ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ - 4

Loading

Facebook
Twitter
WhatsApp

http://sandhaanu.today/22067/ އާއި ގުޅޭ….

ދެކުނުގެ 4 އަތޮޅު މާލޭ ސަރުކާރުން ވަކިވެ ވަކި ސަރުކާރެއް އެކުލަވާލުން.

މިސަރުކާރުގެ ވެރިޔަކަށް ހަމަޖެހިފައިވަނީ ޢަބުދު ﷲ ޢަފީފެވެ. އެމަނިކުފާނާ ބައިއަތު ހިފީ ދެކުނުގެ 4 އަތޮޅުގެ އެންމެހައި މަހުޖަނުންނާ އެބައިމީހުންގެ ދަރީންނާ ކަމުވޮށި ވެގެންވާ މީހުންނެވެ. މީގެ ތެރެއިން މަދު މީހަކު ފިޔަވާ އެހެން އެންމެން ޖަލުގައި މަރުވެ ދިޔައީއެވެ.

 ހަވަރު ތިނަދޫގެ އެންމެހައި ފައިސާވެރިން ޖަލަށް ގެންދެވުނެވެ. އަދި އެބައި މީހުންގެ ގެދޮރާ މުދަލާ ފައިސާ އާ އޮޑި ދޯނިފަހަރު ސަރުކާރުން ނެގީއެވެ. އަރުމާދު އޮޑިފަހަރު ޕެޓްރޯލު ޖަހާ އަންދާލީކަމަށް ބުނެވެއެވެ.  ކުށް ކުރަނީ އިންސާނާއެވެ. އެ އިންސާނާގެ މުދަލާ ފައިސާ އޮޑި ދޯނި ފަހަރާ ގެދޮރާ އަމިއްލަ ވަޒަނެއްނޫނެވެ.

ދައުލަތާއި ނުބައްދަލު ފައިސާވެރި މަހުޖަނެއްގެ މުޅި މިލްކިއްޔާތުއަތުލުމަށްފަހު އެ އިންނާ އޭނާގެ ދެ ދަރީންނާ އެކު މަރާލުމަކީ ކޮން ހަމައަކުން ހުއްދަ ކުރާ އިންޞާފެއް ތޯއެވެ؟

     ދައުލަތުން ބައެއް ގެއްލޭތީ ސަރުކާރުން އެކަން ދިފާޢު ކުރަން ނުޖެހެ އެކޭ ނުދަންނަވަމެވެ. އެހެނަސް ސަރުކާރުގެ ނުކުޅެދުން ތެރި ކަމުގެ ސަބަބުން ރާއްޖޭގެ ބޮޑު އަތޮޅެއް އިންޑިޔާގެ ބާރުގެ ދަށަށް ދިޔައީ ބަނޑު ފުރާނަ ސަލާމަތް ނުކުރޭ ހިސާބަށް ދިއުމުންނެވެ. މަލިކުގެ ރައްޔިތުންނަށް އެނޫން ގޮތެއް ނެތިގެންނެވެ.

ހަވަރު ތިނދޫ އަކީ އޭރު ރާއްޖޭގެ 6ވަނަ ބާރެވެ. ހަވަނަ ވަރެވެ. ރާއްޖޭގެ މާލެ ފިޔަވާ އެންމެ މީހުންގިނަރަށެވެ. އޭރު އޮންނަނީ ވެލާނާ ވަރު ދޮށިމޭނާ ދައުލަތުގެ ބާރުތަކަށް އޭރު ކިޔަނީ ”ވަރު“ އެވެ. ހަވަރު ތިނަދޫ އަކީ މިފަދަ ވަރެކެވެ. 

