އިނގިރޭސިވިލާތުގެ ވަލީޢަހުދު، އަނބިކަނބަލުންނަށް ބޭވަފާތެރިވެވަޑައިގަންނަވަނީ 

އިނގިރޭސިވިލާތުގެ މީސްމީޑިއާއަށް ބަލާލާއިރު ގައުމުގެ ރަސްކަމަށް އިސްވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ހުންނެވި ވަލީޢަހުދު ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް ގެންދަވަނީ އަނބިކަނބަލުން ކޭޓް މެޑަލްޓަންއަށް ބޭވަފާތެރިވެވަޑައިގަންނަވަމުންނެވެ. ކޭޓްގެ އަވަށްޓެރި އަދި ދުވަސްވީ އެކުވެރިއެއްކަމުގައިވާ ރޯޒް ހެމްބެރީއާ ވިޔާނުދާ ގުޅުމެއް ބާއްވަވަމުންނެވެ. ޕްރިންސް ވިލިއަމް ހިލޭ އަންހެނަކާ ނާޖާއިޒު ގުޅުމެއް ބާއްވަވަމުން ގެންދަވާ ޚަބަރު ފެތުރި އެތައް މިލިއަން ބަޔަކަށް ހައިރާންކަން ލިބިފައިވާއިރު އަނެއްކޮޅުން އަޑުއިވެނީ އެކަންތައްގަނޑާ ވިލިއަމްގެ އަނބިކަނބަލުން ކޭޓް އެއްވެސް ދެކޮޅުވެރިކަމެއް ނަހައްދަވާކަމުގެ ޚަބަރުތަކެވެ. އަޅޭ ފަހެ، ހައިރާނެއް ނުވާނޭ ހެއްޔެވެ؟ ފިރިކަލުންގެ ބޭވަފާތެރިކަން އަނބިކަނބަލުން ކެތް ކުރައްވަނީ […]

އައި.އެމް.އެފް. ގެ އެހީ އަވަސްވޭތޯ ޕާކިސްތާނުން އެމެރިކާގެ މަދަދަށް އެދެފި 

އިގްތިސާދީ ގޮތުން އިންތިހާގެ ނުކުޅެދުންތެރިކަމަށް މިހާރު ވެއްޓިފައިވާ ޕާކިސްތާނަށް ބައިނަލް އަގްވާމީ މާލީ އިދާރާގެ އެހީތެރިކަން ހޯދާދިނުން އަވަސްކޮށް ދިނުމަށް ބާރުއަޅުއްވާ ދެއްވުމަށް ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ވެރިޔާ އެމެރިކާގެ މަދަދަށް އެދި ދަންނަވައިފިއެވެ.  ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރް ޖާވީދު ބަޖުވާ އާއި އެމެރިކާ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝަރމަން އާއިދެމެދު މިކަމަށްޓަކައި ފޯނުން ވާހަކަ ދެއްކުނު ކަމަށް ޕާކިސްތާނުގެ ޚާރިއްޔާއިންވެސް އެއްބަސް ވެއެވެ. ނަމަވެސް އެ ވާހަކަތަކުގެ ތަޕްސީލެއް ނުލިބުނެވެ. ޕާކިސްތާނުގެ މިޙާލާތުން އަރައިގަތުމަށްޓަކައި 1.7 ބިލިއަން އެމެރިކާޑޮލަރުގެ ދަރަންޏެއް ދިނުމަށް އައި. […]

މީސްތަކުން ތިބޭހުށީ އެބައިމީހުންގެ ވެރިންގެ ދީންމަތީގައި

 އިސްލާމް ދީނުގައި ކަނޑައެޅިގެންހުރި ފަރުޟު ކަންތައް ކުރުމަށް އަމުރު ކުރުމެއްނެތި ކަނޑައެޅިގެންހުރި މަނާކަންތައް ޙަރާމް ކުޅައުމެއްނެތި ޙައްދު ތަޢުޒީރުގާއިމް ނުކޮށް ތިބެ ކަންތައް ތަކެއް ކުޅަޔަކަސް އެ ހިންގަނީ އިސްލާމީ ވެރިކަމެކޭ ބުނެވޭނެ ބާވައޭ ހިތަށް އަރައެވެ.      ދީނާއި ވެރިކަމަކީ އެއްމާބަޑު ދެ އެއްޗެވެ. މީސްތަކުން ތިބޭހުށީ އެބައިމީހުންގެ ވެރީންގެ ދީންމަތީގައެވެ. މިބަހުގެ މުރާދައަކީ ވެރިންގެ ކިބައިގާ ހުރި ދީންވެރިކަމެއްގެ މަތީގައޭ ބުނެތެވެ. އެހެން ވީއިރު ދީނުގެ ހެޔޮ ކަންތައް ތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް ތިމާމެންގެ ވެރިކަމުގެ ދަށުގައި މާތް ﷲ ލައްވާފައިވާ އެކަލާނގެ […]

ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނުން ރަޝިޔާ އެކަހެރިވަނީ

ރަޝިޔާގެ ޖައްވީ އިދާރާގެ އެންމެ އިސްވެރިޔާ ޔޫރީ ބޮރިސޯވް މިދަޔަ އަންގާރަދުވަހު ރައީސް ޕޫޓިންއާއިކު އިންނެވި ވީޑިއޯއެއްގައި ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނުން 2024 ގެ ފަހުން ރަޝިޔާ ވަކިވާނެކަން ހާމަކޮށްފިއެވެ. ބައިނަލް އަގްވާމީ ފަރާތްތަކާ ގުޅިގެން ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަން ހިންގަމުން ގެންދަނީ ރަޝިޔާއިންނެވެ.  އެހެންވީމާ އަހަރެމެންގެ ޒިންމާތަކެއް އެކަމުގައި ހުރިކަން ގަބޫލުކުރަމެވެ. އަދި އެކަން ވަރަށް ފުރިހަމައަށް އަދާކޮށް ނިންމާދޭނެކަން އަހަރެމެންގެ ބައިވެރިންނަށް ޔަގީންކޮށްދޭން ބޭނުމެވެ. އެހެންނަމަވެސް 2024 ގައި އަހަރެމެން އެއިން ވަކިވަން މިހާރު މިއޮތީ […]

ލިވާތުކުރި މައްސަލައިގައި ހައްޔަރުކުރި ނޫސްވެރިޔާ ނަސީރުގެ ބަންދަށް ދިހަ ދުވަސް

އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު މުއްދަތު އިތުރުކޮށްފިއެވެ. ނަސީރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވީ، މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ނަސީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަސީރުގެ އިތުރުންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށް […]

އިންޑޮނޭޝިޔާގެ ’އޮން އެރައިވަލް‘ ވިސާ ލިބޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ 

އިންޑޮނޭޝިޔާގެ ’އޮން އެރައިވަލް‘ ވިސާ ލިބޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އަލުން ހިމަނައިފިއެވެ. އެ ގައުމުން މި ނިންމުން ނިންމާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. މިއާއެކު ރާއްޖެއިން އިންޑޮނޭޝިޔާއަށް ދަތުރުކުރާ ކޮންމެ މީހަކަށް އެ ގައުމަށް އެތެރެވުމާއެކު ވިސާ ލިބިގެން ދާނެއެވެ.  މިކަމާ ގުޅިގެން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދް ވަނީ އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.  އިންޑޮނޭޝިޔާ އަކީ ރާއްޖޭގެ ގިނަ ބަޔަކު މިހާރުވެސް އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ […]

އެމްޑީޕީގެ އިސްވެރިންގެ ތެރޭގައި ތިބި ރާ ބޮއެ، ޒިނޭކުރާ މީހުން ހާމަކުރަން ތައްޔާރު: ނަޝީދު

އެމްޑީޕީގެ އިސްވެރިންގެ ތެރެއިން ރާ ބޮއެ، ޒިނޭކުރާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުުޅުންހިންގިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން، އެމްޑީޕީގެ އެޑްވައިޒަރީ ކޮމިޓީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖުތަކެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ މެސެޖުތަކުގައި […]

ލިވާތު މައްސަލަ: ނާޒިމް އާއި ނަޝީދުގެ ބަންދަށް ހަތް ދުވަސް، ފުލުސް މީހާއަށް 15 ދުވަސް

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ކުރުމަށް ފުލުހުން އިއްޔެ ފެށި އޮޕަރޭޝަންގެ ތެރެއިން ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ. ރިސޯޓުން ނާޒިމް ހައްޔަރުކޮށްގެން ގެންދިޔައީ […]

އާއިލީ ރަހުމަތްތެރިއެއްގެ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހު ޒިނޭ ކުރާ މަންޒަަރު ފެންނަ ފޮޓޯތަކެއް ލިބިއްޖެ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންހެންކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖު ފޮނުއްވާފައިވަނީ އެމްޑީ އަލަމްގިރި ކައިރިއަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަޑައިގެންނެވިކަމަށް ބުނެ މީހަކު ކުރިޓުވީޓެއް އެ ގުރޫޕުގައި […]

ފަނާކުރަނިވި  ބޮޑު ހަތް ފާފައާއި  ދުރުހެލިވުން-4 

http://sandhaanu.today/22249/ އާއި ގުޅޭ… ހަތަރުވަނަ ފާފަ: ރިބާ ކެއުން ބަހަވީ ގޮތުން ރިބާ:ގިނަވުން އަދި އިތުރުވުން. يَمْحَقُ اللَّهُ الرِّبَا وَيُرْبِيالصَّدَقَاتِ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ‎﴿٢٧٦﴾‏البقرة 275. اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިކުރައްވައެވެ. އަދި، صدقاتއިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ. وَمَا آتَيْتُمْ مِنْ رِبًا لِيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِنْدَاللَّهِ ..الروم 39. އަދި މީސްތަކުންގެ މުދަލުން رِبا ގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، اللَّه ގެ حضرة ގައި އިތުރުވެގެން ނުދާނެތެވެ. ރިބާގެ ޝަރްޢީ މާނަ:ރިބާއަކީ އެއްވަރުކަން ނޭގޭ ދޭތި އެކަތި އަނެކައްޗާ ބަދަލުކުރުމަށް ދެމީހެއްގެ ދެމެދުގައި ނުވަތަ ދެބައެއްގެ ދެމެދުގައި އެއްބަސްވެ ޢަޤުދުކުރުމެވެ. ރިބާގެ […]