުކަން އާންމުވުމާއި ބޭސްފަރުވާއާއި ތެލާ އަދި މިނޫނަސް ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ވަސީލަތްތައް ލިބެން ނެތި ދުވަސްތައް ދިގުލަމުންގޮސް ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުގެ ސަބަބުން ގައުމުގެ ހުރިހާ ކަންކޮޅަކުން ރައްޔިތުންއެއްވެ ރައީސް ގޮތަބާޔާ ރާޖަޕަކްސެގެ އިސްތިއުފާއަށް ގޮވަމުންދާތާ އެތަކެއް މަސްތަކެއް ވެއްޖެއެވެ.  ނަމަވެސް ރައްޔަތުންގެ ގޮވުންތަކަށް އިޖާބަ ނުދީ ޕާލިމަންޓްގެ އެއްގޮޑީގެ ބާރުގައި ރަނިލް ޕްރަައިމިނިސްޓަރަކަށް ހަދައިގެން މައިތިރި ކުރަން އުޅުން ސިޔާސީކުޅިގަނޑު މިއަދު ލަންކާގެ ރައްޔަތުން ނުކުމެ ނިމުމަކަށް ގެނެސްފިއެވެ. އެގޮތުން ރައީސް ގޯތަބާޔާގެ ރަސްމީ ގަނޑުވަރަށްރައްޔަތުން ވަދެގަނެ ރައީސް އަށް […]

ވަޢުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ  ނުނީ އެހެން ގޮތެއްގާ މަޖުބޫރު ވާނެޔޭ

ވެރިކަމުގެ ޖާހަތާ ލައްޒަތަކީ އިންސާނާގެ ބުއްދި ވެސް ފިލާދާ ފަދަ ކަމެެއްކަން ތަކުރާރުކޮށް ފެނި އެނގިއްޖެއެވެ.       އެހެން ނޫންނަމަ ރަންތިރީހުގެ ރަސްގެފާނުގެ ވެރިކަން ގެއްލިދިއުމުން އެމަނިކުފާނު ލޯފުޅުންވެސް އެ ކަރުނަ ނުފޭބީސް ކަން ގާއިމުތާއެވެ.      ތިރީސް އަހަރަކީ 5އަހަރުގެ 6 ޓާމެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ އެމަނިކުފާނަށްފަހު 2008 އުފެދުނު ވެރިކަން މުލުން ލުހެ ލެއްވިއެވެ. މޭސް ތިރިއަކީ ޚުދު އެމަނިކުފާނެވެ. އަތުން ފައިން ގޯސް ހެދެނީވެސް އިންސާނުންނަށެވެ. ރަންތިރީހުގެ […]

އެފްރިކާގެ ގައުމުތައް ބިނާކުރުމުގައި ޗައިނާގެ ހިއްސާއަށް ބަލައިލުން    

ދަންނަބޭކަލުންގެ ދަރުސްތަކުގައި އެންމެގިނައިން އިރުޝާދު ދެއްވަނީ ތިމަތިމާމެންނަށް ލިބިފައިވާ ބުއްދީގެ އަގުހުރި ނިއުމަތް ހެޔޮގޮތުގައި ބޭނުން ކުރުމަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހަމަ އެނޭވާގައި ވަގުތީގޮތުން ލިބިދާނެ މާއްދީ ފައިދާއަކަށްޓަކައި އަދި އޭގައި އެތައް ބައެއްގެ ޙައްގުތަކެއް ހިމެނިފައި އޮތްނަމަވެސް ބުއްދީގެ ބޭނުންކުރުމަކާނުލައި ތިމަތިމާމެންގެ އަމިއްލަ މަސްލަޙަތަށް ދީލާލާތަން ފެންނަނީވެސް މަދެއްކޮށްނޫނޭ ބުނެވިދާނެއެވެ.                                       […]

އީދާ ދިމާކޮށް ވައިގެ މަގުން 3،300 މީހުން ދަތުރުކޮށް ރެކޯޑެއް!

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އިއްޔެ ރިކޯޑް އަދަދަކަށް މީހުން ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. އެމްއޭސީއެލް އިން ބުނީ ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓް އިއްޔެ 125 އަށް އެރި ކަމަށެވެ. މި ދަތުރުތަކުގައި 3،300 އަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވެއެވެ. ރިކޯޑް އަދަދަކަށް މިއަދު މީހުން ދަތުރުކޮށްފައި މި ވަނީ އީދު ބަންދާއި ސްކޫލް ބޮޑު ޗުއްޓީ ފެށުމާ ދިމާކޮށެވެ. މި ދުވަސްވަރު ދަތުރުކުރާ […]

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ބުނީ، މިއަދު ހެނދުނު މައްކާ ގަޑިން 9 ޖެހި އިރު އަދި ރާއްޖެ ގަޑިން 11 ޖެހިއިރު ހައްޖުވެރިން އަރަފާތު ބިމަށް އައިސްފައިވާ ކަމަށެވެ. އަދި ހުރިހާ ޖައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ޢަރަފާތު ދުވަހަކީ ހައްޖުވެރިން ޙައްޖުގެ އެންމެމަތީ ރުކުން އަދާކުރާ ދުވަހެވެ. ހައްޖު ދުވަހުގައި އަރަފާތު ބިމަށް ގޮސް އެތާނގައި […]

ރައީސް ޔާމީން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް 

ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލީޑަރު ޢަބްދުﷲ ޔާމީން އަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަންއިން ބުނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނެރެވިފައި ނުވާކަމަށެވެ.  މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީ އިން އެހެން ޕާޓީއެއްގެ ނުވަތަ އެހެން ޕާޓީއެއްގެ ލީޑަރެއްގެ ފަހަތަށް އަރާނެ އެއްވެސް ފޯމިއުލާރ އެއް ނެތް ކަމުގައެވެ. އަދި “ޔާމީން ޖަލަށް، ގާސިމް […]

ޓެކްސްގެ އާމްދަނީ ދެ ބިލިއަން ރުފިޔާ އިތުރު

ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް، ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 7.2 ބިލިއަން ރުފިޔާއަށް ވުރެ 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މިއަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި 15.3 […]

އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަކަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

މާލޭގެ މަގެއްގެ މަތި--- ފޮޓޯ: ދަ އެޑިޝަން

މި އަހަރުގެ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހު މާލޭގައި ފައިމަގުގައި އުޅޭނެ ވަގުތުތަކެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ އެ ދެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. ނަމަވެސް މި ވަގުތުތަކުގައިވެސް ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ. އީދު ދުވަހާއި ވަޅި އީދު ދުވަހުގެ ވަކި ވަގުތެއްގައި މާލޭގައި ހަމައެކަނި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސަން މާލެ ސިޓީ […]

ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އެ ދެ މީހުން 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުވާކުރީ އެ ކުއްޖާގެ ކާފަ އިބްރާހީމް ދީދީ އާއި މުނި ކާފަ ހަސަން މޫސާދީދީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރީ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ […]

ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ – 4

https://sandhaanu.today/22067/ އާއި ގުޅޭ…. ދެކުނުގެ 4 އަތޮޅު މާލޭ ސަރުކާރުން ވަކިވެ ވަކި ސަރުކާރެއް އެކުލަވާލުން. މިސަރުކާރުގެ ވެރިޔަކަށް ހަމަޖެހިފައިވަނީ ޢަބުދު ﷲ ޢަފީފެވެ. އެމަނިކުފާނާ ބައިއަތު ހިފީ ދެކުނުގެ 4 އަތޮޅުގެ އެންމެހައި މަހުޖަނުންނާ އެބައިމީހުންގެ ދަރީންނާ ކަމުވޮށި ވެގެންވާ މީހުންނެވެ. މީގެ ތެރެއިން މަދު މީހަކު ފިޔަވާ އެހެން އެންމެން ޖަލުގައި މަރުވެ ދިޔައީއެވެ.  ހަވަރު ތިނަދޫގެ އެންމެހައި ފައިސާވެރިން ޖަލަށް ގެންދެވުނެވެ. އަދި އެބައި މީހުންގެ ގެދޮރާ މުދަލާ ފައިސާ އާ އޮޑި ދޯނިފަހަރު ސަރުކާރުން ނެގީއެވެ. […]