ކޮންމެއަކަސް ރާއްޖޭގައި ވަކި ސަރުކާރެއް އުފައްދަން އުޚުމުގެ ކުށުގައި ބައިވެރިވި ހަވަރު ތިނަދޫ މަހުޖަނުންގެ ފުރާނަޔާ މުދަލާ ފައިސާއާ ގެދޮރާއިއޮޑިދޯނި ފަހަރު ދިވެހި ސަރުކާރަށް ވަނީ ހިއްޕަވާފައެވެ. ކުށަކަށް އަދަބު ލިބެން ޖެހޭނީ ކުށްކުރި މީހާއަށްކަމުގައި ދެކެމެވެ. އެމީހާގެ ޢާއިލާ އަށާ ގެދޮރާ މުޅި މިލްކިއްޔާތަކަށް ނޫނެވެ. ހިރިހަމައިދި ކަލޭފާނުގެ ޢާއިލާއަށް ދައުލަތުން ބަދަލު ދޭން ޖެހޭނެ ކަން ޔަގީނެވެ. އޭރު ހިރިހަމައިދި ކަލޭފާނަކީ ސަރުކާރާ ނުބައްދަލު މަހުޖަނަކަށް ވާއިރު އެމަނިކުފާނު ރައްކާ ކުރައްވާފައިވާ އެންމެހައި ފައިސާއާ

 ގެދޮރާއި އޮޑިދޯނި ފަހަރުގެ ބަދަލު ވަރަށް ބޮޑުވާނެ ތާއެވެ.

    ހަވަރުތިނަދޫ މީހުން ކަނޑަށް އެރެން ސަރުކާރުން އަމުރު ނެރުމާ ގުޅިގެން އެދުވަހުގެ އިރުއޮއްސުނު ގަޑީގައި ފަޅުގައި ހުރި އޮޑިދޯނިފަހަރަށް މީހުން އަރާ އުޅަނދު ފަހަރު ފުރި ބާރުވެ މީހުން އަރާނެ ޖާގަ ވަނީ ހުސްވެފައެވެ. އުޅަނދު ފަހަރުން ޖާގަ ނުލިބުނު މީހުން ފޭބީ މޫދަށެވެ.ރެއަކީ ނުހަނު ވިއްސާރަ ވެސް ރެއެކެވެ. މޫދަށް ފައިބަން ޖެހުމުގެ ސަބަބުން އެރޭ އެތައްބަޔަކު މަރުވެ ދިޔަ ހިތާމަ ވެރި ކާރިސާގެ ހަނދާނަކީ ދުނިޔޭގައި ދިރި ހުރިހާ ހިތްތަކުން ހަދާނުން ފޮހެލެވޭނެ ހަނދާނެއް ނޫނެވެ. އެރޭ ހަވަރުތިނަދޫ ފަޅުތެރޭގައި ތިބި އެރަށުގެ ރައްޔިތުންގެ މުދަލާ ގެދޮރުގައި ހުޅުޖަހާ އަންދާލި މަންޒަރު ފެނުމުން ފަޅުތެރޭގައި ތިބި މީހުން ރުއިމުގެ އަޑުން މުޅި ފަޒާވަނީ ގުގުމާ ލާފައެވެ.

ރަށުން މީހުން ފައިބަން އަމުރު ނެރުމަށްފަހު ހިންދީ ފިލްމު ތަކުގައި ލުޓޭރުން ފަގީރު ބަސްދީ ތަކަށް ގޮސް މީހުންގެ ކަރުގިލޭއާ ރަނާ ރިހި އަތުލާ ބީދައިން ބޮޑުވަޒީރު ރަށުތެރެއަށް އޭނާގެ ސިފައިންނާކު ވަޑައިގެން އަންހެނުންނާ ދަރީންގެ ކަރުގިލޭ އަތުލި މަންޒަރަކީ ދެލޯ ކަރުނުން ފުރިގެން ދިޔަ ހިތާމަ ވެރި މަންޒަރެއް ކަމަށް އެމީހުން ޒާހިރު ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު މުޙައްމަދު ޒާހިރުގެ ޢާއިލާގެ 25 މެންބަރުންނާއެކު ގެންދިޔައީ ގައްދޫ އަށެވެ. އޭރު ހުވަދު އަތޮޅު ދެބައެއް ނުކުރެއެވެ. އޭރުއަތޮޅުގެނަމަކީ ގ.އަތޮޅެވެ. މުޙައްމަދު ޒާހިރުގެ ޢާެއިލާގައި ހިމެނެނީ ހިރިހަމައިދި ކަލޭފާނުގެ ކާފަ ދަރީންނާ ދަނބި ދަރީންނެވެ. 

 އެޢާއިލާ ގައްދުއަށް ގެންދެވުނީ ގައްދޫ ޢަލިކަލޭފާނުގެ ބެލުމުގެ ދަށުން އެއާއިލާ އަރުވާލާ ރަށަށް ގެންދިއުމަށްޓަކައެވެ. ގައްދޫންވެސް އެޢާއިލާ ތިބީ އުފަލުގައެވެ. ގައްދޫން ދެން ގެންދެވުނީ އެއަތޮޅު މަދިރި ވިލިގިޔަށެވެ.އެރަށުގައި ތިބުމަށްފަހު ތ. އަތޮޅު ނާލު ބައްތެއްޔެއްގައި އޭރުގެ ނަމުންނަމަ ހ.އަތޮޅު ނޮޅިވަރަންފަރަށެވެ. އެރަށަކީ މަސްވެރި ރަށެއްނޫނެވެ. މަދިރީގެ އުނދަގޫ ނުހަނު ބޮޑެވެ. ރަށުގައި ކާޑެއްނެތެވެ. ކާން ލިބެނަި ރޯ ކަށިކޭލެވެ. އެ ފެނުކައްކައިގެން ބަޑުފުރާނަ ސަލާމަތް ކުރުން ނޫން ގޮތެއް ނެތެވެ.މިވެސް ލިބެނީ ދުވާލަކު އެއްފަހަރުއެވެ.

    މުޙައްމަދުޒާހިރު ވިދާޅުވިއެވެ. ދިމާވަމުންދާ ހިތްދަތި ކަމުގެ ސަބަބުން މަރުނުވެ ސަލާމަތުން ތިބެވިދާނެ ކަމަށް އުންމީދެއް ނުކުރަމެވެ.އަތޮޅޮޅުވެރިން އަތޮޅު ކޮމެޓީއަށް ހުށަހަޅުއްވައި މާލޭސަރުކާރުގައި ދެންނެވުމުން ދަރަނީގެ ގޮތުގައި އެޢާއިލާގެ ބޭފުޅުންނަށް ކާބޯތަކެތި ލިބެން ފެށުނެވެ. މިޙާލުގައި އަހަރެއްހާދުވަހު ނޮޅިވަރަމް ފަރުގައި ތިއްބާ ސަރުކާރުގެ އަނިޔާވެރި ސިޔާސަތުގެ ތެރެއިން އެޢާއިލާ ބ.އަތޮޅު ގޮއިދޫ އަށް ބަދަލުކުރެވުނެވެ.

އޭރު ގައިދޫގައި އެކި ކުށް ކުށުގައި އަރުވާލެވިފައިވާ 400 އަށްވުރެ ގިނަ ކުށްވެރިން އެރަށުގައު އުޅެއެވެ. މުޙައްމަދު ޒާހިރުގެ ޢާއިލާގައި ހިމެނޭ އެކުދިންގެ މާމަ ރޭގަނޑު އިންނަވަނީ ލޮލުފިޔަ ޖަހާނެ ފުރުޞަތެއް ނުލިބި އާއިލާ ގެ އަންހެން ކުދީން އިއްފަތްތެރިކަން ގެއްލިހިނގައިދާނެ ކަމުގެ ބިރަށްޓަކާ ނުނިދައެވެ. އެވަރުން ވެސް އަރުވާލި މީހުން ދަންވަރުގެ އެކި ގަޑިތަކުގައި އުނދަގޫ ކުރަމުން ދިޔަކަމަށްވެއެވެ.

   މި ޢާއލާގެ ބަލަދުވެރުޔަކީ އެކުދީންގެ މާމަ ހިރިހަމައިދި ކަލޭފާނުގެ ލޮބުވެތި އަނބިކަބަލުން ރެކިދައިތައެވެ.

….    ނުނިމޭ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް